ޖޯކް: ނުކުރާކަމަކަށް އަދަބު ދޭނަންތަ؟ — Ihavandhoo.com

ޖޯކް: ނުކުރާކަމަކަށް އަދަބު ދޭނަންތަ؟

6 ޑިސެމްބަރު 2013 0

ޓީޗަރު ކުލާހަށް ވަދެގެން އާއިރު އެއްކުއްޖަކު މާބޮޑަށް ދެރަވެފައި އިނުމުން އެކުއްޖާގާތު ޓީޗަރު އެހިއެވެ.

ޓީޗަރު: ހަނާ! ކީއްވެ މާބޮޑަށް ދެރަވެފަ ތިއިނީ؟

ހަނާ: މިސް... އަޅުގަނޑު! އަޅުގަނޑު!

ޓީޗަރު: ހޫން! ކިހިނެކޭވީ؟

ހަނާ: މިސް! އިހަށް އަޅުގަނޑު ކުރާ ސުވާލަކަށް ޖަވާބުދީފާނަންތޯ؟

ޓީޗަރު: އާން! ކޮށްބަލަ..

ހަނާ: މިސް.. އަޅުގަނޑު ނުކުރާކަމަކަށް މިސް އަޅުގަނޑަށް އަދަބު ދީފާނަންތަ؟

ޓީޗަރު: ނޫނޫ! ނޫން! މިސް އެހާ ބޭއިންސާފުވެރިއެއް ދުވަހަކުވުސް ނުވާނަން.. ހަނާ ނުކުރާކަމަކަށް އަދަބެއް ނުދޭނަން...!

ހަނާ: ޝުކުރިއްޔާ މިސް..! އަޅުގަނޑު މިހެން މިއެހީ އަޅުގަނޑަށް ހޯމްވޯރކް ނުހަދާ އާދެވުނީމަ!

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ