ޖޯކް: އަސަރުގަދަ ސްޕީޗް

5 ނޮވެމްބަރު 2013 2

ވަރަށް ގަސްގިނަ ބޯ ޖަންގައްޔެކެވެ.އެޖަންގަލީގެ މެދަކާއި ހަމާގައި ވަރަށްބޮޑޫ ކޯރެއް އޮވެއެވެ. އެކޯރު ހުރަސް ކުރަން އޮތްހަމައެކަނި ގޮތަކީ ކޯރުގެ މަތީގައި އެލުވާފައިވާ ދިގުރޯނެކެވެ.

އެއްދުވަހަކު އެގާރަ މީހުންނަށް އެކޯރު ހުރަސް ކުރަންޖެހިއްޖެއެވެ. އެ އެގާރަ މީހުންތެރޭގައި ވަނީ ދިހަ ފިރިހެނުންނާއި އަންހެނެކެވެ.އެގާރަ މީހުން އެކުގައި ރޯނުގައި އެލިގަނެގެން ކޯރު ހުރަސްކުރަން މަސައްކަތް ފަށައިފިއެވެ. ކޯރުގެ މެދަކާއި ހިސާބަށް ދެވުނުތަކާއި ރޯނު ކެޑޭކަމުގެ ބިރު ހީވާން ފަށައިފިއެވެ. އެކަކު ގޮވައިލިއެވެ. އެކަކު ކޯރަށް ފުންމައިލާށެވެ..ނޫނީ އެންމެން އެކުގައި ވެއްޓިދާނެއެވެ. ނަމަވެސް އެކަކުވެސް ދޫކޮއްލާ ހިޔާލެއް ނުކުރިއެވެ. ބަހުސް ފެށިއްޖެއެވެ. ވޯޓް ނަގައިގެން ކޯރަށް ފުންމައިލަން ޖެހުނީ އަންހެންމީހާއަށެވެ.

އަންހެންމީހާ ކޯރަށް ފުންމައިލުމުގެ ކުރިން ވަރަށް އަސަރުގަދަ ސްޕީޗެއް ދިނެވެ. އޭގައި އޭނަ ބުނެފައިވެއެވެ. "އަޅުގަނޑުގެ ފުރާނަ މި ދުއްވާލަނީ ހަމަ ހިލޭސާބަހަށް…އަޅުގަނޑަކީ މީގެ ކުރިންވެސް ވޮލިންޓިއަރެއްގެ ހައިސިއްޔަތުން މަސައްކަތް ކޮއްފައިވާ މީހެއް.. އެއީ އަޅުގަނޑުގެ ފިރިމީހާއަށާއި އަޅުގަނޑުގެ ދަރިންނަށް ކޮށްދިން ކަންތައް.އަޅުގަނޑު ދުވަހަކުވެސް އަގަކަށް ކަމެއް ނުކޮއްދެން".
ހުރިހާ ފިރިހެނުން ހިމޭންކަމާއި އެކު ވާހަކަ އަޑުއެހިއެވެ. ދެން އަންހެންމީހާގެ ވާހަކަ ކޮޅު ނިމުމުން އެންމެން ރޯނުން އަތްދޫކޮށްލައި އަތްޖަހަން ފެށިއެވެ. އިސާހިތަކުން ދިހަ ފިރިހެނުން ކޯރަށް ވެއްޓިއްޖެއެވެ.  އަންހެންމީހާ އުފަލުން ކޯރު ހުރަސްކޮށް ދިޔައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ބޯގޯސް ފިރިހިނެންވެސް އުޅޭތާ ދޯ؟

– 6 ނޮވެމްބަރު 2013 0

ފިރިހެނުންނަށް ޖަހާފަ އޮތް ނުލަފާ ޖޯކެއް

– 6 ނޮވެމްބަރު 2013 1