އައިޕީއެސް ކަޕް، 16 އަހަރުން ދަށު އުމުރުފުރައިގެ ޗެމްޕިއަންކަން ގަބީލާ ހޯދައިފި — Ihavandhoo.com

އައިޕީއެސް ކަޕް، 16 އަހަރުން ދަށު އުމުރުފުރައިގެ ޗެމްޕިއަންކަން ގަބީލާ ހޯދައިފި

4 ޖެނުއަރީ 2017 0

އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ އައިޕީއެސް ކަޕް ފްޓްސަލް މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރައިގެ ޗެމްޕިއަންކަން ގަބީލާ ހޯދައިފިއެވެ. ގަބީލާއިން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު، އިހަވަންދޫ ފްޓްސަލް ދަނޑުގައި ކުޅުނު ފައިނަލްމެޗުގައި ނިކަ ދިރުމުގެ މައްޗަށް 5-0 އިން ކުރިހޯދައިގެންނެވެ. ފައިނަލް މެޗްގެ މޮޅުކުޅުންތެރިޔާއަށް ހޮވިފައިވަނީ ގަބީލާގެ ޖާޒީ ނަންބަރު 6 މުހަންމަދު މައުމޫރެވެ.

އައިޕީއެސް ކަޕް ފްޓްސަލް މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރައިގެ އެންމެގިނަ ގޯލް ޖެހިކުޅުންތެރިޔަކަށް ހޮވިފައިވަނީ ގަބީލާގެ ޖާޒީ ނަންބަރު 8 އިބްރާހިމް ލަޔާނެވެ. އޭނާ ވަނީ މިމުބާރާތުގައި 23 ގޯލް ޖަހާފައެވެ.

އައިޕީއެސް ކަޕް ފްޓްސަލް މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރައިގެ ޑްރީމް ޓީމްގައި ހިމެނިފައިވާ 5 ކުޅުންތެރިންނަކީ، ގަބީލާގެ ޖާޒީ ނަންބަރު 8 އިބްރާހިމް ލަޔާން، ގަބީލާގެ ޖާޒީ ނަންބަރު 7 ހުސައިން ނާޝިދު، ގަބީލާގެ ޖާޒީ ނަންބަރު 1 އާދަމް އާތިފް، ނިކަ ދިރުމުގެ ޖާޒީ ނަންބަރު 7 ނައުފަލް އަލީ އަދި އަރާދުވާގެ ޖާޒީ ނަންބަރު 10 އަހުމަދު ސައުދޫނެވެ. 16 އަހަރުން ދަށުގެ އުމުރުފުރައިގެ ހުރިހައިގޮތަކުން އެންމެމޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގަބީލާގެ ޖާޒީ ނަންބަރު 8 އިބްރާހިމް ލަޔާނެވެ.

މިމުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ބޮޑުމަގު ސިޓީއެވެ.

އައިޕީއެސް ކަޕް ފްޓްސަލް މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރައިގެ ޗެމްޕިއަންކަން ގަބީލާ ހޯދިއިރު މިމުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސެންސިޓީ ލިޓްލް ޗެމްޕްސްއެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ