އިހަވަންދޫގައި ބަންނަމުންދާ ފައިބަރުދޯންޏެއްގައި އަލިފާން ރޯވެ އަނދައިފި

1 ޖެނުއަރީ 2018 2

އިހަވަންދޫގައި ބަންނަމުންދާ ފައިބަރުދޯންޏެއްގައި އަލިފާންރޯވެ އަނދައިފިއެވެ. އަލިފާން ރޯވެފައިވާ ދޯނި އޮތްސަރަހައްދުގައި ހަރަކާތްތެރިވާ ބައެއްފަރާތްތަކުން މިނޫހަށް މައުލޫމާތުދީފައިވާގޮތުގައި އަލިފާން ރޯވި ދޯނިއެއްކޮށްވަނީ އަނދާފައެވެ. އަލިފާން ރޯވެފައިވާ ދޯނި އޮތީ އިހަވަންދޫ ކުޑަކަތީބު މަގުގެ އުތުރުފަރާތުގައެވެ. ދޯނި އޮތް ސަރަހައްދުގައި، ބަންނަމުންދާ އިތުރު ދޯންޏެއް ނެތްކަމަށް މައުލޫމާތު ލިބެއެވެ. އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައެއް ނުވެއެވެ.

އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ މިނޫހުގެ ރިޕޯޓަރ މައުލޫމާތު ދޭގޮތުގައި ފުލުހުންނާއި އާނމުން ގުޅިގެން އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭތޯ ވެއްޔާއި ފެން ޖެހިއެވެ. ފެންޖެހީ ސަފަކަށް އެތުރިތިބެ ސައްލިދަމައިގެން މޫދުން، ޓައްޕު ޓައްޕުގައި ފެން އުފުލައިގެންކަމަށް އޭނާ މައުލޫމާތު ދިނެވެ. އޭނާ މައުލޫމާތު ދިންގޮތުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު ދޯނީގެ އޮނިގަނޑު ވަނީ އެއްކޮށް އަނދާފައެވެ. ފުލުހުން މިހާރުވަނީ އަލިފާން ރޯވި ދޯނިއޮތް ސަރަހައްދު، އާނމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައެވެ.

މައުލޫމާތު ލިބޭގޮތުގައި އަލިފާން ރޯވެފައިވާ ދޯޏަކީ ބަންނަން ފެށުމަށްފަހު މަސައްކަތް މެދުކަނޑާ ލާފައިވާތަ ދުވަސްތަކެއް ވެފައިވާ ދޯޏެކެވެ. އެސަރަހައްދުގައި ހަރަކާތްތެރިވި ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި، ދޯނީގައި އަލިފާން ރޯވެފައިވާގޮތުން ބެލެވެނީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއްކަމުގައެވެ. އެދޯނީގައި މީގެކުރިންވެސް ބަޔަކު އަލިފާން ރޯކޮށްލާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެފަހަރު ބޮޑަށް ގެއްލުން ވެފައިވަނީ ދޯނީގެ ފަހަތު ކޮޅަށެވެ. އެ ދޯނީގެ ވެރިފަރާތަކީ އިހަވަންދޫ ދިލްކުސާގޭ އިސްމާއިލް ރަޝީދެވެ. އޭނާގެ ބޯޓެއްކަމުގައިވާ ޓޫފޯޓޫގައި މިދިޔަ އަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހު އަލިފާން ރޯވެ އެއްކޮށް އަނދާފައިވާކަން ފާހަގަ ކުރެވެއެވެ.

އަލިފާނުގެ ހާދިސާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ރޯވެ އެނދީ އެއް ނޫން․ ރޯކޮށްލީމަ އަނދާ ހުލިވީ․ ސުރުހީ އޮތް ގޮތުން ހީވަނީ ހޫނުގަދަވެގެން އަމިއްލައަށް ރޯވީ ހެން

– 2 ޖެނުއަރީ 2018 2

Habaru liyan dhaskohgen thikamaa ulhebala

– 2 ޖެނުއަރީ 2018 2