ޖޯކް: އަލީގެ ރޯދަވިއްލުން! — Ihavandhoo.com

ޖޯކް: އަލީގެ ރޯދަވިއްލުން!

ރޯދަމަހުގެ ފުރަތަމަ ދުވަސްކޮޅު ބައެއްމީހުން ރޯދައަށް ވަރަށް ބަލިވެއެވެ. އަލީ އަކީވެސް އެހާލުގަ އުޅޭސޮރެކެވެ. އަލީގެ ގޭމީހުންނަށްވެސް އެކަން އިނގެއެގެއެވެ.

އަލީގެ ބައްޕަ ހަވީރު ގެއަށް އާއިރު ކަމަކު ދާކަށް ނެތެވެ. އަލީ އިނީ ގަދައަށް ކާށެވެ.

އަލީގެ ބައްޕަ: ދަރިފުޅާ ކިހާގޯސްކަމެއް ތިކުރަނީ! ބަނޑުހާވިއަސް ތިހާ ބޮޑެތިކުދިން ރޯދަދޫކޮށްލާކާށް ނުވާނެއްނު!"

އަލީ: "ބައްޕާ! އަޅުގަނޑު ރޯދަ ދޫކޮށެއް ނުލަމޭ! އަޅުގަނޑު ރޯދަވިއްލަނީ!"

އަލީގެ ބައްޕަ: "ތީ ކިހިނެއް ވާނެކަމެއް؟ އަދި ކިރިޔާ ހަތަރުގަޑި ތިރީސް އެހިނގީ!"

އަލީ: "ބައްފާ! އަޅުގަނޑު ގުޅީ އެފްއެމް ރިކުއެސްޓް ޕްރަގުރާމަކަށް! ދެން އަޅުގަނޑު އެދުނީ ބަންގި ގެނެސްދިނުމަށް!"  

ޖޯކް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހަ ހަ ހާ... އަވަދި :ޕީ

– 1 ޖުލައި 2014 0