އިހަވަންދޫ "މަރަށް" ތެޅެނީ!! — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

އިހަވަންދޫ "މަރަށް" ތެޅެނީ!!

 

އިހަވަންދޫގައި ޑެންގީ ހުމުގެ ބަލިމަޑުކަން އަށަގަނެ ފެތުރެމުންދާތާ މަސްތަކެއް ވެއްޖެއެވެ. ބަލި މައިތިރި ނުވެ ބަލީގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. ޖެހޭ މިހުންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރު އޭޕްރީލް މަހު 6 މީހަކަށް، މެއި މަހު 13 މީހަކަށް، ޖޫން މަހު 18 މީހަކަށް އަދި މި ޖުލައި މަހުގެ ފުރަތަމަ ދިހަ ދުވަހު އެކަނި 21 މީހަކަށް ޑެންގީ ހުން ޖެހިފައިވާއިރު، މި ޖުލައި މަހުގެ ފުރަތަމަ ދިހަ ދުވަހު މާލެއިން ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައި އެންމެ 7 މީހުންނެވެ.

މަރުކަޒުން ހަރަކާތްތަކެއް ހިންގި

ޑެންގީގެ ހާލަތު ދޭތެރެދޭތެރެއިން ބޮޑުވާ ހިނދު އިހަވަންދޫ ސިއްހީ މަރުކަޒުން ދިޔައީ ރައްޔިތުން ހޭލުންތެރި ކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. މައުލޫމާތު ހިމެނޭ ކަރުދާސް ބަހައި ގޭގެ އަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީ ހެދިއެވެ. މަދިރި އުފެދޭނެހެން ހުރި ތަންތަން ނައްތައިލުމަށް ވެސް ނިކުތެވެ. ނަމަވެސް ބަލި ދަށްވާހެން ހީވާހިނދު އެ ސީރިއަސްކަން ދޫކޮށްލައި އަޅަން ޖެހޭ ފިޔަވަޅުތައް މަޑުޖައްސައިލާތަން ފެނުނެވެ.

ވަސީލާތާއި ޖަގައިގެ ދަތިކަން

ޑެންގީގެ ހާލަތު ބޮޑުވި ބައެއް ދުވަސްވަރުގައި މީޑިއާ އަށް ތިލަވި ބައެއް ޚަބަރުތަކުން ފެންނަން ހުރި ގޮތުގައި، ޓެސްޓް ހެދުމަށް ބޭނުންވާ ބައެއް އާލާތްތައް ހުސްވެ ގިނަ ދުވަސްތަކެއް ވިކަން ފާހަގަކުރަން ޖެހެއެވެ. އެ ފަދަ ހާލަތުގައި ރަށުން އާދައިގެ ޓެސްޓްތައް ނެހެދި ދިއްދޫ ނުވަތަ ކުޅުދޫފުއްޓަށް ބަލި މީހުން ފޮނުވާފައި ވެއެވެ. ނަމަވެސް ބަލީގެ ހާލަތު އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅު އެ ފަދަކަމެއް މެދުވެރިކަން މީޑިއާއާ ހަމައަށް ފޯރާފައި ނުވެއެވެ.

މި ދުވަސްވަރު ކަންބޮޑުވުމާއެކު ފާހަގަކުރަން ޖެހޭ އަނެއް ކަމަކީ މަރުކަޒުގެ ޖާގައިގެ ހާލަތު ހުރި ގޮތުން ޑެންގީ ޖެހިފައިވާ މީހުންނާއި އެހެން ބަލިމީހުން އެއްތާކު އެޑްމިޓްކޮށްފައި ތިބުމެވެ. އެކަމުގެ ޝަކުވާތައް ބޮޑުވެފައިވާއިރު، އެނދުމަތި ކުރާނެ އެނދު ނެތިގެން ފަރުވާ ދިނުމުގައި ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.

ހުރިހައިކަމެއް މަރުކަޒަށް

ރަށުތެރެ ސާފުކުރަމުން، ދޯނި ފަހަރުން ދިޔަ ހިއްކަމުން، ގޭގެއަށް ޒިޔާރާތް ކުރަމުން، ދުން ޖަހަމުން، ބަލި މީހުން ބަލަމުން، މި ހުރިހައި ކަމެއް ވެސް ކުރަންވީ މަރުކަޒުގައި ތިބި ވިއްސަކަށް މުވައްޒަފުން ހެއްޔެވެ؟ ޝަކުވާއަކީ މިއީއެވެ. ޖަވާބު ސާފެވެ. ކައުންސިލު ކޮބައި ހެއްޔެވެ؟ ކައުސިލު ނިދީ ހެއްޔެވެ؟

ކައުންސިލް ބަންދު

ކައުންސިލް ބަންދުވީ މިއަދަކު ނޫނެވެ. ކިތަންމެ ދުވަހެކެވެ. ހަމަ ހިލިވެސް ނުލަނީއެވެ. ރަށު ތެރޭ ބޮޑު ބަލިމަޑުކަމެއް ފެތުރި ރައްޔިތުން ބިރުން ފިއްކަނޑައިގެން ގޮސް ތިބިއިރު ކައުންސިލަކާ ވާ ބެހޭވެސް ކަމެއް ނޫނެވެ.

ކައުންސިލްގެ ކުށަކީ ކޮބާ؟

މި ހިނދު މައްސަލައަކީ މަދިރިއެވެ. ކުޅިއެއް އޮތް ރަށެއް ނޫން ވިއްޔާއެވެ. މަދިރީގެ އުނދަގޫ ބޮޑުވުމުގައި ކައުންސިލްގެ އިހުމާލު އިންތިހާއަށް ބޮޑީއެވެ. ކުނިގޮނޑާއި ހަރުގެ ތަކާއި އެ ހަރުގެތަކުގެ ވަށައިގެންވާ ތަންތަނާއި ތަކެއްޗާއި ޖަންގަލީގައި މަދިރި ހާލި ހަދައި ރަސްކަން ކުރަމުންދާތާ ކިތަންމެ ޒަމާނެކެވެ. ޑެންގީ އޮބި ނޯންނަ ހިސާބަށް ދިއުމުގެ ކުރިން މި ކަންކަން ހައްލުކޮށް މަދިރި ކިއްލާތައް ނައްތާލުމަށް އެތައް ރައްޔިތަކު ގޮވި ގޮވުމަށް ކައުންސިލުން އެއްވެސް އިޖާބައެއް ދީފައި ނުވެއެވެ.

ޑެންގީ މައްސަލަ ބޮޑުވަމުން ބޮޑުވަމުން ގޮސް ފަޅައިގެން ދިޔައިރުވެސް ކައުންސިލް އޮތީ ނިދާފައެވެ. އަދިވެސް ނިދަނީއެވެ.

ވެރިއަކު ނެތް

އިހަވަންދޫއަށް ކުރިމަތިވެފައިވާ މި ބޮޑު އާފާތުން ސަލާމަތް ކުރުމަށް މަސައްކަތްކުރުމުގައި އިސްވެ ހަރަކާތްތަރި ވާނެ އެއްވެސް އާރުކާޓީއެއް ނެތެވެ. އެއްވެސް ހަރަކާތެއް ރާވާ ހިންގައިދޭނެ އިސް މޭސްތިރިއެއް ނުފެނެއެވެ. ހަމަ ހަގީގަތަށް ވެސް ނުފެންނަނީއެވެ.

އިމަގު ޖަމިއްޔާގެ އިސްނެގުމަށް ސާބަސް

ޑެންގީ ހުމުން އިހަވަންދޫ ދޮންކޮއްލާފައިވާ މި ދަނޑިވަޅު، ރައްޔިތުންގެ ސަލާމަތަށް މަސައްކަތް ފެށީ އިހަވަންދޫ މަސްވެރިންގެ ގުޅުމުންނެވެ. ވާނުގައި ނިކުމެ މަދިރި ފައުޖުތަކާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް އެ ޖަމިއްޔާއިން ކޮށްފިއެވެ. އިޖުތިމާޢީ ރޫހާއި އެއްބައިވަންތަކަން ފިސާރި ރަނގަޅަށް ދައުކަވައި ދީފިއެވެ. ރަށުގެ ވެރިއެއްހެން ނިކުމެ މޫސަބޭ ވިދާލައިފިއެވެ.

އިސާހިތަކު އެހެން ޖައްމިއްޔާ އަދި މުއްސަސާތަކުން ވެސް އެ ބަޔަކަށް ކުރެވުނު ކަމެއްވިއްޔާ ކުރަން ފަށައިފިއެވެ. މަދިރީގެ ވަބާއިން ސަލާމަތް ވުމަށެވެ. ފަތަހަ ލިބެންދެން ހަނގުރަމަ ނުނިންމާނެ ކަމަށް ބުނަމުންނެވެ.

މާ ލަސްވީ! އިހުމާލުގެ ނަތީޖާ!

ޑެންގީގެ ހާލަތު އިހަވަންދޫގައި އޮތީ އާދައިގެ ހާލަތެއްގައެއް ނޫނެވެ. ހާލަތު ބޮޑުވެ ބޮއްސުންލައި ފަޅައިގެން ދިޔަފަހުން ނިކުމެ ބަލިން ސަލާމަތް ކުރަން މަސައްކަތް ކުރި ކަމުގައި ވިޔަސް ނަތީޖާ ފެންނަން ދުވަސް ނަގާނެ ނޫންތޯއެވެ. ދުރާލައި ފިޔަވަޅުތައް އަޅައި ރައްކާތެރިވެވުނު ނަމަ، އަދި މުއައްސަސާތަކުން ފުރިހަމައަށް ޒިންމާ އަދާކުރި ނަމަ މި ހާލަތު މެދުވެރި ނުވީހެވެ.

ސްކޫލަށް އަދިވެސް ނުވިސްނޭ؟

މީގެ މަސްތަކެއް ކުރިން ޑެންގީ ބަލި އިންތިހާއަށް ބޮޑުވި ދަނޑިވަޅު ސްކޫލް ބަންދު ނުކޮށްގެން ރައްޔިތުން ކެކި ބަންޑުވާ ހިސާބަށް ކަންކަން ދިޔަ ހިނދު، ހިންދާލަން ސްކޫލުން އެޅި ފިޔަވަޅަކީ ސްކޫލުން ކުދިން ފޮނުވައިލާ ވަގުތު އަވަސް ކުރުމެވެ. ހަރުދަނާ ފިޔަވަޅެއް އެޅި ތަނެއް ނުފެނެއެވެ.

މި ފަހަރުވެސް ހަމަ އެ ގޮތެެވެ. ދުވާލަކު ދެތިން ކުދިން ޑެންގީއަށް ޕޮޒިޓިވް ވާއިރު ވެސް، އަދި މި ދަނޑިވަޅު ކިޔަވައިދޭން ނުފެށުމަށް ރައްޔިތުން އާދޭސް ކުރަމުންދާ ހިނދު ވެސް، ސްކޫލުން އެއްވެސް އިޖާބައެއް ދޭތަނެއް ނުފެނެއެވެ. މަތިން ހުއްދަ ނާންނަނީ ކަމަށް ވެސް ވެދާނެއެވެ.

ސްކޫލުން ހަނދާން ކުރަންވީ ކަމަކީ ބައެއްކަހަލަ ފިޔަވަޅަކީ ފަހުން އެޅޭނެ ފިޔަވަޅެއް ނޫންކަމެވެ. ވަގުތު ފާއިތުވެއްޖެ ނަމަ އެކަމުގެ ބަދަނާމާއި ހިތާމަ އިސްވެރިން ތަހައްމަލް ކުރަން ޖެހޭނެއެވެ. ވީމާ އަވަސް ހަރުދަނާ ފިޔަވަޅަކަށް ރައްޔިތުން ތިބީ އެދިއެދިއެވެ.

ކޮބާ މަގޭ މެމްބަރު!

މެމްބަރު ހޮވީ ސަރުކާރުން ހުށަހަޅާ ބިލްތައް ފާސްކުރުމުގެ ޒިންމާ އަދާކުރަން އެކަންޏެއް ނޫންތާއެވެ. ދާއިރާގެ ރައްޔިތުން ހެޔޮ ހާލުގައި ގަދަވެ ސަލާމަތުން ތިބިތޯ ވެސް ބަލައިލާން ވާނެ ކަމަށް ފެނެއެވެ.

އެންމެފަހުން މަޢުލޫމާތު ލިބުނު ގޮތުގައި މެމްބަރު ހުންނެވީ ކޮލަންބޯގައެވެ. ގައުމުގައި ނެތީއެވެ.

ދާއިރާގެ މައި ރަށް އިހަވަންދޫ އޮތީ ބަލި އެނދުގައެވެ. އޯގާތެރިވާން ޖެހޭ ދަނޑިވަޅު އެ އޯގާވެރިކަން އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ފުށުން ނުލިބުމަކީ ހިތާމައެކެވެ. ބޮޑު ހިތާމައެކެވެ.

ސަރުކާރެއް އެބޮތްބާ! ގައިމު އިންތިޚާބެއް ބޭއްވި!

ހާލަތު ގޯހުން ގޯހަށް ގޮސް މުޅި ރަށު ރައްޔިތުން ހޭރެމުންދާއިރު ސަރުކާރަށް އަޑު އިވޭ ކަމަކަށް ނުވެއެވެ. މަޖިލިސް މެމްބަރު އެ އަޑު ނީއްވަނީ ކަމަށް ވެސް ވެދާނެއެވެ. ނުވަތަ މަރުކަޒުން އަޑު ފޮނުވައި ދިނުމުގައި މައްސަލައެއް އުޅެނީ ކަމަށް ވެސް ވެދާނެއެވެ. ކޮންމެވެސް މައްސަލައެއް ހަމަގައިމު އެބަ އުޅެއެވެ.

ބޮޑަށް ލަފާވަނީ މި އަޑު އިވުނަސް އެހެން އަޑުތައް އިވޭލެއް ގަދަކަމުން މި އަޑަށް އިޖާބައެއް ނުދެވި އުޅެނީ ކަމަށެވެ.

ރައްޔިތުންނަށް އޮތީ "ފަރުދީ ޒިންމާ އަދާކުރުމެވެ." ތިމާއާ ހަމައިން މައްސަލަ ނިމެނީތާއެވެ. ހުސް ހިތާމައެވެ.

ތަކުބީރުވެސް ގޮވައިފި

ހީވާގޮތުން ޝެއިޚުން އެކަމަށް ދެކޮޅު ހެދުމުން އެކަން މިހާރު ހުއްޓައިފިއެވެ. ބަލި ބޮޑުވީމާ ކޮސްވެސް ގޮވައިފާނެ ނޫންތޯއެވެ.

މަރަށް ތެޅެނީ

ހަމަ ހަގީގަތުގައި އިހަވަންދޫ މި ވަގުތު އޮތީ ބޮޑު މުސީބާތެއްގައި ޖެހި ލޮލުން ކަރުނަ ހިލި ބަސް ހުއްޓިފައެވެ. ޑެންގީ ހުމުން ސަލާމަތް ނުވެވި މަރަށް ތެޅެނީއެވެ.

އަވަސް ގޮތުން މި މުސީބާތުން މިންޖު ކުރައްވާށިއެވެ. އަމީން!!

އިހަވަންދޫ ސިއްޙީ މަރުކަޒު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ރަށުގައި ނުޤަވާއިދުން، ޤާނޫނާ ޚިލާފައް (އާއްމުން ދިރިއުޅެ ސަރަޙައްދާއި އޮންނަންޖެހޭ ދުރުމިން ނެތި) ދުކުރެވިފައިވާ އޮޑިހަރުގެ ތަކުގެ ތެރެއިން ގިނަ ތަންތަން ހުރީ މަދިރި އާލާވާނެހެން، ކައުންސިލުން އަންގާ އަންގާ ތިބެނީ، އެތަންތަނުން އިންތިހާއަށް މަދިރި އާލާވިއިރުވެސް ކުރެވުނު މާބޮޑު ކަމެއްނެތް. 70 ފޫޓައި 100 ފޫތް އޮޑިއޮޑީގެ މުޅި ބަނޑިފިލާމަތީ މަދިރިވިހާ ފޮޓޯ ތިރަށުގެ ރައްޔިތުން ސޯޝަލް މީޑިއާގައި ޙިއްސާކޮށްފައި އެބަހުރި. ރަށުގެ އުޞޫލަކީ އެއްބަޔަކު އަނެއްބަޔަކަށް ނުވި ގޮވުން، ކައުންސިލްވަނީ ބޮޑު ތަނުން ފެއިލްވެފަ، ފަޅުގެ ހާލަތު ރަނގަޅެއް ނުކުރެވުނު، ކަރުގޮހޮރު މައްސަލަ ހައްލެއް ނުކުރެވުނު، ކުނި ގޮނޑުގެ މައްސަލަދަނީ ގޯހުން ގޯހަށް އެކަމުގެ ނަތީޖާ ތިފެންނަނީ. ރަށު ކައުންސިލްގެ ފޭސްބުކް ޕޭޖް ބަލާލީމަ ފެންނާނެ ބަޔާން ނެރޭނެރުން.. <br> <br>

– 10 ޖުލައި 2016 0

ތިވަރުވާއިރު ކީއްވެބާ ކައުންސިލުން ސަރުކާރުގެ ސަމާލުކަމަށް ތިކަން ނުގެނެވެނީ. އިހަވަންދޫގައި ރަގަޅުކުރަން ޖެހޭ ބައިވަރު ކަންކަން އެބުހުރި. ބަލިހާލު ބޮޑުވެގެން މަރުކަޒުން ނުދެވޭ ފަރުވާތަކަށް ކުޅުދުއްފުއްޓަށް ފޮނުވަންޖެހޭ ހާލަތުގައި ސީއެމްބިއުލެންސް އައިސް ފަޅުތެރޭ އޮންނަން ޖެހޭ ޖެޓީއަށް ކައިރިނުކުރެވި ގަޑި ދެގަޑިއިރު ވަންދެން. އިހަވަންދޫ އޮޑިވެރިނާއި ބޯޓްފަހަރު ގެންގުޅޭ ފަރާތްތަކުގެ ޖާހިލުކަމުން. މަހިތަށް އަރާ ކާވިޔާ އަހައްމަދު ދަރި ބަލިވެގެން ސީއެމްބިއުލެންސް އައިސް އެހެންމީހެއްގެ އޮޑިއަޅާފަ އޮންނަގޮތުން ޖެޓީއާ ކައިރި ނުކުރެވިއްޖެއާ އަހައްމަދު ރުޅިނާންނާނެބާއޭ. މީގެ ހެއްވާތަންކޮޅަކީ ކައުންސިލުން ބޯޑްޖަހާފައި ހުންނަ ސަރަހައްދުގަ އޮޑިފަހަރު އަޅާއިރުވެސް ކައުންސިލަށް ކުރެވޭނެ ކަމެއް ނޯންނަކަން. ނަމެއްގަ ތިބޭ ބައެއްތީ. އާއްމުރައްޔިތުންނާ ގުޅިފަހުންނަ ކަންކަމުގަ ރައްޔިތުންނަށް ގެއްލުންވާއިރުވެސް ކަމެއްނުކުރެވެންނާ ކީއްކުރާ ކައުންސިލެއްބާ. ދެންއޮތީ ފައިބަރު ހަރުގެތަކާ ކުނިގޮޑުގެ ވާހަކަ. އަނެއްކަވެސް ނުފޫޒް ގަދަމީހުންނާ ޖެހުނީމަ އިރުމަތީ ފަރާތުން އޮޑިހަރުގެ ދޫކުރަން ޖެހުނީ. ފައިބަރުކުރާ އިރުދުވާވަހުން މިހާރުވެސް ގޭގޭގަ ދިރިއުޅެން އުދަގޫ. ގިނަ އޮޑިހަރުގެ ތަކަކު ފުރާޅެއްނެތް މިހާރަކު. ވެހޭހާ ފެނެއް ހުންނަނީ ހަދަންފަށަފަ ހުރި އޮޑިތަކުތެރޭ ބަންދުވެފަ. މަދިރި ނުއުފެދުނީއާ ދެރަތާ. އޮޑިވެރިންގެ ދަރިންނަށް ޑެންގީހުން ނުޖެހެނީބާ. އަނެއްކަ މިހާރު ފައިބަރ ކުރާއިރު ވޭސްޓްވާބައި ގެންގޮސް އުކާލަނި ގޮޑަށް. ފައިބަރު އަދާއިރު އަރާދުމާ ދުވާވަހަކީ އިންސާނުންނަށް ގެއްލުން ވާއެއްޗެއްކަން މިމީހުންނަށް ނޭގެނީބާ. ބަލިމަޑުކަންކަމަކީވެސް އަމިއްލައަށް ގެންނައެއްޗެކޭ އެހެންވީމަ ބުނަންޖެހެނީ. <br> <br>

– 10 ޖުލައި 2016 0

Imagu jamiyya ah favour vefa mi liyun

– 11 ޖުލައި 2016 2

Ihyye reyai mirey ves thakbeeru govi....

– 11 ޖުލައި 2016 1

މިލިޔުން "ސަވަޅި"ގައި ޝާއިޢުކުރާ ފެންވަރުގެ މޮޅު ލިޔުމެއް․ އެއަށްފަހު ރަށު ތެރެއަށް މިޔުން ޖެހޭނީ އަޅަން․

– 11 ޖުލައި 2016 0

ވެރިއަކީ ކާކުކަން ވަނީ އޮޅިފައޭ! ކައުންސިލްގެ ރައީސްހޭ؟ ކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިއާހޭ؟ ރަށުގެ ކަންކަން ރާވާ ހިންގަނީ ކާކުހޭ؟ ޒިންމާދާރު ވެރިއާއޭ! ކައުންސިލްގެ މެމްބަރުން ތަބާވަނީ ކާކަންހޭ؟ އެވެރިއާ އަށޭ! އެ މެމްބަރުން ޖަވާބު ދާރީވާން ޖެހެނީ ކާކަންހޭ؟ ހަމަ އެވެރިއާ އަށޭ! ކައުންސިލް އޮތީ އޭގެ ޒާތުން އަތްފައި ވައުވެފައެވެ․ ކައުންސިލް މެމްބަރުންގެ ލޮލެއް ސިކުޑިއެއްގައި އެމީހުންގެ އަމިއްލަ ބާރެއް ނެތެވެ․ އެލޮލާއި އެ ސިކުޑި ބޭނުންކުރަނީ އެހެންމީހެކޭ․ ކައުންސިލް ޝައުޤާއެކު ކުރާކަމެއް އެބައޮތޭ․ އެއީ ރައްޔިތުންގެ އިސް ޚާދިމަކު ރަށަށް އަރަންޏާ އެމީހަކަށް މަރުޙަބާ ކިޔަން ކުރާކަންތައް ވަރަށް ފުރިހަމައަށް ކުރުމެވެ․ ހުވާ ކުރަންއޮތް ރޭ ރަތްދޫލާގެ މަރުޙަބާއެއް ކީ ކީއްވެގެންކަން ހުވާކުރުމަށްފަހު މެމްބަރުން ގަދަނިދީގައި ނިދީމާ ރައްޔިތުންނަށް އެނގިހާމަ ވެއްޖޭ․ ގެވަޅެއްވެސް ދޫނުކުރާނެއެވެ․ ކުރަންބުނި އެއްވެސް ކަމެއް ނުކުރާނެއެވެ․ އަދި ނުކުރަން ބުނި ހުރިހާކަމެއް މިހާރު އަންނަނީ ކުރަމުންނޭ․․

– 11 ޖުލައި 2016 0

Marukajuga thibi 20 muvahjafun ves heybo naara ulhuny kan ve nimuni fahun.mikamuge ehme bodu sukureh .hahguvany hama IMGU

– 11 ޖުލައި 2016 0

އިމަގު ޖަމިއްޔާ ވެސް ހަމަ ހިމޭނުން ކަހާތަން ހިރުވާވެސް ނުލާ އޮތްނަމަ އިމަގު ޖަމިއްޔާ އިސްނެގި ވާހަކައެއް މިލިޔުމުގައެއް ނުލިޔާނެ ކަން ޔަގީން․ އިމަގުގެ ވާހަކަ އެގޮތަށް މިލިޔުމުގެ އޮތުމަކީ ކޮންމެހެން އިމަގު ޖަމިއްޔާއަށް ފޭވާރ ވެގެން ލިޔުނު ކަމަކަށް ނުވާނެ․ ހަޖަމް ކުރަން ދަސްކުރަން އެބަޖެހޭ․

– 11 ޖުލައި 2016 0

Kaunsil idhaaraage isveriyaa madhiri kontroll kurah ithuru gadi beynun nuvanybaa Rashugaa kamen faahaga kurahnaa dhanvaru nunidhaves masakai kure. Misaalakah minivah 50 kiyenvethoa mi nurahkaatheri haalathuga ihavandhoo vefaavaairu mikamah ahbaarulun nudheveny. Ahen nun thoa vaany ithuru gadi nulibey kamen viyaa. Raiyithun ge ihusaasthah dhahnamey kiyaagah vaahaka dhankani namenga viya. Hanthaaves jeebah bodukuraa meehun. Kobaathoa kaakaagah guirey polihun. Sarukaarun ameehun nufonuvahvy kiyenvethoa. Hama akani mujaahara kuraa meehun gaaga thelhen naa madhiri marah ameehun fonuvahjehene. Kobaa rashu menberu bahabaru adah badah neeve.keevethoa rashuge haalathu koadiyam kairy nubuneveni. Ahen noon thoa vaani agaan bunefinama jeebaah alhaadhey ruffiyya ah naahnaane. Fothenge safuhaage suruhy reethiknlah raiyithunge adu ufulaanamey nubunaashey....mi kankamun alhugadumen iburai libigahnamaa thoa. Knme kamakyvea imthihaanah. Alhugaduge dhua aky rishfathah henley meehunge theraegai alhugadumen nulenvun.

– 11 ޖުލައި 2016 0

Kiyenve fonuvaa comment niliyani

– 12 ޖުލައި 2016 0