ޖޯކް: އަލާއުއްދީންގެ ބައްތި ލިބުނު އަންހެނާ
މެދު އުމުރުގެ އަންހެނަކަށް އަލާއުއްދީންގެ ބައްތި ލިބިއްޖެއެވެ. ބަލާކަށްނުހުރެ އޭނާ އޭގައި އަތްކާއްތަން ފެށިއެވެ. ފުލޯކު ވާހަކަތަކުގައި ވާގޮތަށް ބޮޑު ދުންގަނޑެއް އެރުމާއިއެކު ފާޅުވީ ބޮޑު ޖިންނިއެކެވެ.
ޖިންނި: ކަމަނާ އަޅުގަނޑަކީ ކަމަނާގެ ހާދިމަކީން.. ކޮންކަމެއްތޯ ބޭނުންވެ ލައްވަނީ؟
އަންހެން މީހާ:
- އަހަރެން ބޭނުންވަނީ އަހަރެންގެ ފިރިމީހާ ގެ ލޮލުން ހަމައެކަނި އަހަންނަށް ބެލުމަށް
- އަހަރެން ބޭނުންވަނީ އޭނާގެ ހަޔާތުގެ ބައިވެރިޔަކީ ހަމައެކަނި އަހަންނަށް ވުމަށް
- އަހަރެން ބޭނުންވަނީ އޭނަ އަބަދުވެސް އަހަރެން ކާރީއޮވެ ނިދަން
- އަހަރެން ބޭނުންވަނީ އަހަރެންގެ ފިރިމީހާއަށް ހޭލެވުމާއި އެކު އެންމެފުރަތަމަވެސް އަރެން ހޭލައްވާލުމަށް. އަދި އޭނަ ދާހާތަނަކަށް އަހަރެން ގޮވާގެން ދިއުމަށް
ޖިންނި ކުޑައިރުކޮޅަކު ވިސްނާލަން މަޑުކޮށްލުމަށްފަހު އަންހެން މީހާއާއި ދިމާލަށް ފުމެލިއެވެ. ވަގުތުން އަންހެންމީހާ ބަދަލުވީ ސްމާރޓް ފޯނަކަށެވެ!
ޚިޔާލު ފައުޅުކުރުން