އިހަވަންދޫ ސްކޫލު ނުވަތަ އިހަވަންދޫ މަދަރުސާތޯއެވެ؟ — Ihavandhoo.com

އިހަވަންދޫ ސްކޫލު ނުވަތަ އިހަވަންދޫ މަދަރުސާތޯއެވެ؟

19 މާރިޗު 2015 10

ނަމަކީ ތަނެއް، މީހެއް ނުވަތަ އެއްޗެއް އެންމެ ފަސޭހައިން ވަކިކޮށް ދެނެގަތުމަށް ހުރިހާ ބަހެއްގައިވެސް އެންމެ ބާރުވެރިކަމާއެކު ބޭނުން ކުރެވޭ އެއް ބަހާއެވެ. މީގެ އިތުރުން، ކުލަ، ލޯގޯ، ޝިޔާރު، އަދި މޮޓޯ އިން ތަންތަނާއި، މީހުންނާއި އަދި ތަކެތީގެ ތަފާތު ދެނެގަތުމަށް އިންސާނާއަށް ވިސްނައިދީ ހަދައެެވެ. މިގޮތުން ބަލާއިރު އިހަވަންދޫ ގައި ހުރި ރަސްމީ ތަޢުލީމުދެވޭ މަރުކަޒުގެ ނަން ޔަޤީން ކަމާއެކު މީހެއްގެ ކައިރީގައި ބުނެލުމަށް އަދިވެސް އަޅުގަނޑު ޖެހިލުން  ވެއެވެ. ސަބަބަކީ، ތަފާތު ދެނަމެއް އާންމުކޮށް އަލުގަނޑުމެން އެންމެންވެސް ކިޔައި އުޅުމެވެ. އެހެންކަމުން، މިކަމަށް އަވަސް ހައްލެއް ހޯދަން ޖެހެއެވެ.

ސަތިރީސް (36) އަހަރުގެ ތަޢުލީމީ ހިދުމަތް ރައްޔިތުންނަށް ފޯރުކޯށްދެވޭ ތަނަކަށް ކަނޑައެޅިގެން ނިޞްބަތްކުރާނެ ޙާއްޞަ ނަމެއް ދެވިފައި ނެތުމީ މިއަދު އަޅުގަނޑުމެންެގެ ޖީލުތައް ލަދުވެތިވާންޖެހޭ ކަމެކެވެ. މިއިން އެގޭ ކަމަކީ ކުރަންޖެހޭ މުހިއްމު ކަންތައްތަކަށް ސަމާލުކަން ނުދީ ބަޔަކަށް އިހުމާލު ވެފައިވާ ކަމެވެ. ނުވަތަ ވަކި މަޤްޞަދަކަށްޓަކައި އެކަމަށް ހައްލެއް ހޯދަށް ޖެހިލުންވެ، ޒިންމާތަކުން ވަކި ފަރާތްތަކެއް ރެކިފައިވާ ކަމެވެ. ކިޔެވުމުގެ މަތީ މަރުހަލާތަކަށް ބަދަލުވަމުން ދިޔަ ދުވަސްވަރު ،އޯ ލެވެލް ހެދި މަރުކަޒު ލިޔަން އިންނަ ކޮލަމުގައި ލިޔަން ޖެހޭ ކޮންެމެ ފަަހަރަކު މިކަމާ ވިސްނި ހާސްވާގޮތް ވެއެެވެ. ސީ.ވީ އެއް އަދި ވަޒީފާ އަކަށް އެދި ހުށަހަޅާ އިރުވެސް ހަމަ މި އިޙްޞާސް ގެނުވައެެވެ. އަޅުގަނޑެކޭ އެއްފަދައިން އެ މަރުކަޒުން ގްރެޖްވޭޓްވި އެެހެން ދަރިވަރުންނަށްވެސް މިކަން ދިމާވުމަކީ ކައިރިކަމެއް ކަމުގައި ދެކެމެވެ.

އެ މަރުކަޒަކީ އިހަވަންދޫ ސްކޫލު ނަމަ، ޔުނީފޯރމުގެ ބެޖު ބަދަލުކުރާން ޖެހެއެެވެ. އަދި އެ މަޒުކަޒަކީ އިހަވަންދޫ މަދަރުސާ ނަމަ، ލެޓަރ ހެޑާއި ، އިމްތިހާނު ހަދާ ސެންޓަރުގެ ނަން "އިހަވަންދޫ މަދަރުސާ" އަށް ބަދަލު ވާން ޖެހެއެވެ. އެގި ހާމަވާ ގޮތުގައި ސަރުކާރުން ބިދޭސީންނަށް ދޫކޮށްފައިވާ ވޯކު ޕާމިޓުގައިވެސް އެކި ފަހަރު އެކި ގޮތަށް މަސަައްކަތް ކުރާ ތަން ލިޔެފައިވެއެވެ. ނަމަކީ، ތަނެއްގެ ޙައްޞާ ސިފަ ކަމުގައިވާ އިރު، އިހަވަންދޫގެ ރަސްމީ ތަޢުލީމު ދޭ މަޒުކަޒުގައި އެ ޙާއްޞަ ސިފަ ނެތުމަކީ، މިއަދު އެކަމާ އަޅާނުލާ ދޫކޮށްލައިގެން ތިބެވޭނެ ކަމެއް ނޫނެވެ.

އަޅުނގަޑު އެ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުން ގްރޭޑު 10 ން ގްރެޖްވޭޓު ވީ ފަހުން މި އަހަރުގެ އޮކްޓޯބަރަށް ބަރާބަރު 13 އަހަރު ފުރޭއިރުވެސް، މިއަދާ ހަމައަށްވެސް އަޅުނޑު ކިޔެވި ސްކޫލުގެ ނަން މިވަނީ އޮލުންބޮޅުން ގަނޑެއްގެ ތެރޭގައި ކަން ކަށަވަރެވެ. އަޅުގަނޑުގެ ލީވިންގް ސެޓިފިކެޓުގައިވަނީ "އިހަވަންދޫ މަދަރުސާ" ގެ ނަމެވެ. ރިޕޯޓޯ ފޯރމާއި ބައެއް އިމްތިހާނު ކަރުދާސްތަކުގައި ވަނީވެސް "އިހަވަންދޫ މަދަރުސާގެ" ނަމެވެ. އެެހެން ނަމަވެސް، އަޅުގަނޑުގެ އޯލެވެލް ގެ ސެޓިފިކެޓު ތަކުގައި ލިޔެވިފައިވަނީ "އިހަވަންދޫ ސްކޫލުގެ" ނަމެވެ. އޯލެވެލް އިމްތިހާނަން ވަންނަށް ބޭނުންކުރާ އެންޓްރީ ސްލިޕުގައި ވަނީ ވެސް "އިހަވަންދޫ ސްކޫލުގެ" ނަމެވެ. ޕޭރަންޓު – ޓީޗަރު ބައްދަލުވުން ތަކަށް ދަޢުވަތު ލިބޭ ބައެއް ސްލިޕު ތަކުގައި " އިހަވަންދޫ ސްކޫލު" އަދި " އިހަވަންދޫ މަދަރުސާ" މިހެން ލިޔެފައިވެއެވެ. ސްކޫލުދައުރުގައި ލިބިފައިވާ ހަނދާނީ ލިޔުންތަކުގައިވެސް ދެނަމެއް އެބަ ފެނެއެވެ.  ވުމާއިއެކު، އަޅުގަނޑު  ގްރޭޑު 10 ން ގްރެޖްވޭޓުވީ ކޮންތަނަކުން ކަން ބުނެދޭން އެނގޭ ފަރާތެއް ހުރި ނަމަ އެކަން އަންގަވާލަދެއްވާށެެވެ.  މި މައްސަލައަށް އަވަސް ހައްެލެއް ހޯއްދަވައިދެއްވުމަށް ކޮންެމެވެސް ފަރާތް ތަކެއް އިސްނަގާނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.

އިހަވަންދޫ މަދަރުސާ, ޚާއްސަ ރިޕޯޓު, ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިބޭފުޅާ މަދަރުސާ ހިންގުމާ ހަވާލުވެ ހުރި އިރުވެސް އެކަމަށް ހައްލެއް ނުގެނަސް، މިހާރު ދެން ތިވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް․

– 19 މާރިޗު 2015 0

އަޅުގަނޑު މަދަރުސާ ހަވާލުވެ ހިންގަން ހުރި ދުވަސްވަރު، އެކަން ހައްލުކުރުމަަށް ފިޔަވަޅު ތަކެއް އެލުނު․․ މަދަރުސާގެ ވިޝަން އާއި، މިޝަން އަދި ކޯ ވެލިއުސްތައް އެކުލަވާލެވުނު އަދި ހަނދާންވާ ގޮތުގައި ސްކޫލުތޯ/ މަދަރުސާތޯ ނަމަކީ ބެލުމަށް ސްކޫލުގެ އެސް․އެމް․ޓީ ގައި ވާހަކަ ދެކެވިފައި ގޮތްތަކެއް ވާނީ ނިމިފައި․ އެނިންމުންތައް ތަންފީޒުކުރުމަށް މިހާރު ސްކޫލު ހިންގާ ވެރިން މަސައްކަތް ކުރުން މުހިއްމު․ މި ކަން ފާހަގަ ކޮށްލީ މިއީ މުހިއްމު ކަމަކަށް ފެންނާތީ، ކުރިން ކަންތައް ނުކޮށޭ ކިޔާފަ ކުރަންޖެހޭ ކަންތައް ދޫކޮށްލެވޭ ނަމަ، ހެޔޮ ބަދަލު ގެންނަށްވަގުތު ނަގާނެ - މުހައްމަދު ފިރާޟް/ އާޒާދީބަހާރު ހއ․ އިހަވަންދޫ

– 19 މާރިޗު 2015 0

ފިރާޟް ރަށާ ކިތަންމެ ދުރުގައި ހުއްޓެއްކަމަކު އިހަވަންދޫއާ މެދު ވިސްނަވާވަރު މިފަދަ އާޓިކަލްތަކުން ފެނިގެންދެއެވެ․

– 19 މާރިޗު 2015 0

ރަނގަޅު ވާހަކައެއް․ މަށަށްވެސް ތިކަމާ އަދި ވިސްނައެއް ނުލެވޭ

– 19 މާރިޗު 2015 0

އަސްލުވެސް ތިބުނީ ރަނގަލު ވާހަކައެއް

– 19 މާރިޗު 2015 0

ހަމަ ސީރިއަސް ކޮންތަ؟ އަދިވެސް ނަމެއް ނޭނގޭ ސްކޫލެއް ތަ؟

– 19 މާރިޗު 2015 0

މަވެސް މިކަމާ ދުވަސްކޮލަކު ވިސްނުނު․․ފަހުން އަލާ ނުލީ․․އެކަމަކު މިހާރު އަނެެއްކާހެންވެސް އެބަ ވިސްނެން ފަށާފި․

– 19 މާރިޗު 2015 0

ކިޔަވާދޭ ކޮންމެ ތަނެއްވެސް ހިންގަނީ ރަޖިސްޓްރީ ކޮށްގެނެ ․އެހެންވިމާ ރަޖިސްޓްރީގައި އޮންނަނަމެއް ކިޔަންވާނީ ․․․ އެނަން ބަދަލު ނުކުރާހާ ހިދެއްގައި․․

– 20 މާރިޗު 2015 0

މިހާރުގެ ސްކޫލުގެ ވެރިން މިކަމަށް ވިސްނާތަ؟

– 21 މާރިޗު 2015 0

ތަނުގެ ނަންބޯޑުގެ ލިޔެފައި އިންނަނިީ އިހަވަންދޫ މަަދަރުސާ ހެން ހީވަނީ․․ އެކަމަކު އެންމެން ކިޔަނީ އިހަވަންދޫ ސްކޫލު

– 21 މާރިޗު 2015 0