އިމަގު ކައުންސިލް ބަހުސް ބޭއްވުމާއި މެދު އާއްމުންގެ ހިޔާލު ހޯދަނީ

31 މާރިޗު 2017 2

2014 ވަނަ އަހަރު ބޭއްވި އިމަގު ރަށުކައުންސިލްގެ ބަހުސްގެ ބައިވެރިންނާއި ޝަރަފުވެރިން ފޮޓޯއަކަށް ހުއްޓިގެން. އިހަވަންދޫޑޮޓްކޮމް ފައިލް ފޮޓޯ

ކުރިއަށްއޮތް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން އިހަވަންދޫ މަސްވެރިންގެ ގުޅުމުން ކައުންސިލް ބަހުސް އެއް ބޭއްވުމަށް ފެނޭތޯ ބެލުމަށް އާއްމުންގެ ހިޔާލު ހޯދަމުން އެބަދެއެވެ.

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ރަސްމީ ފޭސްބުކު ޕޭޖުގައި ރޭ ހުޅުވާލި ޕޯލް ދެދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވާއިރު، އެ ޕޭޖު ގައިވާ ޕޯލް އަށް ވޯޓު ލުމަށް އިމަގުން ވަނީ އެދިފައެވެ. އިމަގުން އިތުރަށް ބުނެފައިވާ ގޮތުން ކައުންސިލް ބަހުސް އެއް ބާއްވާނީ އެ ޕޯސްޓް ތަކަށް ލިބޭ ތަރުހީބަށް ބެލުމަށްފަހު، އިމަގު ޖަމިއްޔާގެ މެނޭޖުމަންޓުންނެވެ.

އިމަގު ޖަމިއްޔާ އިން ވަނީ އެންމެ ފަހުން ބޭއްވުނު ކައުންސިލް އިންތިހާބާ ދިމާކޮށްވެސް ކައުންސިލް ބަހުސް އެއް ބާއްވާފަ އެވެ. އެފަހަރުގެ ކައުންސިލް ބަހުސް އަށް ރައްޔިތުންގެ ވަރަށްބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. 

އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިޖަމިއްޔާއަކީ ރަސްކަމެއް ކުރާ ރަސްކަލަކު ހުންނަ ޖަމިއްޔާއެއް

– 2 އޭޕުރީލު 2017 1

އިމަގު ރަސްގެފާނު ވިދާޅުވި ބަސްފުޅު އިއްވަވައިފިއޭ މިއަހަރުގެ ކައުންސިލްގެ ބަހުސް ބާއްވައިގެ ތިމާމެން ތާއީދު ކުރާ އެންޓީޕީގެ ކެނޑިޑޭޓުންނަށް އެކަމުން މަންފާއެއް ނެތޭ މިކަން މިއަހަރު ކުރެވޭކަށް ނެތޭ․ އހ

– 10 އޭޕުރީލު 2017 0