އިންނަފިނޮޅުގެ ފަރަށް އެރި ބޯޓުން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެހިތަކެއް އިހަވަންދޫއަށް ގެނެސްފި — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

އިންނަފިނޮޅުގެ ފަރަށް އެރި ބޯޓުން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެހިތަކެއް އިހަވަންދޫއަށް ގެނެސްފި


ބޯޓުން ގެނަ ސާމާނު އިހަވަންދޫއަށް ބާލަނީ.

ހއ. އަތޮޅު އިންނަފިނޮޅު ފަރަށް އެރި ބޭރު ގައުމެއްގެ ބޯޓެއް ކައިރި އަށް ސިފައިން ދިއުމުން ރޯކޮށްލި ބޯޓުގައި ތިބި 8 ފަޅުވެރިންނާއި، އެބޯޓުގައި ހުރި ކަމަށްބެލެވޭ އެއްޗެހިތަކެއް އިހަވަންދޫއަށް ގެނެސްފިއެވެ. ބެލެވޭ ގޮތުގައި ބޯޓް ފަރަށް އަރާފައިވަނީ ރޭގެ ވަގުތެއްގައެވެ.

އިހަވަންދޫއަށް ފުލުހުންގެ ލޯންޗެއްގައި ދާދިދެންމެ ގެނަ އެއްޗެހިތައްހުރީ މަސްތުވާ ތަކެތި ޕްކެ ކޮށްފައި ހުންނަހެން ރަބަރު ޕެކެޓްގައި ވަރަށް ރަނގަޅަށް ޕެކްކޮށްފައި ކަމަށް މަންޒަރުދުއް މީހުން މިނޫހަށް ކިޔައިދިނެވެ. މިތަކެތި އިހަވަންދޫއަށް ބޭލުމުގައި ހަރަކާތްތެރިވި ފުލުހުން ތިބީ ދެ އަތަށް އަންގި ލައި އަނގަޔާއި ނޭފަތް ނިވާވާނެހެން މާސްކު އަޅައިގެންނެވެ. ނަމަވެސް މިކަމާއިގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

އެ ބޯޓު ފަރަށް އަރާފައި އޮއްވައި ފުރަތަމަ ފެނުނީ މަސްވެރިކަމަށް ނިކުމެ އުޅުނު ހއ އަތޮޅު ބަޔަކަށެވެ. ބޯޓު ފަރަށް އަރާފައި އޮތްކަން އެ މީހުން ސިފައިންނަށް އެންގުމުން، ސިފައިން އެ ސަރަހައްދަށް އަންނަ ތަން ފެނުމުން ބޯޓުގައި ރޯކޮށްލުމަށް ފަހު އެ ބޯޓްގައިތިބި ފަޅުވެރިން ކަނޑަށް ފުންމައިލީ ކަމަށް މައުލޫމާތު ލިބެއެވެ. ބޯޓުގައި ރޯކޮށްލީ ސިފައިންގެ ލޯންޗެއް ބޯޓާ ފަންސާހަކަށް ފޫޓަށް ކައިރިވި ފަހުންކަމަށްވެއެވެ.

ބޯޓުގައި ރޯކޮށްލުމުގެ ސަބަބުން ބޯޓުގެ ބައިތައް އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ މީހުން ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކުރެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އީރާންގެ ބޯޓެކެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ