އޮފީސްތަކުގެ ފުޓްސަލް މުބާރާތެއް ބާއްވަނީ

7 ޖުލައި 2017 0

އިހަވަންދޫގައި ހުންނަ ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން "ޗާލީ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2017"ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ކުލަބު ޕޯލްސްޓަރއިން ތައްޔާރުވެއްޖެއެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަން، އިހަވަންދޫ ސްކޫލް، އިހަވަންދޫ ކޯޓް އަދި ބޭންކު އޮފް މޯލްޑިވެސް އިހަވަންދޫ ބްރާންޗް، އިހަވަންދޫ ޞިއްޙީ މަރުކަޒު، އިހަވަންދޫ ކައުންސިލްގެ އިދާރާގެ އިތުރުން ފެނަކަ އިހަވަންދޫ ބްރާންޗް ވާދަކުރާ މި މުބާރާތުގެ ގުރުލުން ޖޫން 9 ވާ އާދީއްތަ ދުވަހު ބޭއްވުމަށް މަސައްކަތްކުރަމުން އަންނަކަމަށް ކުލަބު ޕޯލްސްޓަރއިން މައުލޫމާތު ދެއެވެ.

ޖޫން 13-15 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 2000 (ދެހާސް) ރުފިޔާ އަދި ދެވަނަ ޓީމަށް 1000 (އެއްހާސް) ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.

ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ