ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: ހއ އަތޮޅުގެ 4 ޓީމާއެކު މުބާރާތް ފަށައިފި — Ihavandhoo.com

ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: ހއ އަތޮޅުގެ 4 ޓީމާއެކު މުބާރާތް ފަށައިފި

1 އޮގަސްޓު 2019 0

ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް ފަށްޓަވާދެއްވުމުގެ ގޮތުން އިއްޒަތްތެރި މެމްބަރު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ލަޔާން

އިހަވަންދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.

އިހަވަންދޫ ސްކޫލުގެ އިތުރުން މާރަންދޫ ސްކޫލް، ހއ. އަތޮޅު މަދަރުސާ އަދި ހއ. އަތޮޅު ތަޢުލީމީ މަރުކަޒް ވާދަކުރާ މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު އިހަވަންދޫ ހުރަވީ ދަނޑުގައެވެ. އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޝިފާޢު ޝަރަފުވެރި ކޮށްދެއްވި މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ހައުސިންގެ މިނިސްޓްރީގެ ސީނިޔަރ އެގްޒެކްޓިވް ޑިރެކްޓަރ، އަލްފާޟިލް މުޙައްމަދު އާރިފު ބައިވެރިވެ ލެއްވިއެވެ.

ހއ އަތޮޅުގެ ސްކޫލުތަކަށް ހުޅުވާލައިގެން މިފަދަ ހަރަކާތެއް ކުރިއަށް ނުގެންދާތާ ޒަމާންތަކެއް ވެއްޖެކަން ފާހަގަކުރައްވައި ޝަރަފުވެރި މެހެމާން ވިދާޅުވީ އިހަވަންދޫ ސްކޫލުން މި ނެންގެވި އިސްނެންގެވުމަކީ އެކަމުގެ ސަބަބުން ސްކޫލުތަކަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަމެއް ކަމަށެވެ.

މިއަދު ފެށި މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 2019 އޯގަސްޓް 3 ވަނަ ދުވަހުގެ ހަވީރު މުބާރާތް ކުރިއަށްދާ އިހަވަންދޫ ހުރަވީ ދަނޑުގައެވެ.

އިހަވަންދޫ މަދަރުސާ, އިހަވަންދޫ ސުކޫލު ރަންޔޫބިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ