އިމަގު ރަސްމުކުރިޔާ 1438: މާދަމާރޭ ފައިނަލް — Ihavandhoo.com

އިމަގު ރަސްމުކުރިޔާ 1438: މާދަމާރޭ ފައިނަލް

ނިމިދިޔަ ރަމަޟާންމަހު އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ކުރިއަށްގެންދިޔަ އަލްމަރްޙޫމް ޙުސައިން ޒުހާރުގެ ހަނދާނީ 13 ވަނަ ޤުރްއާން މުބާރާތުން އެންމެ މޮޅު ފަސް އަންހެން އަދި ފިރިހެން ބައިވެރިންނާއެކު ޖުމްލަ ދިހަ ބައިވެރިން ވާދަކުރަމުންދާ އިމަގު ރަސްމުކުރިޔާގެ ފައިނަލް ބުރު މާދަމާރޭ އޮންނާކަމަށް އިމަގުން ބުނެފިއެވެ.

މި ޖޫން މަހުގެ 23 ވަނަ ދުވަހުގެރޭ އިމަގު ހޯލުގައި ފަށައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ފުރަތަމަ ބުރުގައި ކޮންމެ ބައިވެރިއެއްގެވެސް މުޤައްރަރުން ނެގޭ ސުވާލުތަކެއްގެ އިތުރުން ފަނޑިޔާރުން ކަނޑައަޅާ ސުވާލުތަކެއްވަނީ ފުރިހަމަކޮށްފަ އެވެ. ދެވަނަ ބުރުގައި ތަޖުވީދު ސުވާލުތަކުގެ އިތުރުން ހިތުން ކިޔެވުމުގެ ބައި ކުރިއަށް ގެންގޮސްފައިވާއިރު މާދަމާރޭ އޮންނަ ފައިނަލްބުރުގައި އޮންނާނީ ޤުރްއާން ތަރުޖަމާ ކިއުމާއި އެބައިވެރިއަކު ކަނޑައަޅާ ހިސާބަކުން ބޭނުން ރާގަކަށް ކިޔެވުމެވެ.

މުބާރާތުގެ 1 ވަނަ ބައިވެރިޔާއަށް 5000 ރުފިޔާ، 2 ވަނަ އަށް 3000 ރުފިޔާ އަދި 3 ވަނަ އަށް 2000 ރުފިޔާގެ ފައިސާގެ އިނާމުވަނީ ދިނުމަށްވަނީ ހަމަޖެހިފައެވެ.

އިމަގު ރަސްމުކުރިޔާ 1438 ގައި ވާދަކުރާ ބައިވެރިން:

މުޙައްމަދު ޔޫނުސް އަބްދުﷲ / ރޯޝަނީގެ

އިބްރާހިމް އައުސް / އަމާޒު

އަދުހަމް އަލީ / ސެވީން

އަހުމަދު ރާއިފު / ރިހިދޯދި

މުހައްމަދު ޝައްޔާން / މަލަފެހި

އާމިނަތު ނަސްރަތު / އަލިދޯދި

ޢާއިޝަތު ސުމާ / ރިހިދޯދި

މަރިޔަމް ރައުލާ / ރިހިދޯދި

މަރްޔަމް ރައްޔާ އަހުމަދު / ނޫތަރިގެ

އާމިނަތު ނޫލާ މުހައްމަދު / ލިވާރ ޕޫލް

އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ