ފިރާޒުގެ ފެންތަށި: އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ މިސްރާބު- ޚިޔާލެއް!

7 ޖެނުއަރީ 2017 2

ދުނިޔެ ހިނގަނީ ނިޒާމެއްގެ ތެރެއިންނެވެ. އަދި ނިޒާމެއް ނެތި ވާ ކޮންމެ އެއްޗަކީ ފެއިލްވުން އެކަށީގެންވާ އެއްޗެކެވެ. މީޑިއާގެ ސުރުޙީ ތަކުން ބުނާ ގޮތުން ދިވެހި ފުލުހުން ތިބީ ބޮޑު ބަޣާވާތެއް ކޮންގެންނެވެ. އެއީ އެމީހުން ބޭނުންވެގެން ކުރި ބަޣާވާތެއްކަމަށް އެކަށީގެން ވެއެވެ. ބަޣާވާތަށްފަހު ފެނިގެންދިޔައީ މިއިން ދުވަހަކު ނުވާ މިންވަރަށް ރައްޔިތުންނާ ދިވެހި ފުލުހުން ކުރިމަތިލި ކުރިމަތި ލުމެކެވެ. އަނިޔާ ދެފަރާތަށްވެސް ލިބިގެން ދިޔަ ބޮޑު ކުރިމަތި ލުމެކެވެ. ބައެއްފަރާތްތަކަށް މިއީ ފިލްމެއްގެ "ފަހު ތަޅާލުން" ކަމަށް ބެލެވުނަސް، މިއީ އަސްލީ ކުލަ މަންޒަރެވެ.

އާބާދީ އިތުރުވަމުންދާ ރަށްތަކުގައި ޤާއިމުކުރެވޭ ޕޮލިސްގެ ޔުނިޓުތަކުގެ ސިޔާސަތުގެ ދަށުން އެފަދަ ޔުނިޓެއް، 3000 އަކަށް އާބާދީ ދިރިއުޅޭ މި އިހަވަންދޫގައިވެސް އެބަހުށްޓެވެ. އެހެންކަމުން، ކުށުގެ ވެށިން ރައްޔިތުން ސަލާމަތްކޮށް ބެލެހެއްޓުމާއި، މުޖުތަމަޢުގެ އަމަން އަމާންކަން ބެލެހެއްޓުމުގެ ޤާނޫނީ ޒިންމާ މަތިކުރެވިފައިވަނީ މި ދެންނެވުނު އިދާރާ އާއެވެ. ލިބޭ އުފާވެރިކަމަކީ، ރަށުގެ އެތަކެއް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ލިބި، ޢާއިލާގެ ކައިރީގައި ތިބިގެން ދިރިއުޅުމަށް ކުރާނެ މަސައްކަތެއް ލިބިމެވެ.

ހިތާމަވެރިކަމަކީ، މި ދެންނެވުނު އިދާރާގެ "އޮޅުންބޮޅުން" ވެފައިވާ މިޞްރާބެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި "ބަޣާވާތަށް ކޮނުނު ފަސް އަޅައި ވަޅު" ފޮރުވަނީއެވެ. ފެންނަ ފެނުމަށްބަލާއިރު، އަހަރުގެ ގިނަ ދުވަހު، ގިނަ ވަގުތު ހޭދަވެގެންދަނީ "ކުޅިވަރާއި މަޖަލުގައިއެވެ". ފުލުހުންގެ އިދާރާ އާއި ގުޅުމެއް ނެތް ނަމަވެސް، ރައްޔިތުންނަން ބޭނުންޖެހިފައިވާ އެތަކެއް ޙިދުމަތްތަކާއި ކަންތައްކޮށްދިނުމައިވެސް އަވަދި ނެތި އުޅޭކަމަށް ބަޔަކު ތުހުމަތު ކުރަނީއެވެ. ބައެއްފަރާތްތަކުން ދެކޭ ގޮތުގައި ރައްޔިތުންނާ ދުރުވި ގުޅުން "ބޯޅައިން" ބަދަހި ކުރަނީއެވެ. ރައްޔިތިނުންނާއި ގުޅުން ފުލުހުން ބަދަލުކުރުމަކީވެސް، މުޙިއްމު ކަމެއްކަމުގައި ދެކެމެވެ. ނަމަވެސް، އެފަދަ ގުޅުން ތަކުގެ އިޙްލާޞްތެރިކަން ދެމަހެއްޓުން ބުއްދިވެރިއެވެ. ކުލިވަރު ތެރޭގައި ޒުވާނުން ގެންގުޅުމަކީވެސް، ކުށް މަދު ކުރެވިދާނެ ގޮތެއްކަމަށް، ކުރިމިނަލް ސްޓަޑީސް ތަކުން ދައްކައެވެ. މީވާ، މި މަޤްޞަދު ހާޞިލްކުރުމަށް ފުލުހުން މަސައްކަތްކުރަނީ ކަމަށް ބަލަމާ ހިނގާށެވެ.

އަޙުލާޤާއި، އުޅުމާއި، ގުޅުމަށް މިއަދު ވަރަށް ބޮޑެތި ބަދަލުތަކެއް އިހަވަންދޫގެ މުޖުމަތަޢު އިން ފެނެއެވެ. ނަމަވެސް، އެއީ ތަހުޒީބުގެ ގޮތް ކަމުގައި ދެކެ ނިންމާލެވޭކަށް އަމުދުން ދެނެތެވެ. ބަވަނަވަމުންދާ ދުނިޔެއެއްގައި، ރައްތިޔުން ބަނަވުން އެއީ ވެގެންވާނެ ގޮތެއް ނޫނެވެ. މީވާ، އަޅުގަނޑުމެންނެ އަމާޒާއި ފޯކަސް އިހުނަށްވުރެ ވަރުގަދަ ކުރަން ޖެހެއެވެ. އެބަޔެއެއްގެ ފަރުދީ އަދި އިޖްތިމާޢީ ޒިންމާ، ޖެހިލުމެއްނެތި ހަމަ ޔަށް އަދާކުރުމުގެ ވިސްނުމާ ދިޔާލަން މިޞްބާރު ބަދަލުކޮށްލަން ޖެހެއެވެ.

ޙިޔާލަކީ މިއީއެވެ. އިހަވަންދޫ ފުލުހުންގެ މުއައްޞަސާގެ ފޯކަސް ބަދަލު ކުރަންވީ އިންސާނާގެ ސިކުޑިއަށެވެ. ޢިލްމީ ދިރާސާއަށެވެ. މި މުޖުތަމަޢުގައި ރައްޔިތުން ކުށަށް އަރައިގަންނަ ސަބަބު ހޯދަންވީއެވެ. ކުށް ކުރުވުގައި އިސް ގޭންގު (ފަރާތް) ތަކެއް ވޭތޯ ބަލަންވީއެވެ. އަދި އެފަދަ ފަރާތްތަކީ ކޮންމެ މީހަކު ނަމަވެސް، ޤާނޫނުގެ "ދިގުއަތް" އެމީހުންނާ ހަމައަށް ވަގުތުން ފޯރުވަންވީއެވެ. އަދި ކުށް ތަކުރާރުވާ ސަބަބު އިލްމީ ދިރާސާއިން ހޯދަންވީއެވެ. އެންމެ އަވަސް ބަދަލު ގެންނަ އެއްޗަކީ އިންސާނާގެ "ބޮޑު އަދި ބުރަ ސިކުޑި" އެވެ. ހޭލުންތެރިކަންވެސް ގެނުވަންވީ އިންސާނާގެ ހަށިގަޑަކަށް ނޫނެވެ. އޭނާގެ ފުރިހަމަ ސިކުޑިއަށެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، ބަރޯސާނުވެ، ދިރިއުޅުމުއް ބިނާ ކުރުމުގެ ވިސްނުމާއި، ފަރުދީ ޒިންމާއާއި، ހައްޤުތައް ޙިމާޔަތްކުރަންވީއެވެ. މިއަދުގެ ރާއްޖޭގައި ހަނިކުރެވިފައިވާ "ތަބީޢީ ހައްޤުތަކަށް" ފުލުހުންވެސް ނޫނެކޭ ބުނަންވީއެވެ. ޤާނޫނުން ޖުމުތަޢު އިޞްލާހު ކުރުމުގެ ބަދަލުގައި އިންސާނާގެ ރިވެތި އަޙުލާޤުން މުޖުތަމަޢު އިޞްލާކުރަން މިހާރަށްވުރެން ބޮޑު ދައުރެއް ފުލުހުން އަދާކުރަންވީއެވެ. އޭރުން ، ތި ގެއްލިފައިވާ ޔުނިފޯމުގެ އަގު ކޮންމެވެސް މިންވަރަކަށް ލިބުން އެކަށީގެން ވެއެވެ.

ފެންތަށި, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިއީ ސީދާ ފުލުހުންގެ އަގު ވަށްޓާލަން ލިޔެފަ އޮތް ލިޔުމެއް! <br>

– 12 ޖެނުއަރީ 2017 1

Ihavandhoo polihunakee abadhu hamaaga thibey baeh noon kamah ihavandhoo rahyyithun mihaaru vanee yageen kohfaeve

– 26 ފެބުރުއަރީ 2018 0