އިސްރާއީލުން ފަލަސްތީނުގެ އެތައްބަޔަކު ޝަހީދުކޮށްލައިފި — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

02 ދުވަސް

އިސްރާއީލުން ފަލަސްތީނުގެ އެތައްބަޔަކު ޝަހީދުކޮށްލައިފި

20 ޖުލައި 2014 0

ފަލަސްތީނުގެ އާއިލާއެއްގެ ކުޑަކުދިންތަކެއް އިސްރާއީލުން ހަމަލާދީ ޝަހީދުކޮށްލާފަ

އިސްރާއިލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ އުދުވާނުގައި މިއަދު އެތައްބަޔަކު ޝަހީދުކޮށްލާފި އެވެ.

ޣައްޒާގެ އަވަށެއްކަމުގައިވާ ޝަޖިއްޔާ އަވަށުގައި އިސްރާއިލުން ޤަތުލު އާންމު ހިންގާ 100 އަށްވުރެ ގިނަ ފަލަސްތީމނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. ރެއިން ފެށިގެން އިސްރާއިލްގެ ހަމަލާތަށް ވަރުގަދަކޮށް، އެމްބިއުލާންސް އާއި ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ޓީމުތަކާއި ނޫސްވެރިންނަށްވެސް ޝަޖިއްޔާ އަވަށަށް ނުދެވޭގޮތަށް ހިންގި އުދުވާނުގައި ބައެއް އާއިލާތަކުގެ އެންމެން ޝަހީދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ގިނަ މީހުން ޝަހީދުވެފައިވަނީ ލިބުނު ޒަހަމުތަކަށް ފަރުވާނުލިބި ގައިން ގިނައަދަދެއްގެ ލޭ އޮހޮރި، ލޭހުސްވެގެން ކަމަށް ހަބަރު ލިބެއެވެ.

އިސްރާއިލުން ވަނީ ފަލަސްތީނުގެ ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ގެ އިތުރުން ފަލަސްތީނު މީޑިއާއެއްގައި މަސައްކަތްކުރާ ނޫސްވެރިޔަކާއި އެމްބިއުލަންސުގައި ހަށިތައް އުފުލުމުގައި ހަރަކާތްތެރިވި 2 މީހުންނަށްވެސް ހަމަލާދީ ޝަހީދު ކޮށްލާފައެވެ.

އިސްރާއީލުން ބުނެފައިވަނީ ޝަޖިއްޔާ އަވަށުގައި ދެމުންދާ ހަމަލާތައް އަދިވެސް ކުރިއަށް ގެންދާނެ ކަމަށެވެ. މިއަވަށުން އެތައް ހާސް ބަޔަކު މިހާރުވެސް ނުކުމެފައިވާ ކަމަށް އަލްޖަޒީރާއިން ހަބަރު ދެއެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 400 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ