އައިހެވަންގެ މާސްޓަރ ޕްލޭން ހަދާނެ ފަރާތެއް ހޯދަނީ — Ihavandhoo.com

އައިހެވަންގެ މާސްޓަރ ޕްލޭން ހަދާނެ ފަރާތެއް ހޯދަނީ

20 އޮގަސްޓު 2016 4

އިހަވަންދިއްޕޮޅު އަތޮޅުގައި ހިންގުމަށް ސަރުކާރުން ރާއްވަވާފައިވާ އައިހެވަން އިންޓަގްރޭޓަޑް ޕްރޮޖެކްޓުގެ މާސްޓަރ ޕްލޭން ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލައިފިއެވެ.

އިކޮނޮމިކު މިނިސްޓުރީން ނެރެފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ އައިހެވަން އިންޓަގްރޭޓަޑް ޕްރޮޖެކްޓުގެ މާސްޓަރ ޕްލޭން ތައްޔާރުކުރާ ފަރާތްތަކުން މި ދަޢުވަތާ ގުޅިގެން ތައްޔާރުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް ގައިވާ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން މިހިނގާ އޯގަސްޓު މަހުގެ 24 ވަނަ ދުވަހުގެ ކުރިް ޕްރޮޕޯޒަލް ހުށަހެޅުމަށް ދަޢުވަތު އަރުވާ ކަމަށެވެ.

އިކޮނޮމިކު މިނިސްޓުރީން ބުނެފައި ވަނީ މި ދަޢުވަތުގެ ދަށުން ފޯރުކޮށްދިނުމަށް އެދޭ ޚިދްމަތްތަކާއި، މަޝްރޫޢު ހިންގުމަށް ރޭވިފައިވާ ސަރަހައްދުގެ ތަފުސީލާއި މަސައްކަތް ނިންމުމަށް އެދޭ ތާރީޚުތައް ޓާރމްސް އޮފް ރިފަރެންސް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ޓާރމްސް އޮފް ރިފަރެންސް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެ މިނިސްޓުރީން ބުނެއެވެ.

 

އައިހެވަން އިންޓަރގްރޭޓަޑް މަޝްރޫޢަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރެއް ހިމެނޭގޮތުން، ބަނދަރުގެ ވިޔަފާރިއަށް ސަޕޯޓުކުރާ އިތުރު އިންޑަސްޓްރީތައްކަމުގައިވާ ވެއަރހައުސިންގް، ޕެކޭޖިންގް، ޕްރޮސެސިންގް، މެނުފެކްޗަރިންގ، އިންޓަރނޭޝަނަލް ކްރޫޒް ފެސިލިޓީޒް އަދި އެއަރޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައްވެސް ހިމެނޭގޮތަށް ތަރައްޤީކުރުމަށް ރޭވިފައިވާ މަޝްރޫޢެކެވެ.

މިމަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފައެވެ.

އައިހެވަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހާދަ ލަހަކުން ތި އަޕްޑޭޓް ވަނީ މި ޚަބަރު އެހެން ނޫސްތަކަށް އެރިތާ ހަފްތާއަކަށް ކައިރިވީފަހުން ތި ޖެހީ․․

– 22 އޮގަސްޓު 2016 0

"މިމަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފައެވެ." ނެތް އެކަމެއް މިއަހރުވާކަށް․․އެމް․ޓީ․ސީ․ސީ އަށް ގެންނަ ޑްރެޖަރ ނިމިގެން އެކަން ވާނި އެ ނުނިމޭނެ އަންނަ އަހަރު ފަހުކޮޅު ނޫނީ․․ ނިކަން އެމް․ޓީ․ސީ․ސީއަށް ގުޅައިގެން އެކަން ސާފުކޮށްފަ ޚަބަރެއް ޖަހާލަބަލަ․․․ މި އަހަރު ހިއްކަނީ ހުވަހަންދޫގަ ޑޮމެސްޓިކް އެއަރ ޕޯޓް އަޅާ ތަންކޮޅު އެކަނި އައިހެވަން ހިއްކުމެއް ނެތް

– 22 އޮގަސްޓު 2016 0

Ehentha vanee...

– 22 އޮގަސްޓު 2016 0

ނުވާނެ އެހެނެއް․ ރައީސް ބުނެފަ އޮތްގަޮތަށް މިއަހަރު ނިމުމުގެ ކުރިން މަސައްކަތް ފަށާނެ․ އެމްޑީޕީ ކުދިންނަށް ހަޖަމެއް ނުވާނެ․

– 23 އޮގަސްޓު 2016 0