އައި.ޑަބުލިއު.ސީ.ޖީގެ ފަރާތުން ހިލޭ ގާރީ ކޯހަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

11 ނޮވެމްބަރު 2020 0

އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ (އައި.ޑަބުލިއު.ސީ.ޖީ) ގެ ފަރާތުން ގާރީ ކޯސް ލެވެލް އެކަކުން ހަތަރަކާ ހަމައަށް ކިޔެވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ގާރީ ކޯސް ލެވެލް 1،2،3 އަދި 4 ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިގެންދާނީ ނަންނޯޓް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 4 ފަރާތަކަށެވެ. 9829919 އަށް ގުޅައި ނުވަތަ އައި.ޑަބުލިއު.ސީ.ޖީގެ ފޭސްބުކް ޕޭޖް ނުވަތަ ވައިބަރ ގުރޫޕް މެދުވެރިކޮށް ނަންނޯޓުކުރެވޭނެވެ. ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ 2020 ނޮވެބަރ 16 ވަނަ ދުވަހުގެ 00:00 އެވެ. މި ކޯހުގައި ބައިވެރިމުގެ ފުރުސަތު ލިބިގެންދާނީ އިހަވަންދުއަށް ނިސްބަތްވާ ފަރާތްތަކަށެވެ.

ގާރީ ކޯހުގެ ލެވެލް 1 އަދި 2 ގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ ފަރާތްތަކަށެވެ. ގާރީ ކޯހުގެ ލެވެލް 3 ގައި ބައިވެރިވެވޭނީ ގާރީ ކޯހުގެ ލެވެލް 2 ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ. ގާރީ ކޯހުގެ ލެވެލް 4 ގައި ބައިވެރިވެވޭނީ ގާރީ ކޯހުގެ ލެވެލް 3 ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ.

އައި.ޑަބުލިއު.ސީ.ޖީގެ ފަރާތުން އަބަދުވެސް މަސައްކަތްކުރާނީ މުޖުތަމަޢަށް ފައިދާ ހުރި  ފުރުސަތުތައް ހޯދައިދިނުމަށް ޓަކައި ކަމަށް އައި.ޑަބުލިއު.ސީ.ޖީގެ ރައީސާ ފާތިމަތު ޝާއިރާ ވިދާޅުވިއެވެ.

" މިއީ މިފަދަ ފުރުސަތެއް އައި.ޑަބުލިއު.ސީ.ޖީގެ ފަރާތުން ހުޅުވައިލާ 4 ވަނަ ފަހަރު. އަޅުގަނޑުމެންގެ އަމާޒަކީ ރަށުގެ ރައްޔިތުންނަށް މިފަދަ އެތައް ފުރުސަތުތަކެއް ފަހި ކޮށްދިނުން. މުޖުތަމަޢަށް ފައިދާ ހުރި ކޮންމެ ކަމެއްގައި އައި.ޑަބުލިއު.ސީ.ޖީގެ ފަރާތުން މަސައްކަތް ކުރާނަން" އައި.ޑަބުލިއު.ސީ.ޖީގެ ރައީސާ  ވިދާޅުވިއެވެ.

މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  އޮންލައިންކޮށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ