އައިޕީއެސް ކަޕް، 12 އަހަރުން ދަށު އުމުރުފުރައިގެ ޗެމްޕިއަންކަން ސެންސިޓީ ހޯދައިފި — Ihavandhoo.com

އައިޕީއެސް ކަޕް، 12 އަހަރުން ދަށު އުމުރުފުރައިގެ ޗެމްޕިއަންކަން ސެންސިޓީ ހޯދައިފި

4 ޖެނުއަރީ 2017 0

އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ އައިޕީއެސް ކަޕް ފްޓްސަލް މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރައިގެ ޗެމްޕިއަންކަން ސެންސިޓީ ލިޓްލް ޗެމްޕްސް ހޯދައިފިއެވެ. ސެންސިޓީން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔަ ހަވީރު، އިހަވަންދޫ ފްޓްސަލް ދަނޑުގައި ކުޅުނު ފައިނަލްމެޗުގައި އަރާދުވާގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ. ފައިނަލް މެޗްގެ މޮޅުކުޅުންތެރިޔާއަށް ހޮވިފައިވަނީ ސެންސިޓީ ލިޓްލް ޗެމްޕްސްގެ ޖާޒީ ނަންބަރު 1 ހުސައިން އައިހަމްއެވެ.

އައިޕީއެސް ކަޕް ފްޓްސަލް މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރައިގެ އެންމެގިނަ ގޯލް ޖެހިކުޅުންތެރިޔަކަށް ހޮވިފައިވަނީ އަރާދުވާގެ ޖާޒީ ނަންބަރު 12 މުހަންމަދު ހަލަފެވެ. އައިޕީއެސް ކަޕް ފްޓްސަލް މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރައިގެ ޑްރީމް ޓީމްގައި ހިމެނިފައިވާ 5 ކުޅުންތެރިންނަކީ، ސެންސިޓީގެ ޖާޒީ ނަންބަރު 1 ހުސައިން އައިހަމް، އަރާދުވާ ޖާޒީ ނަންބަރު 12 މުހަންމަދު ހަލަފް، އަރާދުވާ ޖާޒީ ނަންބަރު 9 މުހަންމަދު ޔޫނުސް، ރެއިސިން ސްޓަރސް ޖާޒީ ނަންބަރު 11 މުހަންމަދު ރާއީ އަލީ އަދި ސެންސިޓީގެ ޖާޒީ ނަންބަރު 11 އިބްރާހިމް ޒަޔާންއެވެ. 12 އަހަރުން ދަށުގެ އުމުރުފުރައިގެ ހުރިހައިގޮތަކުން އެންމެމޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސެންސިޓީ ޖާޒީ ނަންބަރު 11 އިބްރާހިމް ޒަޔާންއެވެ.

މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ޔަންގް ސްޓަރއެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ