ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: އިހަވަންދޫ ސްކޫލުން ފެށުން ރަނގަޅުކޮށްފި — Ihavandhoo.com

ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: އިހަވަންދޫ ސްކޫލުން ފެށުން ރަނގަޅުކޮށްފި

1 އޮގަސްޓު 2019 0

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސާނިދު../. ފޮޓޯ: ލަޔާން

މިއަދު ހަވީރު ކުޅެވުނު ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ހއ އަތޮޅު ތަޢުލީމީ މަރުކަޒު 1-0 އިން ބަލިކޮށް މުބާރާތް ބާއްވާ ރަށް އިހަވަންދޫ ސްކޫލުން ފެށުން ރަނގަޅުކޮށްފިއެވެ.

މިއަދު މެޗުގެ ހަމައެކަނި ގޯލު ދެވަނަ ހާފުގެ 5 ވަނަ މިނެޓުގައި ޖަހައިދިނީ އިހަވަންދޫ ސްކޫލު ޓީމުގެ މުޙައްމަދު އާލިމެވެ. އިހަވަންދޫ ސްކޫލް ޓީމުގެ ނާއިލް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ރަނގަޅަށް ސާފުކޮށްނުލެވި ލިބުނީ މުޅިން ޕެނަލްޓީ އޭރިޔާތެރޭ މުޅިން ހުސްކޮށްހުރި އާލިމް އަށެވެ. އެފުރުސަތުގެ ބޭނުން ހިފައި ފަސޭހަކަމާއެކު އާލިމް ވަނީ ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފައެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހއ އަތޮޅު ތަޢުލީމީ މަރުކަޒުން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދެއްކި އިހަވަންދޫ ސްކޫލްގެ ގޯލް ކީޕަރ ޙުސައިން ސާނިދެވެ.

މުބާރާތުގެ މެޗެއް މިރޭ 20:30 ގައި އޮންނާނެއެވެ. ބައްދަލުކުރާނީ މާރަންދޫ ސުކޫލާއި ހއ އަތޮޅު މަދަރުސާއެވެ.

އިހަވަންދޫ ސުކޫލު ރަންޔޫބިލް, އިހަވަންދޫ މަދަރުސާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ