އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ޔޫތު މިނިސްޓްރީ އާއި ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގައިފި — Ihavandhoo.com

އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ޔޫތު މިނިސްޓްރީ އާއި ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގައިފި

27 މާރިޗު 2015 1

އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ހެލްތު މިނިސްޓްރީ ގުޅިގެން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ތެރެއިން އިހަވަންދޫގައި ހިންގި ޕްރޮގުރާމް. ފޮޓޯ: ޕޮލިސްމީޑިއާ

ހއ.އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ޔޫތު މިނިސްޓްރީ ގުޅިގެން ހއ.އަތޮޅުގެ ބައެއް ރަށްރަށުގެ ޒުވާނުންނަށާއި ސަރުކާރުގެ މުއައްސަސާތަކަށާއި ސްކޫލް ދަރިވަރުން އަދި ބެލެނިވެރިންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގައިފި އެވެ.

 ފުލުހުން ބުނެފައިވާގޮތުގައި  މި ޕްރޮގުރާމްތައް ހިންގާފައި ވަނީ "އެއްމެން އެކުގައި އަމާން މުޖުތަމައަކަށް" މިޝިއާރުގެ ދަށުން "ޔޫތް ހެލްތް" ގެ ނަމުގައެވެ.

ޔޫތް މިނިސްޓްރިގެ ތަޖުރިބާކާރެއް ކަމަށްވާ މަރިޔަމް މުހައްމަދު މައުލޫމާތު ދެއްވާ މި ޕްރޮގްރާމް، ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 5 ދުވަހުގެ މުއްދަތަށެވެ.

މިޕްރޮގްރާމްތައް ހއ. އަތޮޅުގެ 04 ރަށެއް ގައި ކުރިއަށް ގެންދަން ހަމަޖެހިފައި ވެއެވެ. އެއީ ހއ.އިހަވަންދޫ، ހއ.މާރަންދޫ، ހއ.ތަކަންދޫ، ހއ.ހޯރަފުށި އެވެ. މިޕްރޮގްރާމްތަކުގައި މަޢުލޫމާތު ދެއްވަން ހަމަޖެހިފައިވަނީ ކޮންމެ ރަށެއްގެ ގްރޭޑް 8،9،10 ގެ ދަރިވަރުންނަށާއި ޒުވާނުންނަށާއި ބެލެނިވެރިން އަދި ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނަށާއި ފުލުހުންނަށެވެ.

މިޕްރޮގްރާމްގައި މައުލޫމާތުދީފައިވަނީ ހެލްތީ ލައިފްސްޓައިލްއާއި ހެލްތީ ޕްރެގްނެންސީ، އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމާއި އެއިޑްސް ބައްޔާއި ބެހޭ ގޮތުން ކަމަށް ފުލުހުން ހާމަކުރެއެވެ. 

އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިއީދެން ކޮން ބައެއް ހޭކުންތެރިކަން އިތުރުކުރާށޭ ކިޔައިގެން ކަންކަން ހިންގަން․․ މިތަނުގައި މިހުރީވެސް ތާކުންތާޚުން ނުޖެހޭ ބައެއްވިޔެ․․․ ބޯގޯސް

– 28 މާރިޗު 2015 0