ޖޯކް:އަލީގެ މަންމައާ ނުރަ!
3 ޖުލައި 2014
2
އަލީއަކީ ކަންކަން އޮޅުންފިލުވަން ވަރަށް ވަރުހުންނަ ކުއްޖެކެވެ. އަލީގެ ބޮލުގެ އިސްތަށި ކަޅުކޮށް ހުރެފައި އޭނާގެ މަންމަގެ ބައެއް އިސްތަށި ހުދުކޮށް ހުންނާތީ، އެކަމާ އަލީ ވަރަށް ވިސްނައެވެ. އެންމެފަހުން އަލީ އެކަމާ އޭނާގެ މަންމައާ ސުވާލުކުރިއެވެ.
އަލީ: "މަންމާ! މަންމަގެ ބޮލުގަ ކީއްވެތަ ބައެއް އިސްތަށި ހުދުކޮށް ހުންނަނީ؟"
"މީ އަލީއަށް ރަނގަޅު ފިލާވަޅެއް ދޭން ރަނގަޅު ފުރުސަތެއް"، އަލީގެ މަންމަ ހިތާ ހިތާ ކިޔާލިއެވެ.
އަލީގެ މަންމަ: "ދަރިފުޅާ! އެއީ ދަރިފުޅުގެ ސަބަބުން! ދަރިފުޅު ގޯސްކަމެއް ކުރާއިރަށް މަންމަގެ އިސްތައްޓެއް ހުދުވަނީ!"
އަލީ: "މަންމާ! އަހަންނަށް މިހާރު އިނގިއްޖެ މާމަގެ ބޮލުގައި ހުސް ހުދު އިސްތަށި ހުންނަނީ ކީއްވެކަން!"......
ޚިޔާލު ފައުޅުކުރުން