އިހަވަންދޫ ދާއިރާގެ މެމްބަރު ކޮށްދީފައިވާ ކަމަށްބުނާ ކަންކަމުގެ އިތުރަށްވެސް އެތައްކަމެއް ކޮށްދިފައިވޭ! — Ihavandhoo.com

އިހަވަންދޫ ދާއިރާގެ މެމްބަރު ކޮށްދީފައިވާ ކަމަށްބުނާ ކަންކަމުގެ އިތުރަށްވެސް އެތައްކަމެއް ކޮށްދިފައިވޭ!

21 މާރިޗު 2014 4

އިހަވަންދޫ ދާއިރާ އުޖާލާ ކުރުމަށްޓަކައި ކޮށްދީފައިވާ ކަމަށް ބުނާ ގިނަ ކަންތައްތަކަކީ އޮޅުވާލުމެއް ކަމަށް ހާމަ ވެއްޖެކަމަށްބުނެ މިއަދު އިހަވަންދޫ ޑޮޓްކޮމްގައި ހަބަރެއް ޝާއިއިއުކޮށްފައިވެއެވެ. ހަބަރުދަބަރު ރަނގަޅަށް ބަލާލިއިރު އެހަބަރުގެ މަސްދަރަކަށް ބޭނުނުކޮށްފައިވަނީ ރައްޔިތަކު ކައުންސިލް އިދަރައަށް ފޮނުވާފައިވާ ސިޓީއަކަށް ދީފައިވާ ޖަވާބެކެވެ.

އަޅުގަނޑަކީވެސް އެއިދާރާގައި، ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައިވާ މީހަކަށްވުމާއިއެކު އަޅުގަނޑުގެ ހިތަށް ފުރަތަމަވެސް އެރީ އެފަދަ ޖަވާބެއް ކައުންސިލުން ދީފާނެބާއެވެ؟ ކައުންސިލުން ޖަވާބެއްދެވޭނީ، ކައުންސިލުން ފާސްކޮށްގެން ކަމަށްވާތީ އަޅުގަނޑު ކައުންސިލް އިދާރާގެ މެމްބަރަކަށް ގުޅާލީމެވެ. އަޅުގަނޑުގެ ހައިރާންކަން އިތުރުވެގެން ދިއައީ އެފަދަޖަވާބެއް ދިނުމަށް ކައުންސިލުން ފާސްކޮށްފައި ނުވާކަން އެގުމުންނެވެ. އަލުގަނޑު ގުޅާލި ކައުންސިލަރު ވިދާޅުވީ އެސިޓީއަށް ދޭނެޖަވާބެއް ނިންމުމަށް އިއްޔަ ޖަލްސާއެއް ބޭވިކަމަށާއި ނަމަވެސް އެޖަލްސާގައި ވަކިގޮތަކަށް ނިމިފައި ނުވާކަމަށެވެ. ކައުންސިލުން ނުނިންމާ ކަމެއް ކައުންސިލްގެ ރައިސްއަށް އަމިއްލައަށް ކުރެވިދާނެބާއެވެ؟ އެއީ މަގާމުގެ ނުފޫޒު ބޭނުންކުރުމަށް ނުވާނެބާއެވެ؟ މިކަންކަމުން އަޅުގަނޑަށް ކަށަވަރުވެގެންދިއައީ މީސިޔާސި ކަމެއްކަމެވެ.

ކައުންސިލުން ދީފައިވާ ޖަވާބުކަމަށް ބުނާ ޖަވާބުގައި ހިމެނޭ ބައެއްކަންކަމަށް އަލިއަޅުވާލާނަމެވެ. އިހަވަންދޫގައި މަސްވެރިންގެ ދުވަސް ފާހަގަކުރިއިރު ކައުންސިލަރަކަށްހުރީ އަޅުގަނޑެވެ. އެދުވަހުގެ ސަބަބުން ރަށަށްލިބުނު ތަރައްގީ ވަރަށް ބޮޑެވެ. މަސްވެރިންގެ ދުވަސް އެހެންރަށެއްގައި ފާހަގަކުރަން ހަމަޖެހިފައިވަނިކޮށް އެދުވަސް މިރަށުގައި ފާހަގަކުރެވޭނެ ފުރުސަތު ހޯދައިދިނީ އަހުމަދު އަބުދުﷲއެވެ. ކުޑަކުދިންގެ ޕާކާއި، ސްޓޭޖް އަދި ބަނދަރު ހެދުމުގެ މަޝްރޫއުގައި އަހުމަދު އަބުދުﷲ ކުރެއްވި ހިއްސާ އިނގޭނީ އެކަމުގައި އުޅުނު ބަޔަކަށެވެ.

ކުޅުދުއްފުށީގެ އުތުރުގައި އޮތް އެންމެބޮޑު ފަޅަށް އިހަވަންދު ފަޅު ހެދުމަށް އެބޭފުޅާކުރެއްވި މަސައްކަތް އެނގޭނީ އެކަމުގައި އެބޭފުޅާއާއިއެކު އުޅުނު ބަޔަކަށެވެ. ބަނދަރުގެ މަސައްކަތްކުރުމަށް އެމްޓީސީސީއަށް ހިލަ އަދި ހިލަވެލި ލިބުން ދަތިވުމުން މަސައްކަތް މެދުކެނޑިގެން ދިޔައެއެވެ. އެކަން ހައްލުކުރުމަށް އަމިއްލަ ޖީބުން ހަރަދުކުރައްވާގެން ހިލަޔާއި ހިލަވެލި ހޯދާ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. މީއެބޭފުޅާއަށް ޝުކުރު ހައްޤުކަންކަމެއް ނޫންތޯއެވެ.

އަޙުމަދު ޢަބުދުﷲ ކޮށްދީފައިވާ ކަންތައްތަކުގެ ތެރޭގައި އިހަވަންދުއަށް އާމްދަނީ ލިބޭގޮތަށް މަޝްރޫޢުތަށް ފައްޓާފައިވާ ކަމަށް ބުނެފައިވަނީ ހަމަރަގަޅަށެވެ. ރަށުގެ ޕޮލިހުން ރައްވެހިގެއަށް ބަދަލުކުރުމުގައި ސިދާ އެބޭފުޅާގެ ހިއްސާ ވަރަށްބޮޑެވެ. އެތައްތަނެއްގައި ވަކާލާތުކޮށްގެން އެބޭފުޅާ އެކަން ކާމިޔާބުކުރުމުން މިހާރު އިހަވަންދޫ ކައުންސިލަށްއެދަނީ މަހަކު 12000 ރ ވަންނަމުންނެވެ.

ޕްރީސްކޫލް އިމާރާތްކުރުމުގެ ހަރަދު ދެއްވަނީ އަހުމަދު އަބުދުﷲ އެވެ. އެގޮތުން ޕްރީސްކޫލް ނިމޭއިރު މަދުވެގެން 22 ލައްކަ ރުފިޔާ އެބޭފުޅާ ހަރަދުކުރައްވާނެ އެވެ.

އިހަވަންދޫ މަދަރުސާގެ ޕީޓީއޭން އެތައް ތަނަކަށާއި ބަޔަކަށް ސްކޫލް ޑިޖިޓަލް ކުރުމުގެ ޕްރަގުރާމަށް އެހީވުމަށްއެދި ސިޓީ ފޮނުވިއެވެ. ނަމަވެސް އަޅާލާނެ ބަޔަކު ނެތިވަނިކޮށް 11 ފަތިޓީވީ ދިއްކޮށްލީވެސް ހަމައެ އަހުމަދު އަބުދުﷲ އެވެ.

ސިޔާސީބޭނުމަކަށްވެސް މީހުން ކޮށްދީފައި ހުންންކަންކަމާއި ހިދުމަތްތަކަށް ތެޔޮހަމެއްދޭ އުސޫލުގެންގުޅުމީ އަޅުގަނޑު ހިތުން ވަރަށްދެރަކަމެކެވެ.

މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހާދަހާ ބޮޑު އަރަތަކަން މިކަންވެންޖެ އިހަވަވަންދުގެ ދަރިމަައި ވުމަކީވެސް އަނެއްކާ ތިބުނާ އަހްމަދު ޢަބުދުައްﷲ ގެ ދީލަތި ކަމަށް ނުލިޔަނީ ކީއްވެބާއޭ އަޅުގަނޑުގެ ހިތަށް އަރާ. މައުމޫނުގެ 30 އަހަރުގަ ކޮންފައިވާ އެންވެސް ކަމަކީ........ ނުވާަައިރު މިހާރު މިއަދު އިހަވަންދޫގެ ދޯނިފަހަރު ބާނާ މަހަކިވެސް އެބުނާ މީހާގެ ދީލަތި އެހިކަމަށް ލިޔުމުން ޖޯކު ދެައްތޯ އަހުމަދުގެ ސަބަބުން އިހަވަންދުއަށް ލިބިފައިވާ ގެންލުން 1 ރަށުބަޖެޓުގައި ހުރި 4 ލަންކަޔަށް ވުރެ ގިނަފައިސާ ފައިދާއެއް ނެތި އިސްރާފު ކުރުން 2 އަމިލަފައިދާ ހޯދުމާށް ހުވަހަންދޫ ހޯދަް އިހަވަންދުގެ ނަރުދަމާގެ މަސައްކަތް ނުކޮން އޮތުން 3 ރަށުގެ ބައެށް ކުދިންގެ ތަޢުލީމީ ކެރިޔަރ ހަލާކުކޮންލުން.

– 22 މާރިޗު 2014 0

މިއީ ކާކުގެ ލިޔުމެއް..............

– 23 މާރިޗު 2014 0

މުހައްމަދު ރަޝީދު ހަމަފުޅުގަތޯ ތިހުންނެވީ......

– 23 މާރިޗު 2014 0

ކަލަ ނުގޮވަތިބެބަލަ. ސޯޓް ބޭލިދާނެ. މިހާރުވެސް އޮރިޔާން ނިވާވަނީ ކިރިޔާ.

– 25 މާރިޗު 2014 0