އިހަވަންދޫއިން ސިހުރުހާހޫރަ ހެދުމަށް ބޭނުންކުރާޒާތުގެ ތަކެތި ހައްޔަރުކޮށްފި

4 އޮކްޓޫބަރު 2017 3

އިހަވަންދޫ ދެ ގެއެއް ބަލައިފާސްކުރިއިރު ފެނިފައިވާ ސިހުރު ފޮތްތަކެއް. ފޮޓޯ:އެމްޕީއެސް

ހއ. އިހަވަންދޫ ދެ ގެއެއް ބަލައިފާސްކޮށް ސިހުރުހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ހައްޔަރުކޮށްފިކަމަށް ފުލުހުންބުނެފިއެވެ. ފުލުހުންގެ ވެބްސައިޓްގައި ވާގޮތުން މިތަކެތި ފުލުހުންގެ ހައްޔަރަށް ގެނެވުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 1 އަދި 2 ވަނަދުވަހު ކޯޓްއަމުރެއްގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައި ދެ ގެއެއް ބަލައި ފާސްކޮށްގެންނެވެ.

އެގޮތުންއެ ދެ ގެ ބަލައިފާސްކުރިއިރު އޭގެ ތެރެއިން އެއް ގެއަކުން ސިހުރުހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ލިޔެފައިހުރި 32 ފޮތެއްގެ އިތުރުން ސިހުރުހާހޫރަ ކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ ކަރުދާސްތަކެއް ފެނިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން މިމައްސަލަ  ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ބުނާއިރު މިމައްސަލާގައި އެއްވެސް އިންސާނަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިނުވާކަމަށް ފުލުހުން ހާމަކުރެއެވެ.

ދޭތެރެދޭތެރެއިން އިހަވަންދޫގައި، ފުލުހުންހިންގާ މިފަދަ އޮޕަރޭޝަން ތަކުގައި ބައެއްމީހުންނާއި ސިހުރުހެދުމަށް ބޭނުންކުރާކަމަށް ބެލޭވޭ ބައެއްސާމާނު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެއެވެ.

ސިހުރު ހެދުން, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އެއްވެސް އިންސާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެ․ ސާފަކޮށްލަދީބަލަ އެއްވެސް ޖިންނިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތޯ؟

– 5 އޮކްޓޫބަރު 2017 0

އަޅެ އެއްވެސް އިންސާނަކު ޔޯ ހީީހީ

– 5 އޮކްޓޫބަރު 2017 0

ކުނިގޮނޑުން ހޯދި ފޮތް ތަކެއްތޯ؟ ނޫނީ ރައީސް ޔާމިނުގެ ޔާރެއްގެ ގެއިން ހޯދި ތަކެތިތޯ؟ އެހެންޏާފަހެ ގެންގުޅުނު މީހާ ހައްޔަރު ނުކޮށް ފޮތްތައް ގެންގޮސްގެން ފޮތްތަކާ ސުވާލު ކުރަނީތޯ؟ ފޮތްތަކުގެ އެހީގައި ޖިންނީން ގެނެސްގެން ތަހުގީގު ކުރަނީތޯ؟

– 5 އޮކްޓޫބަރު 2017 0