އިހަވަންދޫގައި އީދު ތާފާތުގޮތަކަށް، ގޮނޑުދޮށް ސާފުކުރަން ނުކުމެއްޖެ!

3 ސެޕްޓެމްބަރު 2017 0

އިހަވަންދޫގައި އީދު ފާހަގަކުރުމުގެ ރަހަ މުޅިން ތަފާތުކޮށްލައި، އެންމެން ގުޅިގެން ހިންގާ ހަރަކާތެއްގެ ގޮތުގައި ރަށުގެ ގޮނޑުދޮށް ސާފުކުރަން ނުކުމެއްޖެއެވެ. 1438 ވަނަ އަހަރުގެ ޢީދު އުފާ ހަރަކާތްތަކުގެ ގޮތުގައި އިހަވަންދޫ ކައުންސިލުން އާންމުކޮށްފައިވާ މިހަރާކާތަކީ މަނަފަރު ރިސޯޓްގައި މަސައްކަތްކުރާ އިހަވަންދޫގެ ޒުވާނުން އިސްނަގައިގެން ކުރިޔަށްގެންދާ ހަރަކާތެއްކަމަށް މައުލޫމާތުލިބެއެވެ.

ކައުންސިލް މެމްބަރު އަޙްމަދު ރިޞްވާން ވިދާޅުވީ މިއަދު 13:30 ހުގައި ފެށުނު މިހަރަކާތުގައި 150 ފަރުދުން ބައިވެރިވެފައިވާ ކަމަށާއި އިހަވަންދޫގެ މުއައްސަސާތަކާއި ކުލަބުޖަމާއަތްތަކުގެ އިތުރުން ރަށުގައި އުފެދިފައިވާ ފުޓްބޯޅަ ޓީމްތަކާއި އާނމުފަރުދުންގެ ބައިވެރިވުން މިހަރަކާތަށް ވަރަށްބޮޑަށް ލިބެމުން އަންނަކަމުގައެވެ. ރިޞްވާން ވިދާޅުވިގޮތުގައި މިހަރަކާތް ކުރިޔަށްދާނީ މިއަދު ހަވީރު 16:00 އާއި ހަމަޔަށެވެ.

ކުނީގެ މައްސަލައަކީ އިހަވަންދޫގައި ބޮޑުވެފައިވާ މައްސަލައެކެވެ. ކުނިގޮނޑުގައި ކުނިއެންދުމުން ރަށުތެރެއަށް އަރާ ދުމުން ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވޭނަކަށް ވެފައިވާއިރު، ބައެއް މޫސުންތަކުގައި ކުނިގޮނޑު ގިރާލުމުގެ ސަބަބުން ރަށުގެ މުޅި ގޮނޑުދޮށް ހަރާބުވެގެންދެއެވެ.

އެހެން އަހަރުތަކާއި އެއްގޮތަށް މިއަހަރުވެސް އިހަވަންދޫގައި އީދު ވަރަށް ކުލަގަދަކޮށްދަނީ ފާހަގަކުރަމުންނެވެ. އެގޮތުން ރަށުގެ ބޮޑު ދެ ޖަމިއްޔާ ކަމަށްވާ ޕޯލްސަޓަރ އަދި އިމަގު ޖަމިއްޔާއިންދަނީ ހަވީރާއި ރޭގަނޑުގެ ހަރަކާތްތައް ވަރަށްފޯރިޔާއިއެކު ކުރިޔަށް ގެންދަމުންނެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ