އިމަގު ޖަމިއްޔާއިން ނިޔަމި ކޯހެއް ހިންގަނީ

21 ނޮވެމްބަރު 2017 0

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ހއ. އިހަވަންދޫގައި ނިޔަމި ކޯހެއް ހިންގުމަށް ތައްޔާރު ވެއްޖެ އެވެ.

ޖެނުވަރީ 20 އިން ފެށިގެން 1 މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހަކީ ސެޓުފިކެޓު ލެވެލް 1 ގެ ކޯހެއް ކަމަށް އިމަގުން ހާމަ ކުރައްވަ އެވެ.

ކޯހުގެ ފީގެ ގޮތުގައި 3500 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާ މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިފެށޭ ޑިސެމްބަތު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން އަލަށް އެކުލަވާލާފައި އޮތް ގަވާއިދުގެ ދަށުން ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް ކަނޑުމަތީގައި އުޅެވޭނީ ނިޔަމި ކަމުގެ ސެޓްފިކެޓެއް އޮވެގެން ނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ