ފުލުހުން ޕޯސްޓަރ ތަކެއް ހަރުކޮށްފި — Ihavandhoo.com

ފުލުހުން ޕޯސްޓަރ ތަކެއް ހަރުކޮށްފި

30 މާރިޗު 2014 5

28 މާރިޗު، ހުކުރު ދުވަހުގެރޭ ޕޯސްޓަރ ހަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަނީ.

އިހަވަންދޫގައި އަމާން ރައްކާތެރި މުޖުތަމަޢުއެއް ޤާއިމުކުރުމަށްޓަކައި އާމުން ހޭލުންތެރި ކުރުމުގެ ގޮތުން އިހަވަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން އިސްނަގައިގެން އިހަވަންދޫގެ އެކި ސަރަހައްދުގައި ޕޯސްޓަރ ތަކެއް ހަރުކޮށްފިއެވެ.

އެގޮތުން މިހިނގާ މާރިޗު މަހުގެ 28 ވީ ހުކުރު ދުވަހު ފުލުހުން ހަރުކުރި ޕޯސްޓަރ ތަކުގައި ކުށެއް ކުރާތަން ފެނިއްޖެނަމަ ނުވަތަ އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ އެންމެ އަވަހަށް ޢަމަލުކުރަންވީ ގޮތާއި ވައްކަމާއި މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމަޢުއެއް ގާއިމުކުރުމަށް ބާރުއަޅާ ތަފާތު މެސެޖްތައް ވެއެވެ.

މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތައް އިހަވަންދޫގައި އިތުރުވަމުންދާއިރު ފުލުހުން މިހިންގި ހަރަކާތުގައި ހޭލުންތެރި ކުރުމުގެ މިފަދަ 14 ޕޯސްޓަރއެއް އިހަވަންދޫގެ އެކި ހިސާބު ތަކުގައި ވަނީ ހަރުކޮށްފައެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަޗީ، އާން ދެން ޕޯސްޓަުރު ޖަހާލާފަ ދުވާލު 2 ދަޅައަށް ފިނިބުރު ޖަހާލަން ދުއްވާލީމަ ޒިންމާ އަދާ ކުރެވުނީ،، ބަލަގަ މަވެސް ބޮޑު މުސާރަޔާ ނިދާނެތަނާ ހިތްފުރެންދެން މީހަކު ލަށްވާ ކަށްކާފަ ކާން ނުދިނެއް ކަމަކު ތިޔަ ކަން ކޮށްފާނަން،،،،

– 30 މާރިޗު 2014 1

އިހަވަންދޫގެ އާބާދީގައި މިހާރު މަދުވެގެން 3000 މީހުން ހަމަވާނެ. 14 ޕޯސްޓަރ ނުފުދެ. ފުލުހުން މުޖުތަމަޢުގައި ހިމަގުންދާ ކުށްކުރުން މަދުކުރަން ބޭނުން ނަމަ މި ނޫން އިތުރު ކަންތައް ކުރެވެން ޖެހޭނެ. ދިވެހި ކޮންމެ ރައްޔިތަކީ ޤާނޫނު އަދި ޤަވާއިދުތައް އެނގި ދަސްވެފައިވާ ބައެއް ނޫން. ވީއިރު ޤާނޫނުތައް އުނގަންނާދީ ޅަދަރީން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންޖެން ޖެހޭނެ. މިއީ ފެށުން ކަމަށް ބަލަން ޖެހޭ ކަންތައް.

– 30 މާރިޗު 2014 1

ކުށް ކުރަނީ ޤާނޫނު ނޭނގިގެނެއް ނޫން..... އެއްމެންނަށްވެސް އިނގޭ ވައްކަން ކުރުމަކީ ކުށެއްކަން... މަސްތުވާތަކެތި ބޭނުން ކުރުމަކީ ކުށެއްކަން ނޭނގެނީ ފަހެ ކާކަކަށްތަ؟

– 31 މާރިޗު 2014 0

ކިއެށްކުރަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަާނީ މިހާރުގެ ހާލަތަކީ އެއްދޮރުން ވައްދާފައި އަނެއްދޮރުން ނެރުމެއްނުން،،،

– 31 މާރިޗު 2014 0

ފޯސްޓަރެއްނޫން މުހިންމީ ގަމާރުން ހޭލުންތެރިވުން މުހިންމީ ،

– 31 މާރިޗު 2014 0