އިސްރާއިލްގެ ފުލުހަކަށް ހަމަލާދިން ފަލަސްތީނުގެ މީހަކު މަރާލައިފި

16 އޮގަސްޓު 2015 0

އިސްރާއީލުގެ ފުލުހަކަށް ހަމަލާދިން، ފަލަސްތީނުގެ މީހަކަށް އިސްރާއިލްގެ ފުލުހުން ބަޑިން ހަމަލާދީ މަރާލައިފިއެވެ.

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ އިސްރާއިލް ފުލުހުންގެ ހަމަލާގައި މަރާލާފައި ވަނީ ފަލަސްތީނުގެ ނާބުލްސްގައި ދިރިއުޅޭ ރާފިޤް ތާޖް 21 ކަމަށެވެ.

އިސްރާއީލުގެ ފުލުހުން މިއަދު ބުނެފައިވަނީ އިސްރާއިލްގެ ފުލުހަކަށް ނާބުލްސް ކައިރީގައި ހުންނަ ބެއިޓާ ޖަންކްޝަން ކައިރިން މީހަކު ހަމަލާދީފައިވާ ކަމަށާއި ހަމަލާދިނުމާއެކު ކައިރީގައި ހުރި އެހެން ފުލުހެއް އެމީހާއަށް ބަޑިން ހަމަލާދީފައިވާނެ ކަމަށެވެ.

ފަލަސްތީނުގެ މީހާ މަރުވެފައިވަނީ ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް، ނާބުލްސްގައި ހަރަކާތްތެރިވާ ރެޑް ކްރެސެންޓް ޖަމާއަތުގެ އިސްވެރިޔާ އަބްދުލްހާލިމް ޖާފްރޭ  އޭ.އެފް.ޕީގައި ބުނެފައި ވެއެވެ. އަބްދުލްހާލިމް ޖާފްރޭ އިތުރަށް ބުނެފައިވަނީ ފަލަސްތީނު މީހާގެ ގަޔަށް 5 ވަޒަން އަރާފަ ވާ ކަމަށާއި އޭނާ ސަލާމަތްކުރެވޭތޯ ޓީމުން ވަރަށް  މަސައްކަތްކުރި ކަމަށެވެ.  

އިސްރާއިލްގެ ފުލުހުން ބުނެފައިވަނީ މިހަމަލާގައި އިސްރާއީލުގެ ފުލުސް މީހާއަށް މާބޮޑު އަނިޔާއެއް ވެފައި ނުވާކަމަށެވެ.

އިސްރާއީލުގެ ފުލުހުންނާ ފަލަސްތީނުގެ ރައްޔިތުންގެ މެދުގަ ކުރިމަތިލުންތަށް ހިނގަން ފަށާފައިމިވަނީ، ހުޅަނގު އައްސޭރީގައި ހުރި ގެއެއްގައި އިސްރާއީލަށް ނިސްބަތްވާ ބަޔަކު ދިން ހަމަލާއަކާ ގުޅިގެންނެވެ.

ފަލަސްތީން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ