އިހަވަންދޫ ޕޮލިސްސްޓޭޝަން އަށް ސިވިލް އެސިސްޓެންޓެއް ހޯދަނީ — Ihavandhoo.com

އިހަވަންދޫ ޕޮލިސްސްޓޭޝަން އަށް ސިވިލް އެސިސްޓެންޓެއް ހޯދަނީ

31 ޑިސެމްބަރު 2019 0

ހއ.އިހަވަންދޫ ޕޮލިސް ސްޓޭޝަން އަށް ސިވިލް އެސިސްޓެންޓެއްގެ މަގާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާނުކޮށްފިއެވެ.

ދިވެހިސަރުކާރުގެ ގެޒެޓުގައި އިއްޔެ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޝާއިޢުކޮށްފައިވާ އިޢުލާނުގައިވާ ގޮތުން މިމަގާމަށް ކުރުމަތިލުމުގެ ފުރުސަތު 2020 ޖެނުއަރީ 16 ވަނަ ދުވަހު ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

ފުލުހުންގެ އިޢުލާނުގައިވާ މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ މީހުންގެ ކުށުގެ ރިކޯޑު ބަލާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2020 ޖަނަވަރީ 16 ވަނަ ދުވަހުގެ 16:00 ގެ ކުރިން ހއ.އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ރިސެޕްޝަނަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 ން 16:00 އަށްކަމަށާއި ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ މީހުންގެ ކުށުގެ ރިކޯޑު ބަލާ ފޯމު، ހއ.އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ރިސެޕްޝަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓްން ލިބެން ހުންނާނެ ކަމަށް އިޢުލާނުގައި ވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ