އައި.ޕީ.އެސް ކަޕް ފުޓްސެލް މުބާރާތް ފަށައިފި

2 ޖެނުއަރީ 2018 0

މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ލަޔާން އަޙްމަދު

އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ އައި.ޕީ.އެސް ކަޕް ފުޓްސެލް މުބާރާތް އިއްޔެ ހަވީރު ފަށައިފި އެވެ.

ތިން އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތަކީ ކުޑަކުދިންނަށް އަމާޒުކޮށްގެން އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ބާއްވާ މިފަދަ ދެވަނަ ފުޓްސެލް މުބާރާތެވެ. މި އަހަރުގެ މުބާރާތް ހާއްސަކޮށްފައިވަނީ 16 އަހަރުން ދަށް، 13 އަހަރުން ދަށް އަދި 10 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށެވެ.

16 އަހަރުން ދަށުގެ އުމުރުފުރާގައި 6 ޓީމު ވާދަކުރާއިރު އެ އުމުރުފުރާގެ މެޗުތައް ކުރިއަށްގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެމޮޅު ދެޓީމު ސެމީ ފައިނަލްގައި ކުޅެ ސެމީން މޮޅުވާ ދެޓީމު ފައިނަލްގައި ބައްދަލުކުރާ ގޮތަށެވެ. 13 އަހަރުން ދަށުގެ އުމުރުފުރާގައި 5 ޓީމު އަދި 10 އަހަރުން ދަށުގެ އުމުރުފުރާގައި 4 ޓީމު ބައވެރިވެފައިވާއިރު މި އުމުރުފުރާތަކުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ މޮޅު ހަތަރު ޓީމު ސެމީ ފައިނަލްގައި ކުޅެ، ސެމީން މޮޅުވާ ޓީމުތައް ފައިނަލްގައި ބައްދަލުކުރާ ގޮތަށެވެ.

އިހަވަންދޫ ފުޓްސެލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ 10 އަހަރާއި 13 އަހަރުންދަށުގެ އުމުރުފުރާގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 10 ވަނަ ދުވަހުއެވެ. އަދި 16 އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލް މެޗު އޮންނާނީ ޖަނަވަރީ 11 ވަނަ ދުވަހު އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ