އިޙްސާންކަން / ދަލާއިލުއް ދައުޙީދި - 4
10 ޖުލައި 2013
0
މަސްޖިދުލްއަބޫބަކުރު ސިއްދީޤު ރަޟިޔަﷲ ޢަންހު: ފޮޓޯ: އިހަވަންދޫޑޮޓްކޮމް ފައިލް
8- އިޙްސާންކަމަކީކޮބާ؟
ޖަވާބު: އެއީ ތިބާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެދެކެހުރެ އަޅުކަންކުރާ ފަދައިން އަޅުކަންކުރުމެވެ. އެހެނީ ތިބާއަށް އެ އިލާހު ނުފެނުނުކަމުގައި ވިޔަސް އެ އިލާހު ތިބާ ދެކެދެނެވޮޑިގެންވެ އެވެ. މިކަމުގެ ދަލީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި ވަޙީބަސްފުޅެވެ. "إِنَّ اللَّهَ مَعَ الَّذِينَ اتَّقَوْا وَالَّذِينَ هُمْ مُحْسِنُونَ" النحل: ١٢٨ މާނައީ: "ހަމަކަށަވަރުން، ﷲ ވޮޑިގެން ވަނީ، ތަޤުވާވެރިވި މީހުންނާއި އަދި އެ މީހުންނީ އިޙްސާންތެރިންކަމުގައިވީ މީހުންނާ އެކުގަ އެވެ."
= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =
ޚިޔާލު ފައުޅުކުރުން