އައިހެވަން މާސްޓަރ ޕްލޭން ނިމިއްޖެ

2 ނޮވެމްބަރު 2017 0

އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާނެ ކަމަށް ސަރުކާރުން ބުނަމުން އަންނަ އައިހެވަން މަޝްރޫއުގެ މާސްޓަރ ޕްލޭން މިހާރު ނިމިފައި ވާކަމަށް އެކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އައިހެވަން މަޝްރޫޢާއި ގުޅޭގޮތުން އިހަވަންދޫޑޮޓްކޮމް އިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރ މިއަދު ވިދާޅުވީ އައިހެވަންގެ ޕުލޭން މިހާރު ނިމިފައިވާކަށާއި މަޝްރޫޢުގެ އަމަލީ މަސައްކަތަށް އަދި ވަރަށް ގިނަ ކަންތައްތަކެއް ކުރިއަށް އޮންނާނެ ކަމަށެވެ.  

މިއަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރު ވިދާޅުވެފައި ވަނީ އައިހެވަން މަޝްރޫއުގެ މާސްޓަ ޕްލޭން ޖުލައިމަހު ނިމި އެ މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

އައިހެވަންގެ މާސްޓާ ޕްލޭން ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، މިދިޔަ އަހަރުގެ ނޮވެމްބަރު އެއްވަނަ ދުވަހު ހަވާލު ކުރީ ސިންގަޕޫރުގެ ސުރުބާނާ ޖްރޯންގް، އެސްޖޭއާ އެވެ. އެ ކުންފުނިން މާސްޓާ ޕްލޭން ހަދާނީ ފީސިބިލިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ހަތް ދާއިރާކަމަށްވާ އެއާޕޯޓަކާއި، ޓްރާންޝިޕްމަންޓް ބަނދަރަކާއި، ބަންކަރިންގެ ހިދުމަތާއި، ރިއަލް އެސްޓޭޓާއި، ޝޮޕިން މޯލްތަކުގެ އިތުރަށް، ރިސޯޓް މަޝްރޫއުތަކަށް އަމާޒުކޮށްގެން ކަމަށް އެކޮނޮމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މަދުވެގެން 14000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހިންގާ، އެއް ބިލިއަން ޑޮލަރުގެ އައިހެވަން މަޝްރޫއަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރެއް ހިމެނޭ ގޮތަށް ބަނދަރުގެ ވިޔަފާރިއަށް ސަޕޯޓު ކުރާ އިތުރު އިންޑަސްޓްރީ ކަމުގައިވާ ވެއާހައުސިން، ޕެކޭޖިން، ޕްރޮސެސިން، މެނިފެކްޗަރިން، އިންޓާނޭޝަނަލް ކްރޫޒް ފެސިލިޓީ އަދި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައްވެސް ހިމެނޭ ގޮތަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއަށް އިންޑިއާ އަދި ސައުދީ ފަންޑުން އިންވެސްޓް ކުރަން މީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.

އައިހެވަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ