އައިހެވަން މަޝްރޫއު އިންޑިއާ އާ ހަވާލުކުރުމަށް ހުށައަޅާފައިވާ ކަމަށް އަޑުފެތުރިއްޖެ

1 މާރިޗު 2015 2

އިހަވަންދިއްޕޮޅު އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އައިހެވަން) މަޝްރޫއު އިންޑިއާއާ ހަވާލުކުރުމަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ކަމަށް އެގައުމުގެ ނޫހަކުން ބުނެފި އެވެ.

އިންޑިއާގެ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން މިއަދު ރިޕޯރޓުކޮށްފައިވާގޮތުގައި ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރަށް އެކަން ހުށަހެޅުއްވީ ފެބުރުވަރީ 20 ވަނަ ދުވަހު އިންޑިއާގެ އޮފިޝަލުންނާ އެކު ބޭއްވެވި ސިއްރު ބައްދަލުވުމެއްގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު އެވެ.

އިހަވަންދިއްޕޮޅަކީ ވަރަށް މުހިއްމު ލޮކޭޝަނެއްގައިވާ ތަނެއްކަން ހަބަރުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ އަތޮޅު ވަނީ އަހަރެއްގެ ތެރޭގައި 18 ޓްރިލިއަން ޑޮލަރުގެ މުދާ އުފުލާ މަގެއްގައި ކަމަށް ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ޤައުމާ މުޙާތަބުކޮށް ރައީސުލްޖުމުހުރިއްޔާ އަލްފާޟިލް ޢަބުދުﷲ ޔާމިން ދެއްވި ހިތާބުގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ބިލު ޤާނޫނަކަށްވެ، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ޤާނޫނު އައުމާއެކު، މި ސަރުކާރުން ހިންގާނެ އެންމެ މުހިންމު އިޤްތިޞާދީ މަޝްރޫޢަކީ، އައިހެވަން މަޝްރޫޢު ކަމަށެވެ.

އައިހެވަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަޙްމަދު ޢާޞިމް․ އުންމީދު/ ހއ․އިހަވަންދޫ․ <br> މިޚަބަރު މިހެން ގެނެސް ދީފައިވާ އިރު ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ހުސެން ޝަރީފް އެކަން ދޮގުކުރައްވި ވާހަކަޢާއި އެމަނިކުފާނު ވިދާޅުވިގޮތަށް މި މަޝްރޫއަކީ ހުޅުވާލެވިފައިވާ މަޝްރޫއެއް ކަމަށް ވިދާޅުވި ވާހަކަ ނުލިޔެ އޮތް އޮތުން ކުށްވެރިކުރަން

– 2 މާރިޗު 2015 0

އަޙްމަދު ޢާޞިމް/ އުންމީދު․ <br>މިސައިޓުގެ ޒަރިއްޔާއިން ރަށާއި ޤުއުމުގަ ހިނގާ ޚަބަރުތައް ޒިންމާދާރު ކަމާއެކު ވަކިފަރާތަކަށް ބުރަނެވެ ގެނެސްދިނުމަކީ މުހިންމުކަމެއްކަން ފާހަގަކުރަން․

– 2 މާރިޗު 2015 0