އިހަވަންދޫއިން ގިނަބަޔަކު ޕީޕީއެމްއަށް ސޮއިކޮށްފި — Ihavandhoo.com

އިހަވަންދޫއިން ގިނަބަޔަކު ޕީޕީއެމްއަށް ސޮއިކޮށްފި

18 ޑިސެމްބަރު 2017 7

އިހަވަންދޫގެ ގިނަބަޔަކު ޕީޕީއެމްއަށް ސޮއިކޮށްފިއެވެ. އެމީހުން ވެރިކަންކުރާ ޕީޕީއެމްއަށް ސޮއިކުރީ ރޭ އޮތް ރަސްމިއަޔާތެއްގައި، މަސްވެރިންގެ ދުވަސް ފާހަގަކުރެއްވުމަށް އިހަވަންދޫއަށް ވަޑައިގެންނެވި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުޙައްމަދު ޝައިނީ އަދި ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އިސްމާއިލްގެ ހާޒިރުގައެވެ.

ޑރ ޝައިނީ މިކަމާއިގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިހަވަންދޫއިން 80 އަށްވުރެ ގިނަމީހުން ޕީޕީއެމްއާ ގުޅިއްޖެ ކަމަށާއި އޭގެތެރޭގައި، އިހަވަންދޫގައި ބާއްވާ އިންތިހާބުތަކުގައި އެމްޑީޕީގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ ޝާހިދުވެސް ހިމެނޭކަމުގައެވެ. ޝައިނީ އިތުރަށް ވިދާޅުވެފައިވަނީ އެމީހުން ޕީޕީއެމްއާއި ގުޅުނީ، އެމީހުންގެ އަގުވައްޓައިލި އެމްޑީޕީގެ ކައުންސިލަރުންނަށް ދިން ޖަވާބެއްގެ ގޮތުގައި ކަމަށެވެ.

ބެލެވޭގޮތުގައި، "އެމީހުންގެ އަގުވައްޓައިލި" ކަމަށް ޝައިނީ އިޝާރާތް އެކުރެއްވީ މަސްވެރިންގެ ދުވަހާގުޅިގެން އިހަވަންދޫގައި ހިނގާދިޔަ ކަންކަމަށެވެ.

ޕީޕީއެމް އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަސްވެރިންގެ ދުވަހުގެ ޖަލްސާއޭ ކިޔާފަ ބޮޑު ސިޔާސީ ޖަލްސާއެއް އިހަވަންދޫގަ ބޭއްވި މީހުން އެވަނީ އިހަވަންދޫގެ އަގު ވައްޓާލާފަ․

– 18 ޑިސެމްބަރު 2017 1

ޕީޕީގެ ދުވަސް ދިޔައީ ތި․

– 18 ޑިސެމްބަރު 2017 2

ތިތާތިތިބީ ކުރިންވެސް ޕީޕީއެމް މީހުންނެއްނު․ ޝައިނީ މޮޔަހެއްދީ ދޯ :)

– 18 ޑިސެމްބަރު 2017 1

ކުރިން ތިބަޔަކު އުޅުނީ ކޮން ޕާޓީއެއްގަތަ؟ ހޯދަ ހޯދާވެސް ޕީޕީއެމް ނޫން މީހެއް ނުފެނުނު ޝާހިދު ފިޔަވާ․ މީހުން ގުނބޯ ހައްދަންވެސް މޮޅު އެނގޭ․

– 18 ޑިސެމްބަރު 2017 1

މިއީތޯ މަސްވެރިންގެ ދުވަހު ކުއްލިއަކަށް ވުޖޫދުވި ކޯޑިނޭޝަން ޓީމަކީ؟

– 18 ޑިސެމްބަރު 2017 1

ޝާހިދު ކަންނޭގެ ސަރުކަރު ބަދުނާމުވާގޮތަށް ގިޑިގެހެދީ

– 18 ޑިސެމްބަރު 2017 1

އަޅޭ․ އަހަރުގެ ބޮޑު ޖޯކުތަ މީ․ ސުރުހީ ބަދަލުކޮށްލާ․ <br>އިހަވަންދޫ ޕީޕީއެމް މެމްބަރުން ތަކެއް 2 ވަނަ ފަހަރަށް ޕީޕީއެމް އަށް ސޮއި ކޮށްފި

– 18 ޑިސެމްބަރު 2017 1