އިހަވަންދޫ ރަށުކައުންސިލަށް 2106، ދާއިރާއަށް 3054 މީހުންނަށް ވޯޓްލެވޭ! — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

އިހަވަންދޫ ރަށުކައުންސިލަށް 2106، ދާއިރާއަށް 3054 މީހުންނަށް ވޯޓްލެވޭ!

3 ނޮވެމްބަރު 2016 0

އަންނަ ޖެނުއަރީ މަހު 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ރަށުކައުންސިލް އިންތިހާބުގައި 2106 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވާއިރު އިހަވަންދޫ ދާއިރާގެ އަތޮޅު ކައުންސިލް އިންތިހާބުގައި 3054 މީހުނަށް ވޯޓް ލުމުގެ ހައްޤު ލިބިގެން ވާކަމަށް އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ލިޔެކިޔުންތަކުން ދައްކައިފިއެވެ․ މިއީ 2014 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލުމުގެ ހައްޤު ލިބުނު މީހުންނަށްވުރެ އިތުރު އަދަދެކެވެ․
2014 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ރަށުކައުންސިލް އިންތިހާބުގައި ވޯޓް ލުމުގެ ހައްޤު ލިބުނީ 1932 މީހުންނަށެވެ․ އަދި އިހަވަންދޫ ދާއިރާގެ އަތޮޅު ކައުންސިލް އިންތިހާބުގައި ވޯޓްލުމުގެ ހައްޤު ލިބުނީ 2830 މީހުންނަށެވެ․
އިހަވަންދޫ ދާއިރާގެ ރަށްތަކަށް ބަލާއިރު މޮޅަދޫއިން މިފަހަރުގެ އިންތިހާބުގައި ވޯޓް ލުމުގެ ހައްޤު 285 މީހުންނަށް ލިބިގެންވާއިރު މާރަންދޫއިން ވޯޓް ލުމުގެ ހައްޤު ލިބިގެންވަނީ 663 މީހުންނަށެވެ․
2014 ވަނަ އަހަރެކޭ އެއްގޮތަށް މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައިވެސް އިހަވަންދޫގައި ބަހައްޓަން ހަމަޖެހިފައިވަނީ 2 ވޯޓް ފޮށްޓެވެ․

2014 ވަނަ އަހަރު އިހަވަންދޫ ކައުންސިލަށް 7 ކައުންސިލަރުން އިންތިހާބުކުރިނަމަވެސް މިފަހަރުގެ އިންތިހާބުގައި އިންތިހާބުކުރާނީ 5 ކައުންސިލަރުންނެވެ․ އަދި އިހަވަންދޫ ދާއިރާއިން އަތޮޅު ކައުންސިލަށް ކުރިން 2 ކައުންސިލަރުން އިންތިހާބުކުރިނަމަވެސް މިފަހަރު އިންތިހާބުކުރާނީ 1 ކައުންސިލަރެވެ․
14 ޖެނުއަރީ 2017 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުން، 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން، އަދި 3 ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުން އިންތިޚާބުކުރާނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު, އިހަވަންދޫ ކައުންސިލް, ހއ.އަތޮޅު ކައުންސިލް, ހއ. މޮޅަދޫ, ހއ. މާރަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ