އިމަގު މަޖިލިސް ބަހުސް ރޭބާއްވާފި — Ihavandhoo.com

އިމަގު މަޖިލިސް ބަހުސް ރޭބާއްވާފި

9 މާރިޗު 2014 18

އަންނަ މާޗް މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި އިމަގު ޖަމަމިއްޔާއިން ބޭއްވުމަށް ހަމަޖެހިފައިވާ ބަހުސް ބާއްވާފިއެވެ. ރޭ 20:15 ގައި އިހަވަންދޫ އޯޕަން ސްޓޭޖްގައި ބޭއްވި މިބަހުސްގައި އިހަވަންދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރާ ހަތަރުބޭފުޅުންވެސް ބައިވެރިވިއެވެ.

އިހަވަންދޫ މަދަރުސާގެ ޑެޕިއުޓީޕްރިންސިޕަލް މުހައްމަދު އަބުދުއްސަމަދު ހުށައަޅުއްވާ ދެއްވި މިބަހުސް ކުރިއަށް ގެންގޮސްފައިވަނީ ފަސް ގިންތިޔަކަށް ބަހާލައިގެންނެވެ. ގިނަބަޔަކު އަޑުއަހަން ހާޒިރުވި މިބަހުސް ކުރިޔަށް ދިއައިރު ދިއައީ ކޮންމެވެސްވަރަކަށް ވާރޭވެހެމުންނެވެ.

އިމަގުން ވަނީ މިފަދަބަހުސްއެއް ލޯކަލްކައުންސިލް އިންތިހާބާއި ދިމާކޮށްވެސް ކުރިޔަށް ގެންގޮސްފައެވެ.

އިމަގު މަޖިލީސް ބަހުސް 2014, މަޖިލިސް އިންތިޚާބު 2014, އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ރެކޯޑިން ކޮބަާ

– 9 މާރިޗު 2014 0

އެންމެ ރަނގަޅު ސްޕީޗެއް ދެއްވީ މުޙައްމަދު ޢަބުދުﷲ (މުހައްމާ) . މުހައްމާ އަށް ވޯޓު ދެއްވާ!!!

– 9 މާރިޗު 2014 1

ކެޔޮދަޅިދިޔަ، ކުންނާުފަތު ދިޔަ

– 9 މާރިޗު 2014 0

އިމަގު ވަރަށް ގަދަ.. އަސްލުވެސް މަ ގޮވާލާން ތަންތަނުގަ އަމިއްލަ އަމިއްލައަށް ސިޓީތަކާ ޕޮއިންޓުތަށް ހަދާގެން ނޫޅި އިމަގު ފަދަ ރަޖިސްޓާރޑް ޕުރޮފިޝަލަން ބޮޑީސްތަަކަށް ޒުވާނުން ގުޅުމަށް.ދެން ވެސް އިހަވަންދޫ އިސްލާހުކުރެވޭނީ ޒުވާނުން އިޖްތިމާޢީ ކަންކަމަށް އަހުލުވެރި ކުރުވާގެންް. އިމަގުންވެސް މިކަމަށް ވިސްނާނެކަކަމަށް ހީކުރަން

– 9 މާރިޗު 2014 1

ޢެންމެ ރަގަޅީ ހަމަ މަތީން ސާބަހޭ ވަރަށްސަލި ހަބޭސް އެންމެންނޭ މަތިނަށްވޯޓްދީ!

– 9 މާރިޗު 2014 5

ރަނގަޅު ސްޕީޗެއްދޭން އެނގޭނީވެސް ޢިލްމީ ޤާބިލުކަމެއް ހުރެގެންނު، ކުރަންއެނގޭ ކަމަކީ ކޮޕީކުރުން، ޢަލީމާހިރު ކުރާކަމަކީ މުހަންމާ މޮޔަހެއްދުން. ޙީ ޙީ ޙާލާކު!

– 9 މާރިޗު 2014 4

މުހަންމާ ރަނގަޅުވާނީ ކޮމެޑީ ފިލްމުކުޅެން ވިއްޔަ ގުލެނީވެސް އެކަމާ ވޯޓްގިނަކުރަން ނެގިގާގަނޑަށްބޮލިއެރުވިކަލޯ، ތަކަންދޫ އަހުމަދުވެސް މާރަނގަޅު، ޝާފިޢުވެސް ވަރިކޮށްފަ ރަށުކޮޅަށް ޖެހީ ތިކަމުގައިދޯ ލަދުހީވޭ،

– 9 މާރިޗު 2014 1

ގޮނޑި ކާމިޔަބުކުރަން އެކޮލު ވަރިކޮށްފަ ނެގިގާގަނޑަށްބޮލިއެރުވީ ގިނަވޯޓްހޯދާށޯ،މުހަންމާމެން އެކަމުގައިވެސް އަމިއްލައެދުން މަޖިލިހަށް އިސްވެފައިވެސް ހަދާނީ އެހެން، ތަކަންދޫ ވަރެއްނެތް! ޝާފިޢުވެސް ޢެކޮލު ދޫކޮށްލާފަ ރަށުންހޯދީ އެކަމަށްތަ؟

– 9 މާރިޗު 2014 2

މޮހަންމާ ހަަމަ ކަމަކުނުދޭ މަޖިލިސް ގޮޑި އަކައް

– 9 މާރިޗު 2014 1

ދާއިރާގެ މަޖިލިސް މެމްބަރުގެ އަނގަ ބައްދާލާ ލަދުގަންނަވާލައިފި.

– 9 މާރިޗު 2014 3

މަތީނު އެބުނަނީ ހަމަ ރަނގަޅަށް. މެމްބަރު އަހުމަދު އަބުދުﷲ އަށް ދެވަނަ ފުރުޞަތު ދިނުން ބުއްދިވެރިއެއް ނޫން.

– 9 މާރިޗު 2014 3

އަޅެ މަތީނުއާ އަހުމަދުއާ ހާދަ ވަރެކޭ އެކޮށްލީ، ވީޑިއޯގެ ދެވަަނަ ޕާޓު ނިމޭ ހިސާބު ބަލާލަ ބަލަ.

– 10 މާރިޗު 2014 0

މޮހަންމާ އަކީ 500ރުފިޔާ ޖަހާގެން އަދަބު ލިބިފަ ހުރި މީހެއް މަޖިލިސް ގޮޑި ލިބިއްޖެއްޔާ ކިހާ ވަރެއް އަރުވާލާނެތަ ހަމަ ސަކަރާތީ ޢާޭދޯ

– 10 މާރިޗު 2014 0

ބޭނުންވަނީ ތެދުވެރިކަމޯ ބުނިއިރު ވަގުނޫޓްޖެހިދުވަސް ހަނދާންވޭބާ އެފަދަމީހެއްގެ ތެދުވެރިކަމާމެދު ސުވާލުއުފެދޭ؟

– 10 މާރިޗު 2014 0

އިމަގުން ނިގޫފިއްތަންުޅުނީ އެހެންމީހެއްގެ އެކަމަކު ފިތުނީ ޢެހެންނިގުލެއް. ސުވާލުތައް އަމާޒުކުރިގޮތުން އެކަން ވަރަށްސާފު! ދެބޯގެރިދުއްވަން ނޫޅޭ ހަސަދަވެރިވެފައިވާމިންވަރުއެނގޭ! މިފަހަރު ކެޔޮގަނޑު އެއްލާލާންވާނެ ރައްޔިތުންނޭ ހޭލާތިބޭތި،!!!!!

– 10 މާރިޗު 2014 0

މުހަންމާއަކީ ޢެމް ޑީ ޕި ކުރިއަރުވަންއައިސްހުރިމީހެއްކަން ޔަޤީންވެއްޖެ އެއްބުރުކުރެހީ އެހެންވެ، ޔާމީނަށް ހާދަމަލާމާތްކޮށްފަ ލިޔުންއެޅިމީހެކޭއެއީ ޕީޕީއެމް މީހުން ހޭލާތިބޭތި،ތީހަމަފޭކެއް ވޯޓް ބޭކާރުކޮށްނުލާތި!އެމީހުންގެ މަޤުސަދަކީ ޕީޕީއެމް ކުޑަކޮށްލުމޯ؟؟؟؟!!!

– 10 މާރިޗު 2014 1

މުހަންމާ ކުރިގެކެމްޕޭނުގައި ދެންއޮތްފައިސަވެސްނުދޭ،މިފަހަރުވެސްތިދިނީ ޢެތިކޮލެއް، ފަޅައަރުވަލައިފިއްޔާ ވަނީކިހިނެއް، ބަކިބައި އަވަހަށްދީ! ނުނީ އެމްޑިޕީއަށް ފަޅައަރުވަލާނަން؟

– 14 މާރިޗު 2014 0

އިތުބާރުކުރެވޭ މިހުންނަކީ އަބަދުވެސް ވައުދުތައް ފުއްދާދޭ މިހުން ހަޖަމުނުކުރެވިގެން އެއްޗެއްސަށްގެއްލުންދެނީ އެހެންވެދޯ؟ ތިއުޅެނީ ސޯޓްބާލަން، ވިސްނަލާތި؟ ތިމާގެހިސްޓްރިއާމެދު، ނުނީ ދެރަގޮތެއް.

– 14 މާރިޗު 2014 0