އިރާގުގައި ދިން ކާރުބޮމުގެ ހަމަލާތަކެއްގައި 88 މަރު — Ihavandhoo.com

އިރާގުގައި ދިން ކާރުބޮމުގެ ހަމަލާތަކެއްގައި 88 މަރު

12 މެއި 2016 0

އިރާޤުގެ ވެރިރަށް ބަޣްދާދުގެ ތަފާތު ހަތަރު ސަރަހައްދެއްގައި ކާރު ބޮންތަކެއް ގޮއްވާލުމުގެ ސަބަބުން 88 މީހުން މަރުވެފައިވާކަމަށް އެގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.

ބުދަދުވަހުގެ ފުރަތަމަ ގޮވުން ގޮއްވާލާފައި ވަނީ ބަޣްދާދުގެ ޝީޢީންގެ އަޣްލަބިއްޔަތު އޮންނަ ޞަދްރު ސިޓީގެ ބިއުޓީސެލޫނެއްގެ ކައިރިއަށް ގޮވާތަކެތި ހަރުކޮށްފައިވާ ކާރެއް ގެންގޮސް، ގޮއްވާލައިގެން ނެވެ. މި ޙަމަލާގެ ޒިންމާ އުފުލާފައިވަނީ ޙައްދުފަހަނަޅާފައިވާ އައިއެސް ޖަމާޢަތުންނެވެ.  އަދި އެއީ އެއީ މީހަކު އަމިއްލައަށް މަރުވެގެން ދިން ޙަމަލާއެއް ކަމަށް އިރާޤުގެ ފުލުހުން ބުނެއެވެ. މިހަމަލާގައި 61 މީހަކު މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަހަމުވެފައި ވެއެވެ. މިހަމަލާގެ ޝިކާރައަކަށް ވެފައިވަނީ ގިނައިން އަންހެނުން ކަމަށް އިރާޤުގެ ފުލުހުންނާއި ހޮސްޕިޓަލުގެ މަޢުލޫމާތުތަކަށް ހަވާލާދީ ރޮއިޓާރސް އިން ބުނެއެވެ.

އިިއްޔެ ގޮއްވާލި އިތުރު ތިން ގޮވުން ގޮއްވާލާފައި ވަނީ ބަޣްދާދަުގެ ތަފާތު 3 ޕޮލިސް ޗެކުޕޮއިންޓެއް ކައިރީއެވެ. މިގޮވުންތަކުގައި ވަނީ 27 މީހަކު މަރުވެފައެވެ. މިހަމަލާތަކުގެ ޒިންމާވެސް އުފުލާފައި ވަނީ ޙައްދުފަހަނަޅާފައިވާ އައިއެސް ޖަމާޢަތުންނެވެ.  (އަލްޖަޒީރާ)

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ