އިމަގު ޓޫޑޭ ކަޕް މާދަމާ ފަށަނީ — Ihavandhoo.com

އިމަގު ޓޫޑޭ ކަޕް މާދަމާ ފަށަނީ


މުބާރާތުގެ ގުރު ލުމުގެ ތެރެއިން. ފޮޓޯ: ފޭސްބުކް، އިމަގު ފޭންސް

ޒުވާނުންނަށް އަމާޒުކޮށްގެން މި ހަފްތާ ބަންދުގައި "އިމަގު ޓޫ ޑޭ ކަޕް 2016"ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)ން ތައްޔާރުވަމުން އެބަދެއެވެ.

އިމަގުން މައުލޫމާތުދޭ ގޮތުގައި 15 އަހަރުން މަތީގެ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ބޭއްވާ މި ފުޓްބޯޅަ މުބާރާތަކީ މިފަދަ މުބާރާތެއް އިހަވަންދޫގައި ނުބޭއްވި ގިނަދުވަސްތަކެއް ވެފައިވާތީ އެފަދަ ފުރުޞަތަކަށް ޒުވާނުން ބޭނުންވާ މިންވަރު އެނގުމާއެކު، ފުޓްބޯޅަ މުބާރާތެއްގައި ކުޅުމުގެ ފުރުޞަތު ޒުވާނުންނަށް ހޯދައިދިނުމަށް، ޒުވާނުންނަށްޓަކައި ބޭއްވޭ މުބާރާތެކެވެ.

ޕޮއިންޓް ސިސްޓަމަށް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިޔަށް ގެންދަނީ 9 އަ ސައިޑަށެވެ. ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އިހަވަންދޫ ޣާޒީ ދަނޑުގައެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 4، ހޮނިހިރު ދުވަހު ހަވީރު އެވެ.

ޗެމްޕިއަން ޓީމަށް 1000 ރުފިޔާ އަދި ރަނަޕް ޓީމަށް 500 ރުފިޔާ ހުށައަޅާފައިވާ މިމުބާރާތުން ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާ އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކޮޅުންތެރިޔާ ހޮވުމަށްވަނީ ހަމަޖެހިފައެވެ.

އިމަގު ޖަމިއްޔާއިން ހާމަކުރި ގޮތުގައި މި މުބާރާތް ކުރިޔަށް ގެންދިއުމުގައި އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބެމުންދެއެވެ. އަދި ސްޕޮންސަރުންގެ ގޮތުގައި ޗާލީ ފިހާރައިގެ އިތުރުން ނިޒާމް 2 އަދި ރޯޅި ލޯންޗްގެ އެހީތެރިކަން ލިބިފައިވާކަމަށް އިމަގުން މައުލޫމާތުދެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ