އިހަވަންދޫގެ ތާރީޚްގައިވެސް ފުރަތަމަ ފަހަރަށް ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި — Ihavandhoo.com

އިހަވަންދޫގެ ތާރީޚްގައިވެސް ފުރަތަމަ ފަހަރަށް ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި

22 އޮގަސްޓު 2018 0

ބޮޑު ޖަމާއަތުގައި ކުރެވުނު އީދު ނަމާދު - ފޮޓޯ: އޭއެސްޕީ

އިހަވަންދޫގެ ތާރީޚްގައިވެސް ފުރަތަމަ ފަހަރަށް ސުންނަތާއި އެއްގޮތަށް ޢީދު ނަމާދު ކޮށްފިއެވެ. 21 އޯގަސްޓު 2018 ވީ އަންގާރަ ދުވަހު ހެނދުނު 7:30 ގައި ކުރިޔަށްދިޔަ މި ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ބޭއްވުނީ އިހަވަންދޫ ހުރަވީ ފުޓުބޯޅަ ދަނޑުގައެވެ. ރަށުގެ ކައުންސިލްގެ ބެލުމުގެ ދަށުން ޒުވާނުންގެ ބަޔަކު އިސްނަގައިގެން އިންތިޒާމްކުރި ބޮޑު ޖަމާޢަތުގެ ޢީދު ނަމާދުގައި ރަށުގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކުވަނީ ބައިވެރިވެފައެވެ. ޢީދު ނަމާދަށްފަހު ޢީދު ހަދިޔާވެސް ވަނީ ބަހައިފައެވެ. މި ޖަމާޢަތް ބޭއްވުމުގައި މުޞައްލާ ތައްޔާރުކުރުމާއި، ނަމާދަށްފަހު މީހުންނަށް ބެހި ޢީދު ހަދިޔާ ހެދުމުގެ ކަންކަމުގައި ރަށުގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުންނާއި، ކުލަބުތަކާއި، ސަރުކާރު ކުންފުނިތަކުގެ އިތުރުން ބައެއް އަމިއްލަ ފަރާތްތަކުން ވެސް ބައިވެރިވިއެވެ.

އަންހެނުންނާއި ކުޑަކުދިންވެސް ބައިވެރިވި މި ޢީދު ނަމާދުގައި އިސްވެ ނަމާދު ކުރެއްވީ ހއ.އިހަވަންދޫ، ނަސްފަރު ، އަލްފާޟިލް ޙުސައިން ރަޝީދެވެ.

ޢިދުނަމާދު ހާމަ ތަނެއްގައި ކުރުމަކީ ސުންނަތެކެވެ. ވާރޭވެހުން ފަދަ ޢުޒުރަކާއި ނުލާ އެއްވެސް ޢީދުނަމާދެއް ނަބިއްޔާ {ޞޢވ} މިސްކިތެއްގައި ކުރެއްވިކަން ސާބިތުވާކަށް ނެތެވެ. އެކަލޭގެފާނަށްފަހު އެކަލޭގެފާނުގެ ހަތަރު ޚަލީފާއިންވެސް ކަންކުރެއްވީ މިމަގުންނެވެ. ނަމަވެސް އިހަވަންދޫ ތަޢުބާ މިސްކިތުގައިވެސް ޢީދުނަމާދު ކުރެވުނެވެ. އެ ޖަމާޢަތުގައިވެސް ގިނަ ޢަދަދެއްގެ މީހުން ބައިވެރިވިއެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ