ޝަހީދު ޢަލީ ތަކުރުފާނުންގެ ހަނދާނީ ފުރަތަމަ އަންހެން ވޮލީބޯޅަ މުބާރަތް ފަށައިގެން ކުރިއަށްއެބަދޭ — Ihavandhoo.com

ޝަހީދު ޢަލީ ތަކުރުފާނުންގެ ހަނދާނީ ފުރަތަމަ އަންހެން ވޮލީބޯޅަ މުބާރަތް ފަށައިގެން ކުރިއަށްއެބަދޭ

6 އޮކްޓޫބަރު 2014 1

ޝަހީދު ޢަލީ ތަކުރުފާނުންގެ ހަނދާނީ ފުރަތަމަ އަންހެން ވޮލީބޯޅަ މުބާރަތް ފެށުމުގެ ރަސްމިއަޔާތުގެ ތެރެއިން..

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ހއ. ތަކަންދޫ ކައުންސިލްގެ އިދާރާ ގުޅިގެން ކުރިއަށްގެންދާ "ޝަހީދު ޢަލީ ތަކުރުފާނުންގެ ހަނދާނީ ފުރަތަމަ އަންހެން ވޮލީބޯޅަ މުބާރަތް" ފެށިގެން ކުރިއަށް އެބަދެއެވެ.

އޮކްޓޯބަރު 4 ވަނަ ދުވަހު، ތަކަންދޫގައި ފެށި މިމުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދުވަނީ އަންހެނުންނަކީ ކުށްމަދު މުޖުތަމައެއް ބިނާކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވާފައެވެ.

ތަކަންދޫގެ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި ޖުމުލް ހަތަރު ޓީމަކުން ބައިވެރިވެފައި ވާއިރު، މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 7 އޮކްޓޯބަރު ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައެވެ.


ޝަހީދު ޢަލީ ތަކުރުފާނުންގެ ހަނދާނީ ފުރަތަމަ އަންހެން ވޮލީބޯޅަ މުބާރަތުގެ ތެރެއިން..

މޯލްޑިވްސް ޕޮލިސް ސަރވީސްގެ ބިޒްނަސް ޕްލޭނުގައިވާ "މުޖުތަމަޢުއަށް ވާސިލުވުން އިތުރުކުރުމާއި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ގުޅުން އިތުރަށް ބަދަހިކުރުން" މި ދެ ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި ކުރިއަށްގެންދާ މިމުބާރާތުގެ މަޤުޞަދަކީ އަންހެނުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި ހުނަރުވެރި ވޮލީ ބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ އިތުރުން އަންހެނުންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ. އަދި ފުލުހުންނާއި ހއ. ތަކަންދޫގެ ރައްޔިތުންގެ މެދު އޮންނަ ގުޅުން ވަރުގަދަ ކޮށް މުޖުތަމަޢުގެ ކަންކަމުގައި އަންހެނުންގެ  ބައިވެރިވުން އިތުރުކުރުމަށެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

"އަންހެނުންނަކީ ކުށްމަދު މުޖުތަމައެއް ބިނާކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއް" އަހަރެން އެއްބަހެވެ. އެކަމަކު ވޮލީ މުބާރާތެއް ކުޅެގެން އެކަމަކަށް މަގުފަހިވާނެހެނެއް ހިޔެއް ނުވޭ...

– 7 އޮކްޓޫބަރު 2014 2