އިމަގުން އިހަވަންދޫގެ ފުޓުބޯޅައަށް އާ ދިރުމެއް ގެންނަނީ! — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

64 ދުވަސް

އިމަގުން އިހަވަންދޫގެ ފުޓުބޯޅައަށް އާ ދިރުމެއް ގެންނަނީ!

16 ޖެނުއަރީ 2017 1

އިހަވަންދޫގައި ފުޓުބޯޅަ ދިރުވައި އާލާކޮށް، ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ން އިސްނަގައިގެން އިހަވަންދޫގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ފުޓުބޯޅަ އެކެޑެމީއެއް މިފެށޭ ފެބުރުއަރީ މަހުގެ ތެރޭގައި ހުޅުވުމަށްވަނީ ހަމަޖެހިފައެވެ.

މުޅި އަހަރަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި އެކެޑަމީގެ ކުލާސްތައް އޮންނާނީ ހަފުތާ ބަންދު ދުވަސްތަކާއި ސްކޫލު ބަންދު ދުވަސްތަކުގައެވެ. 9 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފިރިހެން ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި އެކެޑަމީގައި ބައިވެރިވުމުގެ ފުރުޞަތުވަނީ މިހާރު ހުޅުވައިލެވިފައެވެ. ބައިވެރިވުމަށް ބޭނުންވާ ކުދިން ބައިވެރިވުމަށް އެދޭ ފޯމް ނަންގަވައި ފުރުއްވުމަށްފަހު މިހިނގާ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ ކުރިން އިމަގު އޮފީހަށް ހުށައެޅުމަށް އިމަގުން މަޢުލޫމާތުދެއެވެ. ބައިވެރިވުމަށް އެދޭ ފޯމް ލިބޭނީ އިމަގު އޮފީހުންނެވެ. މި އެކެޑަމީގައި ރަޖިސްޓްރީ ވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭ އިރު، އެކެޑަމީގެ ބައިވެރިންނަށް ސްޕޯރޓްސް ކިޓެއް އިމަގުން ހަދިޔާކުރާނެ ކަމުގައި އިމަގު ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.

އިހަވަންދޫގައި ފުޓުބޯޅަ ދިރުވާ އާލާކޮށް، ހުނަރުވެރި ޒުވާން ފުޓުބޯޅަ ކުޅުންތެރިންތަކެއްއުފައްދާ، ގައުމީ ފެންވަރުގައި އިހަވަންދޫ ތަމްސީލްކުރާނެ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމަކީ މި އެކެޑަމީ އުފެއްދުމުގެ އެންމެ ބޮޑު އެއް މަޤްޞަދު ކަމުގައި އިމަގު ޖަމިއްޔާއިން މަޢުލޫމާތުދެއެވެ. އަދި މީގެ އިތުރުން މި އެކެޑަމީން ތަމްރީން ލިބިގެން މުޖުތަމަޢަށް ނުކުންނަ ކޮންމެ ކުއްޖަކީ އަޚްލާޤު ރަނގަޅު ހަރުދަނާ ބަޔަކަށް ހެދުމަކީވެސްމި އެކެޑަމީ އުފެއްދުމުގެ މަޤްޞަދުގައި އެ ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.

މިއީ ހއ.އަތޮޅުގައިވެސް ފުރަތަމަ ފަހަރަށް އުފެދޭ ސްޕޯޓްސް އެކެޑެމީކަމުގައި އެކެޑަމީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތުން މަޢުލޫމާތުދެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަބަދު ކުޅިވަރާނާޗަރަންގީގަ މިއުޅެވެނީ... ކުޅިވަރުވެސް ކުޅެންވާނެ އެކަމަކު ޓޫމަޗް އޮފް އެނީ ތިންގ އިޒް ގުޑް ފޯ ނަތިން... ޕްރޮފެސަރ އުގައިލު މިރަށަށްވެސް ޒިޔާރަތް ކުރާ ގޮތަށް އޮތީ ހުވަރަފުއްޓަށް އަނއނަ އިރު އެކަމު އޭގެ ހަބަރެއް ނެތް މީހުން ހިތްޖައްސުވާ އެ ޕްރޮގްރާމަށް ދާނެ ގޮތް ހެދުމެއްވެސް ނެތް

– 17 ޖެނުއަރީ 2017 0