އަލްމަރުޙޫމް ޙުސައިން ޒުހައިރުގެ ހަނދާނީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި — Ihavandhoo.com

އަލްމަރުޙޫމް ޙުސައިން ޒުހައިރުގެ ހަނދާނީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އަލްމަރުޙޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 13 ވަނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ހުޅުވާލައިފިއެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމްޟާންމަހާ ދިމާކޮށް އިމަގު ޖަމިއްޔާއިން ކުރިއަށް ގެންދާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ޖޫންމަހުގެ 3 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އިމަގު ޖަމިއްޔާއިން ހާމަކުރެއެވެ.

މިމުބާރާތުގެ 1 ވަނަ އަށްދާ ފަރާތަކަށް 3000ރ ޓޮރޮފީ އަދި އިނާމުގެ އިތުރުން އިމަގު ޤުރުއާން ކުލާހުން 1 އަހަރު ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭއިރު، 2 ވަނައަށް ދާ ފަރާތަކަށް 2000ރ އަދި ޓޮރޮފީ އަދި އިނާމު ލިބޭއިރު، 3 ވަނައަށް ދާ ފަރާތަކަށް 1500ރ ޓޮރޮފީ އަދި އިނާމު ލިބޭނެކަމަށް އިމަގުޖަމިއްޔާއިން ހާމަކުރެއެވެ. މީގެ އިތުރުން މިމުބާރާތުގެ 9 އަހަރުން މަތީގެ އުމުރުފުރައިން އެންމެމޮޅު ފިރިހެން ފަސް ބައިވެރިން އަދި އެންމެމޮޅު އަންހެން ފަސް ބައިވެރިން އިމަގު ޖަމިއްޔާއިން "ރަސް މުކުރިޔާ" ގެ ނަމުގައި ބާއްވާ ޤުރުއާން މުބާރާތަށް ހޮވެއެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ތަދުރީސުލް ޤުރުއާން ކުލާސް، އިމަގު އޮފީސް އަދި އިމަގު ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމަށް އިމަގު ޖަމިއްޔާއިން ހާމަ ކުރެއެވެ.

 އަލްމަރުޙޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 13 ވަނަ ޤުރްއާން މުބާރާތުގައި ބައިވުމަށް އެދޭ ފޯމް

އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ