އިސްލާމިކު މިނިސްޓުރީގެ ފަރާތުން އިހަވަންދޫގައި ދަރުސެއް ބާއްވައިފި — Ihavandhoo.com

އިސްލާމިކު މިނިސްޓުރީގެ ފަރާތުން އިހަވަންދޫގައި ދަރުސެއް ބާއްވައިފި

10 އޮކްޓޫބަރު 2014 2

ރޭ ބޭއްވި ދަރުސްގެ ތެރެއިން.

އިސްލާމިކު މިނިސްޓުރީ އިން އިންތިޒާމުކޮށްގެން އިހަވަންދޫގައި ދީނީ ދަރުސް އެއް ބާއްވައިފިއެވެ. މިދަރުސް ބާއްވާފައި ވަނީ ރޭ 8:30 ގައި އިހަވަންދޫ މަދަރުސާގެ ހޯލުގައެވެ.

ރޭގެ ދަރުސް ގައި ދަރިވަރުންނާއި ބެލެނިވެރިންނާއި އެކު ޖުމުލަ 400 އެއްހާ ބައިވެރިން ވަނީ ބައިވެރިވެފައެވެ. ރޭ ދަރުސް ދެއްވާފައި ވަނީ ހއ. އިހަވަންދޫ ބޭފުޅެއް ކަމަށްވާ އައްޝައިހު މުހައްމަދު ޝާފިއު އާއި އަލްއުސްތާޒާ މަރިޔަމް ޝަބާނާ އެވެ.

ޝެއިހު ޝާފިއުގެ ވާހަކާގައި އަލިއަޅުއްވާލެއްވީ ނަމާދުގެ މުހިއްމުކަމުގެ މައްޗަށާއި ނަމާދު އަޅާމީހާގެ ހުކުމަކީ ކޮބާކަމުގެ މައްޗަށެވެ. ޝެއިހު ޝާފިއުގެ ދަރުސް އަށްފަހު ރޭގެ ސެޝަން ދެން ކުރިއަށް ގެންދިޔައީ ހަމައެކަނި ބެލެނިވެރިންނަށެވެ. ބެލެނިވެރިންނަށް މަޢުލޫމާތު ދެއްވީ އަލްއުސްތާޒާ މަރިޔަމް ޝަބާނާ އެވެ. ޝަބާނާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވީ ދަރިން ތަރުބިއްޔަތު ކުރުމުގެ މައްޗަށެވެ. އެގޮތުން ދަރިންގެ ހައްގުތަކަކީ ކޮބައިކަމާއި ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ މުހިއްމުކަމާއި ދަރިން ތަރުބިއްޔަތު ކުރުމަށް ކުރެވިދާނެ ކަންތައް ތަކަށް ޝަބާނާގެ ވާހަކާގައި އަލިއަޅުއްވާލެއްވިއެވެ.

ރޭގެ ދަރުސްގައި ބައިވެރިވި ފަރާތްތަކަށް އިސްލާމިކު މިނިސްޓުރީގެ ފަރާތުން ހަދީސް އިލްމާ ގުޅޭ މަޢުލޫމާތު ހިމެނޭ ފޮތެއް ވަނީ ބަހާފައެވެ.

އައްޝައިހު މުހައްމަދު ޝާފިއު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އައްޝައިހު މުހައްމަދު ޝާފިއު އަށް ޝުކުރިއްޔާ.

– 11 އޮކްޓޫބަރު 2014 0

އައްޝައިހު މުހައްމަދު ޝާފިއު އަށް ޝުކުރިއްޔާ.

– 11 އޮކްޓޫބަރު 2014 0