އިހަވަންދޫގައި އިސްތިސްޤާ ނަމާދު ކޮށްފި — Ihavandhoo.com

އިހަވަންދޫގައި އިސްތިސްޤާ ނަމާދު ކޮށްފި

23 މެއި 2014 2

މިއަދު ހެނދުނު އިސްތިސްޤާ ނަމާދު ކުރަނީ. ފޮޓޯ: އިހަވަންދޫޑޮޓްކޮމް

އިހަވަންދުއަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމާއި ގުޅިގެން ރައްޔިތުން ފެނަށްޖެހިފައިވާތީ އިހަވަންދޫގައި އިސްތިސްޤާ ނަމާދު ކޮށްފި އެވެ.

އިސްތިސްޤާ ނަމާދު ކޮށްފައި ވަނީ މިއަދު ހެނދުނު 7:30 ގައި އިހަވަންދޫ ޣާޒީ ފުޓުބޯޅަ ދަނޑުގަ އެވެ. މިއަދު ކުރި ނަމާދުގައި އިހަވަންދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ. ދެޖިންސުގެ އެކި އުމުރުގެ ބޭފުޅުން ބައިވެރިވި މި ނަމާދު އިމާމުވެ ކޮށްދެއްވާ ހުތުބާއާއި ދުޢާ އިސްވެ ކޮށްދެއްވީ ޢަބުދުލް ހާލިޤު މޫސާ އެވެ.

މިއަދު ކުރި މިނަމާދު ކުރުމުގެ ކުރިން 4 ދުވަހު ރޯދަހިއްޕެވުމަކީ ގަދަވެގެންވާ ސުންނަތަކަށް ވާތީ 20 މެއި 2014 ވާ އަންގާރަ ދުވަހުން ފެށިގެން 4 ދުވަހު ރޯދަ ހިއްޕެވުމާއި ކުރެވިފައިވާ ކުއްތަކުން ތައުބާވެ، ރުޅިވެރިކަން ނެތިކޮށް އެކުވެރިކަން ބަދަހި ކުރުމާއި ޒަކާތާއި ޞަދަގާތްދީ ހެޔޮކަންކަމަށް ހޭދަކޮށް އުޅުމަށް މީގެ ކުރިން ކައުންސިލުން ވަނީ ރައްޔިތުންނަށް އަންގާފައެވެ.

 

އިހަވަންދޫ ކައުންސިލް, ވިއްސާރަ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

اللَّهُمَّ اسْقِنَا اللَّهُمَّ اسْقِنَا . اللَّهُمَّ اسْقِنَا اللَّهُمَّ اسْقِنَا . اللَّهُمَّ اسْقِنَا اللَّهُمَّ اسْقِنَا .

– 23 މެއި 2014 1

މާޝާ ﷲ.. އައެކަމަކު މިފަދަ މަންޒަރުތަށް ފެނުނީމަ މޭ ކަރާ ބަޔަކުވެސް މި ދިވެހި ފަސްގަނޑުގަ އުޅޭނެ...

– 24 މެއި 2014 1