ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ އަތުން ޕޮލިސް ބަލިވެއްޖެ — Ihavandhoo.com

ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ އަތުން ޕޮލިސް ބަލިވެއްޖެ

9 އޭޕުރީލު 2016 1

ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާއާ ދެކޮޅަށް ނުކުތް އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ފުޓްބޯޅަ ޓީމް...

ފުލުހުންގެ 83 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗުން އިހަވަންދޫ ޕޮލިސް ސްޓޭޝަނުގެ ޓީމް ބަލިވެއްޖެއެވެ.

އިއްޔެ ހަވީރު ހައިޑްއަވޭ ބީޗް ރިސޯޓްގެ ދަނޑުގައި ކުޅެވުނު މި މެޗުން ޕޮލިސް ބަލިވީ 5-3 ނެވެ. މެޗުގެ ފުރަތަމަ މިނެޓުގައި ލީޑްނެގީ އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ޓީމެވެ. މެޗުގައި ދެން ފެނުނީ ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާއިން ގޯލެއް ޖަހައި މެޗުގެ ނަތީޖާ 1-1 ން އެއްވަރުކުރި ތަނެވެ. އޭގެ އިރުކޮޅެއްފަހުން އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ޓީމުން ގޯލެއްޖަހައި ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގިއެވެ. ނަމަވެސް މާގިނައިރަކު ލީޑުގައި އިވެވޭގޮތެއް ނުވިއެވެ. ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާއިން ގޯލެއްޖަހައި ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ 2-2 ން އެއްވަރުކުރިއެވެ. ދެން ފެނުނީ ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާއިން ގޯލެއްޖަހައި ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނެގިތަނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އިހަވަންދޫ ޕޮލިސް ސްޓޭޝަނުންވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ސްކޯރ 3-3 އަށް ބަދަލުކޮށްފައެވެ. ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ މެޗުން މޮޅުވީ މެޗުގެ ފަހު ހާފުގައި އެޓީމުން ޖެހި ދެގޯލާއެކު އެވެ.

ނިމިދިޔަ މާޗުމަހުގެ 29 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތަށް 83 އަހަރު ފުރިފައިވާއިރު އެދުވަހުގެ މުނާސަބާގައި އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން މަސްރޭހެއް ބޭއްވުމަށްދަނީ ތައްޔާރުވަމުންނެވެ. އޭޕްރީލް 15 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މަސްރޭހުގައި އިހަވަންދޫގައި ހުރި ސަރުކާރު މުއްސަސާތަކާއި ކުލަބު ޖަމާޢާތްތަކުގެ އިތުރުން އަވައްޓެރި ހޯރަފުށީ ޕޮލިސް ސްޓޭޝަނުން ބައިވާރެވާނެކަމަށް މަސްރޭސް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ރަސްމީ ޚިދުމަތެއްގެ ގޮތުގައި ފެށިފައިވަނީ 1932 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީ އެކުލަވައިލެވި ޤާނޫނު އަސާސީގައި ކަނޑައެޅުނު ފަދައިން އޭރު ހުންނެވި ރަދުން އައްސުލްތާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި 1933 ވަނަ އަހަރު މާޗް 29 ވަނަ ދުވަހު އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހަމަ މިހާރު ބޮޅޭ ދޫކޮށްލާ!

– 10 އޭޕުރީލު 2016 0