އިހަވަންދޫ ސުކޫލުގެ ކޮމްޕިއުޓަރ ސްޓަޑީޒް ޓީޗަރު އިސްލާމް ވެއްޖެ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

އިހަވަންދޫ ސުކޫލުގެ ކޮމްޕިއުޓަރ ސްޓަޑީޒް ޓީޗަރު އިސްލާމް ވެއްޖެ

11 މެއި 2019 0

ފޮޓޯގެ ކަނާތްފަރާތުގައި ގޮކުލާ ކުރިޝްނަން

އިހަވަންދޫ  ސުކޫލުގެ ކޮމްޕިއުޓަރ ސްޓަޑީޒް ޓީޗަރު އިސްލާމު ވެއްޖެއެވެ.

އިހަވަންދޫ ސުކޫލުގައި މަސައްކަތް ކުރައްވާ ޓީޗަރެއްކަމުގައިވާ އިންޑިއާގެ ޓެމިލްނާޑުގެ ރައްޔިތެއް ކަމަށްވާ ގޮކުލާ ކުރިޝްނަން އިސްލާމް ވެފައިވާކަމަށް "ޓީމް ދާވާ މޯލްޑިވްސް" އިން ބުނެފިއެވެ.

ޓީމް ދާވާ މޯލްޑިވްސްގެ ފޭސްބުކު ޕޭޖުގައި މިރޭ ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުގައި ގޮކުލާ ކުރިޝްނަން އިސްލާމްވެފައި ވަނީ ހެޔޮ ނުބާ ދަނެގަތުމަށްޓަކައި އަހަރުތަކެއް ވަންދެން އޭނާ ކުރި ދިރާސާތަކަށް ފަހު، މިރޯދަމަސް ފެށުމުގެ ހަފުތާއެއް ކުރިންނެވެ. ހިންދޫއެއްގެ ގޮތުގައި އުޅެބޮޑުވި ކުރިޝްނަން އަށް އިސްލާމްދީނުގެ އެންމެ ފުރިހަމަ މަޢުލޫމާތު ނުލިބޭއިރު ކުރިސްޓިއަން ދީނަށް ޝައުގުވެރިވި ކަމަށް ވެއެވެ.

އޭނާ އިސްލާމް ދީން ހިޔާރުކުރި އެންމެބޮޑު ސަބަބަކީ މުސްލިމުން އެބައިމީހުންގެ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ނަމާދަށްދޭ އަހައްމިއްޔަތުކަން ފެނުމެވެ. އިންޑިއާ، ބަނގުލަދޭޝް އަދި ދިވެހިރާއްޖެއިން އޭނާއާ ބައްދަލުވި އޭނާގެ މުސްލިމު އެކުވެރިން، މުދަލާ ފައިސާއާ އުފާތައް ދޫކޮށް ނަމާދުތަކަށް ރައްކާތެރިވާތީ އޭނާއަށް ފެންނަ ކަމަށް އޭނާއާ ހަވާލާދީ ޓީމް ދާވާ މޯލްޑިވްސް އިން ބުނެފައި ވެއެވެ.

ކުރިޝްނަން އަށް މިހާރު އިސްލާމް ދީނުގެ ރުކުންތައް އެނގޭއިރު ފާތިހާ ސޫރަތާއި ބައެއް ކުރު ސޫރަތްތައް ޤުރުއާނުން ދަސްކޮށްފައިވާކަމަށް ޓީމް ދާވާ މޯލްޑިވްސް އިން ބުނެއެވެ.

ކުރިޝްނަން އިސްލާމްދީން ހިޔާރު ކުރިނަމަވެސް އަދި އޭނާގެ ނަން ބަދަލު ނުކުރާކަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ މަންމަ އަކީ ހިންދޫ އެކެވެ. އަދި ބައްޕައާއި އޭނާގެ އަނބިމީހާއަކީ ކުރިސްޓިއަނުންނެވެ. މުސްލިމުންގެ ކިބައިން ކުރިޝްނަން އެދިފައިވަނީ އޭނާގެ އާއިލާއަށް ތެދުމަގު ދައްކާދެއްވުމަށްއެދި ދުޢާކޮށްދެއްވުމަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ