އިހަވަންދޫގައި އިސްތިސްޤާ ނަމާދު ކުރުމަށް ނިންމައިފި — Ihavandhoo.com

އިހަވަންދޫގައި އިސްތިސްޤާ ނަމާދު ކުރުމަށް ނިންމައިފި

18 މެއި 2014 0

އިހަވަންދުއަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމާއި ގުޅިގެން ރައްޔިތުން ފެނަށްޖެހިފައިވާތީ އިހަވަންދޫގައި އިސްތިސްޤާ ނަމާދު ކުރުމަށް ކައުންސިލުން ހަމަޖައްސައިފިއެވެ.

އިސްތިސްޤާ ނަމާދަކީ ފެން ދަތިވެއްޖެނަމަ، ނުވަތަ ވާރޭ ވެހުން ލަސްވަނީނަމަ ވާރޭ ވެއްސެވުމަށް އެދި ކުރާ ނަމާދެކެވެ.

އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އިހަވަންދޫގައި އިސްތިސްޤާ ނަމާދު ކުރުމަށް ނިންމީ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިންނެވެ. މިގޮތުން އެނަމާދު ކުރުމަށް ނިންމާފައި ވަނީ 2014 މެއި 23 ވާ ހުކުރު ދުވަހުގެ ހެނދުނު 7:30 ގައި އިހަވަންދޫ ޣާޒީ ފުޓުބޯޅަ ދަނޑުގައި ކަމަށް ކައުންސިލުން ހާމަކުރައްވައެވެ.

މިނަމާދު ކުރުމުގެ ކުރިން 4 ދުވަހު ރޯދަހިއްޕެވުމަކީ ގަދަވެގެންވާ ސުންނަތަކަށް ވާތީ 20 މެއި 2014 ވާ އަންގާރަ ދުވަހުން ފެށިގެން 4 ދުވަހު ރޯދަ ހިއްޕެވުމާއި ކުރެވިފައިވާ ކުއްތަކުން ތައުބާވެ، ރުޅިވެރިކަން ނެތިކޮށް އެކުވެރިކަން ބަދަހި ކުރުމާއި ޒަކާތާއި ޞަދަގާތްދީ ހެޔޮކަންކަމަށް ހޭދަކޮށް އުޅުމަށްވެސް ކައުންސިލުން މިއަދު ވަނީ ރައްޔިތުންނަށް އަންގާފައެވެ.

ހުކުރު ދުވަހުގެ ހެނދުނު 7:30 ގައި ނަމާދުކުރުމަށް ހަމަޖައްސާފައި ވާއިރު، ނަމާދުގައި ދެޖިންސުގެ ބޭފުޅުންނަށް ބައިވެރިވެވޭނެ ފަދައިން ސަރަހައްދު ފާހަގަ ކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ. މިނަމާދުގައި ވީހާ ގިނަ ދެޖިންސުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެން ދެއްވުމަށް ކައުންސިލުން އެދެއެވެ.

 

އިހަވަންދޫ ކައުންސިލް, ވިއްސާރަ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ