އިހަވަންދޫ މަދަރުސާ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

05 ދުވަސް

އިހަވަންދޫ މަދަރުސާ

29 ޖުލައި 2013 0

ލޯބި މަދެން އެންމެވާ         އެންމެ މަދެން ލޯބިވާ

ހޯދި އެތައް އުފާތައް         އިހަވަންދޫ މަދަރުސާ

ދިވެހިން ދިވެހިންގޮތަށް       ދިވެހިން ބޭނުންގޮތަށް

ރިވެތިގޮތުން ފެށި މިތާ       ދިވެހި މިއީ މަދަރުސާ

ޅަފުރައިގެ އުމުރުފުރާ         ނަފުސަށް ދީގެން ޣިދާ

އެފުރާޅުގެ ހިޔަލުގައި         އުފަލުން ދިޔަ މަދަރުސާ

ފުނަ ހެލެނބެލި ކާނިމާ       އުނިކަންނެތް މަދޮށި މާ

ނުމެ ނެތަކަސް އެ ތަނުގައި    ފިނި ހިތްކުރި މަދަރުސާ

ތަޢުލީމުގެ މަންމައޭ          ތަރުބީ ކުރި ބިންގަލޭ

އަތޮޅުގެ އެއްވަނަ ހިނގާ      އަޢުދާނަވި މަދަރުސާ

ދިއްލުނު މީ ނޫރެކޭ          ހިއްލުނު ފަރުދާއެކޭ

އެއްލުނު ޞަފުޙާއެކޭ         ޢީލްމީ މީ މަދަރުސާ

ހިރުނދު ނިރޮޅު ކުރެދި ބުރެވި   ހަތަރު ހައުސް ވޭމެޔޭ

އެކިއެކި ގިނަ ފަންނުގައި      ހިންމަތްތެރި މަދަރުސާ

ކުރަމާ ކުރަމާ ޖިހާދު         އުޅެމާ އުޅެމާ މިހާރު

މިސްރާބަށް މުސްތަޤީލު      އިޞްލާޙަށް މަދަރުސާ

މޫސުން އައި ހިނދު ޚަރީފް     ރޫޙީ ދިރުމުން އަމީން

ރޯޝަން ކުރުވީ ޒަމީރު        ޖޯޝީ މީ މަދަރުސާ

ރިހި ރިހި ޔޫބީލަކަށް         ރިހި ވިދުމުން އުންމަތައް

އަލިވާހެން މުޅި ތަނަށް        ވިލަރެސް ކުރި މަދަރުސާ

ކުރިމަގު އަލިވުން އަދައި            ކުރަމޭ ހެޔޮހާ ދުޢާ

ކުރިއަރުވަން މަދަރުސާ              އިހަވަންދޫ މަދަރުސާ

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ