ކޮލަމް ފެންތަށި: އިންސާނިއްޔަތަށްޓަކައި ތެދުވާނީ އިންސާނުންނެވެ. — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

ކޮލަމް ފެންތަށި: އިންސާނިއްޔަތަށްޓަކައި ތެދުވާނީ އިންސާނުންނެވެ.

10 މާރިޗު 2017 0

 

ދުނިޔޭގެ ދިގު އަދި ކުރު ރާސްތާ އަޅުގަނޑުމެން ކަޑައްތު ކުރަމުންދާއިރު، ބައެއްފަހަރު އުފާވެރިކަމުގެ އިހްޞާސްތައް އަޅުގަނޑުމެން ވަށާލައެވެ. އަދި ބައެއް ދުވަސްތަކާއި ވަގުތުތައް ވެފައިވަނީ ވޭނާއި ފުން އަސަރު އެކުލެވިގެންދާ ބުރަ އަކަށެވެ. އަމިއްލަ ނަފުސަކަށް މި ބުރަ ނުއުފުލޭކަމުގައި ވީނަމަވެސް، އިސް ކުރެވޭ އިންސާނިއްޔަތުގެ ސިފައިން މި ބުރަ މުޖުތަމަޢު އުފުލަން ޖޯޝާއި ފޯރި ގެނުވައެވެ. ކުރެވުނު ނާއުއްމީދުތައް ފުޑުފުޑުކޮށްލައި، އުޖާލާކަމުގެ ހިނިތުންވުން އިންސާނާއަށް ގެނެސްދެނީ އައު އިރެއްގެ ރަންރިހި ދޯދިތައް އައު ދުވަހަކަށް މަރުޙަބާ ކިޔާހާ މިނިވަންކަމާއި އަވަސްމިނުގައެވެ. އެހާވެސް ފުރިހަމައަށެވެ.

އިންސާނިއްޔަތުގެ ސިފަ އިންސާނާގައިގައި ތަބީޢީ ގޮތުން ލެވިފައިވާކަމަށް ދިރާސާތަކުން ބުނެއެވެ. ނަމަވެސް، އަޅުގަނޑުމެން އެންމެންނީ، މި ސިފަ އޭގެ ރަނގަޅު ގޮތުގައި މުޖުތަޢުގެ ފައިދާއަށް ބޭނުން ކުރާ ބަޔަކު ކަމުގައި ނުވަމުއެވެ. ހަމްދަރުދީގެ ބަދަލުގައި ނަފުރަތު އިސްކުރެވި، އޯގާތެރިކަމާއި ލޯބީގެ ބަދަލުގައި ރުޅިވެރިކަމާއި ހަޞަދަ ކުރި ހޯދަނީ ގިނައިންނެވެ. ހިތްހެޔޮކަމުގެ ނާޖާއިޒުގެ ފައިދާ ބައެއް ފަރާތްތަކުން ނެގިކަމުގައި ވިޔަސް، އިންސާނިއްޔަތަށްޓަކައި ތެދުވާން ތިބީވެސް، މިދެންނެވުނު ނާޖާއިޒު ފައިދާ ނެގި އިންސާނުންނެވެ.

އިންސާނިއްޔަތުގެ ރިވެތި ސިފަ ކުރިއެރުވުމަށް ހުރި އެންމެ ބޮޑު ގޮށްޖެހުމަކީވެސް ހަމަ އަޅުގަނޑުމެން އިންސާނުންނެވެ. ދުނިޔެ ފަނާކުރަނިވި ހަތިޔާރާއި، ނިއުކުލިއަރ އަށް ހައްދެއްވާ ގުދުރަތީ ވަޞީލަތްތައްބޭނުން ކުރަނީވެސް ހަމަ މިދެންނެވި އިންސާނާއެވެ. މިއަދުގެ ދުނިޔޭގައި، މުޅި ދުނިޔޭގެ އާންމުދަނީގެ %3 އިންސައްތައާއި ކައިރި ކުރާ ޢަދަދަކަށް ފައިސާ މި ދެންނެވުނު ގޮތަށް ޚަރަދުކުރުމުގެ ނިންމުންތައްވެސް ނިންމަނީ މި ދެންނެވުނު އިންސާނާއެވެ.

އެއްއިންސާނާ އަނެއް އިންސާނާގެ މަދަދާއި އެހީއަށް މާޔޫސްވާ ކޮންމެ ވަގުތަކު ބޭނުންވާކަމަށް ދިރާސާތަކުން ދައްކައެވެ. މި މާޔޫސްކަމުގެ އަސާސްތަކަށް ގިނަ ފަހަރުވަނީ، ފަޤީރުކަމާއި، ނިކަމެތިކަން، ހިތްދަތި ދިރިއުޅުން، ބަނޑުހައި ހޫނުކަމުގެ އިހްޞާސް، ގެއްލިގެންދާ ދުޅަ ހެޔޮ ޞިއްޙަތާއި ފިކުރީ ގޮތުން އިންސާނާއަށް ދިމާވާ ތަފާތު ބަލިމަޑުކަމެވެ. މުޖުތަމަޢު ދަސްކުރަންވީ، އިންސާނިއްޔަތަށްޓަކައި ނިކުންނާނީ އިންސާނުން ކަމެކެވެ. އިންސާނިއްޔަތަށްޓަކައި އިންސާނާ ބައިވެރިވުމުގެ މުޙިއްމު އިހްޞާސް އަޅުނޑުމެންނަށް ގެނުވަނީ، އަމިއްލަ ނަފުސުގެ ޟޮއީފުކަން ހިތަށް އެރުމުންނެވެ. ބަލި އެނދުދާންކޮޅަށް ތިމާ ވެއްޓޭނެ ވަގުތު ފަހެ އިނގެނީ ހަމަ ކާކައްތޯއެވެ؟ ރީތި ހިނިތުންވުމަކުން ހިނިތުންވެލައި، ޖޯޝާއި ފޯރީގައި އިންސާނިއްޔަތަށްޓަކައި ބާރުލައި ތެދުވަންނާށެވެ. އަހަރެންނަކީވެސް އެންމެ ފުރިހަމަ އިންސާނާއަށް ފަހަރުގައި ނުވެދާނެއެވެ. އެހެނެއްކަމަކު، އިންސާނިއްޔަތަށްޓަކައި ތެދުވާން އަހުރެން ފަހެއްނުޖެހޭނަމޭ، ހިތާއިހިތުން ބުނާބުނުން، ދޫކޮށްލައި، އަމަލީ މައިޒާނުގައި ތިބާގެ ދައުރު އަދާކުރާނެ ކަމަށް ތިބާގެ ބޭނުން ޖެހިފައިވާ އިންސާނާ ހުރިކަން ހަނދާންކޮށްދެމެވެ.

ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ