އިސްކުރާނީ އިސްލާމް ދީނާއި ޤައުމިއްޔަތު : އާދަމް މޫސާ — Ihavandhoo.com

އިސްކުރާނީ އިސްލާމް ދީނާއި ޤައުމިއްޔަތު : އާދަމް މޫސާ

22 މާރިޗު 2019 6

އާދަމް މޫސާގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: އާދަމްމޫސާޑޮޓްކޮމް

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ހޮވިވަޑައިގެންފިނަމަ މަޖިލީހުގައި އިސްކުރާނީ އިސްލާމް ދީނާއި ޤައުމިއްޔަތު ކަމަށް ޖުމުހުރީޕާޓީގެ ޓިކެޓުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، އާދަމް މޫސާ ވިދާޅުވެއްޖެއެވެ.

އާދަމް މޫސާ މިގޮތަށް ވިދާޅުވީ އިއްޔެ ހަވީރު 4:30 ގައި ވީޓީވީން ގެނެސްދިން "ކެންޑިޑޭޓު ގަޑި" ޕުރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާދަމް މޫސާ ވިދާޅުވީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލައިގެން ހޮވުނު ނަމަވެސް، ޕާޓީގެ މަސްލަހަތާއި ދާއިރާގެ ރައްޔިތުންގެ މަސްލަހަތާއި ޤައުމީ މަސްލަހަތު އެއްހަމައެއްގައި ގެންދިއުމަކީ އެބޭފުޅާއަށް ދަތިކަމަކަށް ނުވާނެ ކަމަށެވެ. ހަމައެއާ އެކު ގޮތް ނިންމުމުގައި އެބޭފުޅާ އިސްކުރާނީ  އިސްލާމް ދީނާއި ޤައުމިއްޔަތު ކަމަށެވެ. ރައްޔިތުންވެސް ބޭނުންވާނީ އެގޮތް ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވެ، އާދަމް މޫސާ ވިދާޅުވީ ވޭތުވެދިޔަ މާޒީއަށް ބަލާއިރު ޖުމުހުރީޕާޓީ އަބަދުވެސް އިސްކޮށްފައި ވަނީ ރައްޔިތުންގެ މަސްލަހަތު ކަމަށެވެ. އެހެން ކަމުން ޖުމުހުރީޕާޓީގައި ހުރެ މިހުރިހާ މަސްލަހަތެއް ހިމަނައިގެން ކުރިއަށްދިއުމަކީ ދަތިކަމަކަށް ވާނެ ކަމަކަށް ޤަބޫލު ނުކުރައްވާ ކަމަށް އާދަމް މޫސާ ވިދާޅުވިއެވެ.

ރައްޔިތުންގެ ލާބަޔާއި މަންފާއަށް ހުރި ކަމެއް، އިސްލާމްދީނުގެ އެއްވެސް އަސާސަކާއި ހިލާފުނުވާ ކަމެއްކަމަށް ވާނަމަ އެބިލަކަށް ވޯޓު ދޭނެ ކަމުގެ ޔާޤީންކަން އާދަމް މޫސާ ދެއްވެވިއެވެ. ޖުމުހުރީޕާޓީން ވެސް އެނޫން ގޮތަކަށް ވޯޓު ދޭނެ ކަމަކަށް ގަބޫލު ނުކުރެވޭކަން ފާހަގަ ކުރައްވާ،އާދަމް މޫސާ ވިދާޅުވީ  ޖުމުހުރީޕާޓީގެ ރޫހާ އެފަދަ ގޮތަކަށް ހިލާފުވާން ޖެހިއްޖެ ހާލަތެއްގައިވެސް އެބޭފުޅާ އިސްކުރައްވާނީ ރައްޔިތުންނާއި އިސްލާމްދީން ކަމަށެވެ.

ރައްޔިތުންގެ މަސްލަހަތަށް ފުށުއަރާ ފަދަ ބިލްތަކަށް ވޯޓު ނުދެއްވާނެ ކަން ފާހަގަ ކުރައްވާ އާދަމް މޫސާ ވިދާޅުވީ، އެފަދަ ހާލަތެއްގައި ޕާޓީން ވަކިކޮށްގެން ނުވަތަ ޕާޓީން ވަކިވާންޖެހޭފަދަ ހާލަތަކަށްގޮސްގެން ވަކިވެއްޖެ ކަމުގައި ވާނަމަ އެބޭފުޅާ އެހެން ސިޔާސީ ޕާޓީ އަކުން ނުފެންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.  އެފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ އެބޭފުޅާ ދެން ހުންނަވާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް ފާހަގަ ކުރެއްވިއެވެ.

ޕާޓީގެ ޓިކެޓުގައި ވާދަކޮށްގެން ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ހޮވުމަށްފަހު އެމެމްބަރެއް ވާނީ ޕާޓީގެ މެމްބަރެއްކަމަށް ނޫން ކަމަށާއި މެމްބަރު ވާނީ ރައްޔިތުންގެ މެމްބަރަކަށްކަން އާދަމް މޫސާ ފާހަގަ ކުރެއްވިއެވެ.

މަޖިލިސް އިންތިޚާބް 2019

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Hama visnumigai aiy athah kirai balaairu, Adam Moosa aa vaadha kureveyne ithuru candidate eh mi dhaairaa ah kurimathi laafai neiy. Ikhulaastheri, dheenaai qaumu dheke loabivaa dhaairaa ge hurihaa rayyithunves vote laanee Adam Moosa ah kan kashavaru. INSHA ALLAH, DHAAIRAA AH MIFAHARU IKHULAASTHERI, SHARAFUVERI, FASBAI SAAFU, DHAAIRAAGE DHARIEH

– 22 މާރިޗު 2019 1

މިފަހަރު ކުރިމަތި ލައްވާފައިވާ އެއްމެ ޤާބިލް ކެނޑިޑޭޓަކީ އަދާމް މޫސާ․ ދެންތިއްބެވި ކެނޑިޑޭޓުންވެސް މިކަމަށް ހެކިވޭ․ އެމީހުންވެސް ބޭނުންވަނީ އާދަމް މޫސަ ހޮވަންކަން ދަށްކާ ވާހަކައިން ދޭހަވޭ․ <br>

– 22 މާރިޗު 2019 2

Miadhu khuthubaaga ves Adam Moosa ah vote dheyne hiyvaru dhin kahala

– 22 މާރިޗު 2019 2

Adam Moosa akee dhaairaa fakhuruveru vaan jehey dharieh. Rashah khidhumaiy kurumah gadha alhaa kuri mssakkathah Ethah gothakun fiththun thah kurimathi kuruvamun dhiya iruves hithugai evves meehakaa medhu nafuratheh nukurey. Ehen candidate innaanedhu badhu baheh bunaa adu adhi adeh naahan. Adam Moosa akee ehen candidate innaa thafaathu ikhulaastheri thedhuveri khulqu heyo beyfulheh

– 22 މާރިޗު 2019 2

މި މުޖުތަމައުގައި އަށަގެންފައިވާ ފަސާދައިގެ ނުބައި ވަކިތަކުން މި މުޖުތަމައު ސަލާމަތްކުރާނެ ހިތްވަރުގަދަ ހަރުދަނާ، އިސްލާމީ ރިވެތި އުސޫލާއި ހަމަތަކުގައި ހިފަހައްޓައިގެން ހުރި މި ދާއިރާގެ ދަރިއެއް އާދަމް މޫސާ އަކީ․ އަހަރެންގެ ވޯޓު އާދަމް މޫސާ އަށް ޔަޤީންކޮށްދެން

– 23 މާރިޗު 2019 2

އާދަމް މޫސާ ރައްޔިތުންނަށް ކުރާ އިޙުތިރާމާއި ޤަދަރު އޭނާގެ އިޚުލާޞްތެރި ވާހަަތަކުން ވަރަށް ރަނގަޅަށް އިނގޭ․ ތަންދޮރު ނޭނގޭ ބަޔަކަށް ހަދައިގެން އެހެން ކެންޑިޑޭޓުން އުޅޭގޮތަށް ލާރިބަހައިގެން އިންތިޚާބު ކާމިޔާބު ކުރަން އާދަމް މޫސާ ނޫޅުކަމީ މަ އޭނާއަށް ސަޕޯޓް ކުރާ އެއްސަބަބު․ އެހެން ހުރިހާ ކެންޑިޑޭޓުން ހީކުރަނީ ރައްޔިތުންނަށް ފައިސާއާއި ނާޖާއިޒް ފައިދާ ހޯދައިދީގެން ގުނބޯ ހެއްދިދާނެ ކަމަށް․ މި ދާއިރާގެ ރައްޔިތުން އެކަން އެގޮތަށް ވިޔަކަ ނުދޭނެ․ އިންޝާﷲ․ ބޮޑު ތަފާތަކުން އާދަމް މޫސާ ހޮވަން އެންމެން އަތުކުރި އޮޅާލަން ޖެހޭ․ ކޮރަޕްޝަނަށް ނޫނެކޭ ބުނެ، މިފަހަރު ވޯޓު ދޭނީ ތަޢުލީމީ މީހާއަށް․

– 23 މާރިޗު 2019 2