އިމަގު ރަށު ކައުންސިލް ބަހުސް ބާއްވައިފި — Ihavandhoo.com

އިމަގު ރަށު ކައުންސިލް ބަހުސް ބާއްވައިފި

15 ޖެނުއަރީ 2014 8

އިމަގު ރަށުކައުންސިލްގެ ބައިވެރިންނާއި ޝަރަފުވެރިން ފޮޓޮއަކަށް ހުއްޓިގެން

އިމަގު ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވަން ހަމަޖައްސާފައިވާ ރަށު ކައުންސިލް ބަހުސް ރޭ ބާއްވާފިއެވެ. ރޭ 20:30 ހުން ފެށިގެން އިހަވަންދޫ އޯޕަން ސްޓޭޖްގައި ކުރިޔަށްދިޔަ މިބަހުސްގައި ބައިވެރިވީ އެމްޑީޕީގެ ފަރާތުން ރަށު ކައުންސިލަށް ކުރިމަތިލާފައިވާ ހަ ކެންޑިޑޭޓުން ނާއީ ސަރުކާރު ހިންގާ ކޯލިޝަނުން ކުރިމަތިލާފައިވާ ހަތް ކެންޑިޑޭޓުންނެވެ. އިހަވަންދޫ ކައުންސިލަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މިބަހުސްގައި ބައިވެރިނުވަނީ މިހާރުވެސް އިހަވަންދޫ ކައުންސިލްގެ ރައީސްކަން ކުރައްވަމުން ގެންދަވާ މުހައްމަދު ސަމީރެވެ.

އިހަވަންދޫ މަދަރުސާގެ ޑެޕިއުޓީޕްރިންސިޕަލް މުހައްމަދު އަބުދުއްސަމަދު ހުށައަޅުއްވާ ދެއްވި މިބަހުސް ކުރިއަށް ގެންގޮސްފައިވަނީ ފަސް ގިންތިޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ އޮތީ ކެންޑިޑޭޓުންގެ އިސްބަސް އިއްވުމެވެ. ދެވަނައަށް އޮތީ ފަރުދީ ގިންތީގައި ހިމެނޭ ސުވާލުތައް ކުރުމެވެ. އެއަށްފަހު ސިއްހަތާއި ތައުލީމާއި ތަރައްގީއާއި އަދި އިގްތިސާދީ ކަންކަމަށް އަމާޒްކޮށްގެން ޖަމާއީ ގިންތީގެ ސުވާލެއް ކޮންމެ ކެންޑިޑޭޓަކަށް އަމާޒް ކުރެވުނެވެ. އެއަށްފަހު ސުވާލުކޮށްފައިވަނީ މެނިފެސްޓޯއިން ހޮވާލެވުނު ދާއިރާތަކުންނެވެ. އެންމެފަހު ކަމެއްގެ ގޮތުގައި އޮތީ ކެންޑިޑޭޓުންގެ ފަހުބަސް އިއްވުމެވެ.

އިމަގުން ރޭ ހާމަކޮށްފައިވާ ގޮތުގައި ކުރިއަށްއޮތް ބަރުލަމާނީ އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ މެދުގައިވެސް މިފަދަ ބަހުސެއް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާނެއެވެ. މިމަހުގެ ދިހަވަނަ ދުވަހުގެރޭ އިމަގުންވަނީ އިހަވަންދޫ ދާއިރާއިން އަތޮޅުކައުންސިލަށް ވާދަކުރައްވާ ބޭފުޅުންގެމެދުގައިވެސް މިފަދަބަހުސްއެއް ކުރިއަށް ގެންގޮސްފައެވެ.

އިމަގު ކައުންސިލް ބަހުސް 2014, އިމަގު ޖަމިއްޔާ, ޕީޕީއެމް ކޯލީޝަން, ޕީޕީއެމް އިހަވަންދޫ, ޖޭޕީ އިހަވަންދޫ, އެމްޑީޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ބަރުލަމާނީ އިންތިހާބެއް ކުރިއަށް އޮތްކަމެއް ނުދެނަހުރިން... ދެން މަހީ ހީ ހީ....... ހަލާކް

– 15 ޖެނުއަރީ 2014 3

ސަމާ ބަރުލަމާނީ ވޯޓު ލަނީތަ އަނެއްކާވެސް.......

– 15 ޖެނުއަރީ 2014 2

ކޮބާ ސަމީރު ؟

– 15 ޖެނުއަރީ 2014 0

ސަމީރަށް ހަމަ ސާބަސް

– 15 ޖެނުއަރީ 2014 3

އިމަގު ޓީމަށް ހަމަ އަށް ސަރިބަހާއި ސާބަސް

– 15 ޖެނުއަރީ 2014 0

ކޮއިފުޅާ ބަރުލަމާނީ އިންތިހާބަކީ މަޖްލިސް އިންތިހާބު. ދެންމަ ހީ ހީ.... ހަލާކް

– 15 ޖެނުއަރީ 2014 0

އިމަގު ހަމަ ހަބޭސް... ހޭޓާސް ލަވް އިމަގު، އިހަވަންދޫގަ ކުރި އަށް ގެންދެވުނު އެންމެ ފުރިހަމަ އިވެންޓު ކަމަށް ދެކެން ؛އެމްޑީޕީ ކުދިން

– 15 ޖެނުއަރީ 2014 0

އިމަގު ވަރަށް ސަޅި އިވެންޓު ހޯސްޓުކުރަން ؛ސުވާލުތަށް ވަރަށް ހަބޭސް އިނގޭ....މަ

– 15 ޖެނުއަރީ 2014 0